ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021
ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021

ލޯކަލް ކައުންސިލް އިންތިހާބު 2020
ޓީ5.5 ވޯޓު ފޮށީގެ ނަތީޖާ:
މުހައްމަދު މުއިއްޒު: 85 ވޯޓު
އަލްހާން ފަހުމީ: 1
އަނަސް އަބްދުއްސައްތާރު: 45
ޖުމްލަ ވޯޓު: 142
ބާތިލް ވޯޓު: 11
ޞައްހަ ވޯޓު: 131
ހެންވޭރު ހުޅަނގު ދާއިރާ:
އާއިޝަތު މޫސާ: 58
އަހުމަދު އާސިމް: 11
ރަހުމާ މޫސާ: 0
އަހުމަދު އައިފާން: 59
ޖުމްލަ ވޯޓު: 142
ބާތިލް ވޯޓު: 14
ޞައްހަ ވޯޓު: 128
ޓީ 8.5 ވޯޓު ފޮށީގެ ނަތީޖާ:
މުހައްމަދު މުއިއްޒު: 124
އަލްހާން ފަހުމީ: 1
އަނަސް އަބްދުއްސައްތާރު: 54
ޖުމްލަ : 186 ވޯޓު
ބާތިލް ވޯޓު: 7
ޞައްހަ ވޯޓު: 179
ގަލޮޅު ދެކުނު ދާއިރާ:
ނަޖީލް މުހައްމަދު: 58
އިބްރާހީމް މުހައްމަދު: 113
ޖުމްލަ: 186
ބާތިލް ވޯޓު: 15
ޞައްހަ ވޯޓު: 171
އެސް3.2 ވޯޓު ފޮށީގެ ނަތީޖާ:
މުހައްމަދު ލަތީފް: 75
އިބްރާހީމް ތާހިރު: 4
އަލީ ނިޒާރު: 146
ޖުމްލަ ވޯޓު: 225
ބާތިލް ވޯޓު: 10
ޞައްހަ ވޯޓު: 225
ޓީ8.4 ވޯޓު ފޮށީގެ ނަތީޖާ:
މުހައްމަދު މުއިއްޒު: 144
އަލްހާން ފަހުމީ: 4
އަނަސް އަބްދުއްސައްތާރު: 72
ޖުމްލަ ވޯޓު: 230
ޞައްހަ ވޯޓު: 220
ބާތިލް ވޯޓު: 10
ގަލޮޅު ދެކުނު ދާއިރާ ކައުންސިލް މެމްބަރ:
ނަޖީލް އަހުމަދު (އެމްޑީޕީ): 96
އިބްރާހީމް މުހައްމަދު(ޕީޕީއެމް): 115
ޖުމްލަ ވޯޓު: 230
ބާތިލް ވޯޓު: 19
ޞައްހަ: 211
ޓީ10.4 ގެ ވޯޓު ފޮށީގެ ނަތީޖާ
މުހައްމަދު މުއިއްޒު: 57
އަލްހާން ފަހުމީ : 2
އަނަސް އަބްދުއްސައްތާރު: 64
ބާތިލް ވޯޓު: 3
ޞައްހަ ވޯޓު: 123
ޖުމްލަ ވޯޓު: 126
ގަލޮޅު އުތުރު ޓީ6.2 ގެ ނަތީޖާ:
ޑރ މުހައްމަދު މުއިއްޒު: 62 ވޯޓު
އަލްހާން ފަހުމީ: 03
އަނަސް އަބްދުއްސައްތާރު:99
ބާތިލް ވޯޓު :3
ޞައްހަ ވޯޓު:164
ޖުމްލަ ވޯޓު:167
ގަލޮޅު އުތުރު ދާއިރާ ޓީ6.3 ގެ ވޯޓު ފޮށީގެ ނަތީޖާ:
އަނަސް އަބްދުއްސައްތާރު: 40
ޑރ މުހައްމަދު މުއިއްޒު: 89
އަލްހާން ފަހުމީ : 3
ބާތިލް ވޯޓު: 1
ރިޕީޓްކޮށް ވޯޓުލާފައިވާކަމަށް ބުނާ ވާހަކަ ޝަރީފް ދޮގުކުރައްވައިފި
އެއްގަޔަކުން ރިޕީޓްކޮށް 3 މީހަކު ވޯޓުލާފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ދޮގެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
17 ވޯޓު ފޮއްޓެއް ގުނަން ފަށައިފި
އީސީ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ 6:50އާ ހަމައަށް 442 ފޮއްޓެއް ބަންދުކޮށްފައިވާކަމަށެވެ. 178،280 މީހުން ވަނީ މިހާތަނަށް އައިއިރު ވޯޓު ލާފައެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ނަތީޖާ ބެއްލެވުމަށް ރާއްޖެއެމްވީގެ މި ލިންކަށް ފިތާލައްވާ
ބައެއް ވޯޓު ފޮށިތައް ގުނަން ފަށައިފި
ބައެއް ވޯޓު ފޮށިތައް ގުނަން ފަށައިފިއެވެ. އެހެންނަމަވެސް 51 ވޯޓު ފޮއްޓެއްގެ ވޯޓުލާ ވަގުތު ވަނީ އިތުރުކޮށްފައެވެ. މިހާތަނަށް އައިއިރު ބަންދުކޮށްފައިވަނީ 117 ވޯޓު ފޮއްޓެއް. ބަހައްޓާފައިވަނީ 713 ވޯޓު ފޮއްޓެއް
173،909 މީހުން މިހާތަނަށް އައިއިރު ވޯޓު ލައިފި، އެއީ 63.67 %
މިހާރު ކުރިޔަށްދާ ކައުންސިލް އިންތިޚާބުގައި މިހާތަނަށް 173،909 މީހުން ވޯޓުލާފައިވާކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައިވާ އަދަދުތަކަށް ބަލާއިރު ވޯޓުލާފައިވަނީ 88،010 ފިރިހެނުންނާއި 85،899 އަންހެނުންނެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 63.67 އިންސައްތައެވެ.
މިހާތަނަށް އައިއިރު ބަންދުކޮށްފައިވަނީ 117 ވޯޓު ފޮއްޓެކެވެ.
ކިއު ބަންދު ކުރުމުގައި އޮޅުންތަކެއް އެރި، މައްސަލަ ހައްލުކޮށްފިން – ހަބީބު
ވޯޓު ކިއު ބަންދު ކުރުމުގައި އޮޅުންތަކެއް އެރި ކަމަށާއި، އެ މައްސަލަ ހައްލުކޮށްފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ކިއު ބަންދުކުރުމުގައި ޖެހުނު މައްސަލަތަކާއި ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހަބީބު ވިދާޅުވީ ބައެއް ވޯޓުލާ މަރުކަޒުތަކުގައި ގަޑިއަށް ވޯޓްލާން ނުފެށުމާއި، ކަރަންޓީން އަދި ޕްޒިޓިވް މީހުންގެ ލިސްޓެއް އެޗްޕީއޭއިން ހިއްސާ ކޮށްފައި ނުވާތީ ވޯޓު ނެގުން ބަންދުކުރުމަށް ނިންމީ ހަވީރު 6:00 ކަމަށެވެ.
ހަބީބު ވިދާޅުވީ ގަޑިއަށް ބަދަލު ގެނައީ ޕޮޒިޓިވް އަދި ކަރަންޓީން މީހުންނަކީ ކޮބައިކަމެއް ދެނެނުގަނެވޭތީ ކަމަށެވެ. އަދި އެ މައުލޫމާތު ހޯދުމަށް އެޗްޕީއޭއާއި މަޝްވަރާކުރުމުން އެކަމުގެ އަލިމަގެއް ނުފެނުނު ކަމަށާއި، އެ މަސައްކަތް ނާކާމިޔާބުވި ކަމަށެވެ. މީގެ އިތުރުން 5:00 ގައި ކިއު ބަންދު ކުރި މަރުކަޒުތަކަށް ގުޅާ އެ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށާއި، މާފަންނު ސްޓޭޑިއަމްގައި ހުރި މަރުކަޒުގައި ދިމާވި މައްސަލަ ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
އަދި ވޯޓު ލާން ގޮސް މައްސަލަ ޖެހުނު މީހުންގެ މައްސަލަތައް ވެސް ހައްލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 6:00 އާއި ހަމައަށް ވޯޓުލާން ކިއުއަށް އަރައި ތިބި އެންމެނަށް ވޯޓު ލެވޭނެ ކަމަށާއި، ވޯޓު ނުލެވޭނީ 6:00 ގެ ފަހުން ކިއުއަށް އެރި މީހުންނަށް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ 6:00 ގައި ބަންދު ކުރަނީ ހެނދުނު 7:00 ގައި ވޯޓުލާން ފެށުނު ވޯޓު ފޮށިތަކުގައި ކަމަށާއި، 8:00ގެ ފަހުން ވޯޓުލާން ފެށި ވޯޓު ފޮށިތައް ބަންދުކުރާނީ ދީފައިވާ ވަކި ގަޑިތަކަކަށް ކަމަށެވެ.
ވޯޓުލާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ވޯޓު ފޮށިތައް އީސީން ހާމަކޮށްފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ތިރީގައި މިދަންނަވާ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވެފައިވާތީ، ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.
ފުވައްމުލަކު މެދު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަންދުކޮށްފި
ފުވައްމުލަކުގައި ބަހައްޓާފައިވާ ފުވައްމުލަކު މެދު ދެކުނު ދާއިރާގެ R5.1 ވޯޓު ފޮށި ބަންދުކޮށްފިއެވެ. އެވޯޓު ފޮއްޓަށް ވޯޓުލާފައިވާ ގޮތަކީ:
ފިރިހެނުން: 205
އަންހެނުން: 274
ޖުމްލަ: 479
ވޯޓުލީ މީހުންގެ އިންސައްތަ އަކީ 86.46
ވޯޓު ގުނަން ފަށާނީ 6:30
ބައެއް ރަށްރަށުގެ ކިއު ބަންދު ކުރަން ފަށައިފި
ކިއު ބަންދު ކުރި ރަށްރަށުގެ ތެރޭގައި ހދ. މަކުނުދޫ، ށ. ބިލެއްފަހި، އއ. މާޅޮސް، ބ. މާޅޮސް، ގއ. އަތޮޅު-މާލެ 6 ނަންބަރު ފޮށި، ހިތަދޫ، އއ. ތޮއްޑޫ، ހއ. ހޯރަފުށި، ހުޅުމާލެ ހުރަވީ ސްކޫލްގައި ހުރި ފޮށޮތަކުގެ ކިއު ވަނީ ބަންދުކޮށްފައި.
ދޮޅުލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފި
މިހާތަނަށް 155،192 މީހަކު ވަނީ ވޯޓު ލާފައި
79007 - ފިރިހެން
76185 - އަންހެން
43% މީހުން ވޯޓުލައިފި
3 ފޮއްޓެއްގެ ވޯޓު ނެގުން ބަންދުން ކޮށްފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް - ވޯޓުލާ މަޒުކަޒުގައިވާ އިންތިހާބާ ގުޅުންހުރި ސާމާނު
އިންތިހާބަށް ބޭނުންވާ ހުރިހާ ސާމާނެއް މިޖަމްއިއްޔާއިން އޮބްޒާވްކުރާ ހުރިހާ ވޯޓުލާ މަރުކަޒުގައި ހަމައަށް ހުރި
އިންތިހާބުގެ ފެށުން އޮބްޒާރވް ކުރުމަށް ފަހު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނުގައި ހިމެނޭ ކަންކަން
ވޯޓުލާ މަޒުކަޒުގެ ތައްޔާރީތައް
34 ވޯޓުލާ މަރުކަޒުގައި ވޯޓު ފޮށި ބަންދުކުރުމުގެ ކުރިން ފޮށި ހުސްކަން ވަނީ 2 ވޯޓުލާ މީހުންގެ ހާޒިރުގައި ކަށަވަރު ކޮށްދީފައިވޭ
ވޯޓު ފޮށިތައް ބަންދުކުރެވުނު އިރު 2 ވޯޓުލާ މަރުކަޒެއްގެ ވޯޓުލާ ފޮށީގައި 4 'ޕުލް ޓައިޑް ސީލް" އަޅުވާފައި ނުވޭ
01 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނާ 'ރީކޮންސައިލް' ކޮށްފައި ނުވޭ
އިންތިހާބުގެ ފެށުން އޮބްޒާރވް ކުރުމަށް ފަހު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނުގައި ހިމެނޭ ކަންކަން
ވޯޓުލާ މަޒުކަޒުގެ އޮފިޝަލުން ހާޒިރުވުން
34 ވޯޓުލާމަރުކަޒުގައިި އޮފިޝަލުންގެ ހުރިހާ މައްސޫލިއްޔަތުތަކެއް އަދާކުރަން ހާޒިރުވާންޖެހޭ އޮފިޝަލުން ހަމައަށް ހާޒިރުވެ ތިއްބި
އިންތިހާބުގެ ފެށުން އޮބްޒާރވް ކުރުމަށް ފަހު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނުގައި ހިމެނޭ ކަންކަން
ވޯޓުލާ މަރުކަޒުތައް ހުޅުވި ގަޑި
2 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ފެށުނީ 6:50 އާއި 6:59 އާއި ދެމެދު (%6)
14 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ފެށުނީ 7:00 އާއި 7:10 އާއި ދެމެދު (%41)
11 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ފެށުނީ 7:11 އާއި 7:30 އާއި ދެމެދު (%32)
7 ވޯޓުލާ މަރުކަޒުގައި ވޯޓުލުން ފެށުނީ 7:30 ގެ ފަހުން (%21)
ހުރިހާ ވޯޓުލާ މަރުކަޒެއް 8:00 ގެ ކުރިން ވަނީ ހުޅުވިފައެވެ.
ވޯޓުގެ ކަންކަން ބެލުމަށް ޕާޓީތަކުގެ 91 އިންސައްތަ އޮބްޒާވަރުން ހަރަކާތްތެރިވޭ - ޓްރާންސްޕޭރެންސީ މޯލްޑިވްސq
އަލްހާންވެސް އެދެނީ ވީހާވެސް ގިނަ ރައްޔިތުން ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފުމަށް
މާލެ ސިޓީ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް އަލްހާން ފަހުމީ ވޯޓު ލައްވައިފި
ވޯޓުލުމަކީ ފަރުދީ ޒިންމާއެއް - މަހުލޫފު
ލިބިފައިވާ ހައްގުގެ ބޭނުންކުރައްވާ ކުރިޔަށް އޮތް 5 އަހަރަށް މަންދޫބުން އިންތިހާބުކުރެއްވުމުގައި ބައިވެރިވެލުމަށް މިނިސްޓަރ އިލްތިމާސްކުރައްވާފައިވެއެވެ.

ހުރިހާ ފޮށްޓަކަށް ވޯޓުލާން ފަށައިފ
ހުރިހާ ވޯޓުފޮށްޓަކަށް ވޯޓުލާން ފަށައިފި. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 713 ވޯޓު ފޮށި

ކުރީގެ ނައިބްރައީސް ޖިހާދުވެސް ވޯޓު ލައްވައިފި
ކުރީގެ ނައިބްރައީސް އަބްދުﷲ ޖިހާދުވެސް ވޯޓު ލައްވައިފި، ޖިހާދު ވޯޓު ލައްވާފައިވަނީ މެދުހެންވޭރު ދާއިރާގެ ރައްޔިތުން ވޯޓު ލެއްވުމަށް ކެންގަރޫ ކިޑްސްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް
ވޯޓު ލުމުގެ ޙައްޤު އަދާކޮށް، ރައްޔިތުންގެ ބަސް ވޯޓުން އިއްވަވާ: ނައިބްރައީސް
ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ނައިބްރައީސް ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ ސިއްޙީ ގައިޑްލައިންތަކާ އެއްގޮތަށް ރައްޔިތުން ވޯޓު ލުމުގެ ޙައްޤު އަދާކުރާ މަންޒަރުކަމަށް، ނައިބްރައީސް ވިދާޅުވީ، ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ލާމަރުކަޒީ ނިޒާމާއި ދިމާއަށް ކަމަށް، އަދި ރާއްޖޭގެ މިހާރުގެ ސިޔާސަތަކީވެސް ލާމަރުކަޒު ކުރުންކަމަށް ނައިބްރައީސް ވިދާޅުވި
ނައިބްރައީސް ވިދާޅުވީ، ވޯޓު ލުމުގެ ޙައްޤު އަދާކޮށް، ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، ހުރިހާ ރައްޔިތުންވެސް ވޯޓު ލެއްވުމަށް،
ނައިބްރައީސް ފައިސަލް ނަސީމްވެސް ވޯޓު ލައްވައިފި
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި ނައިބްރައީސް ފައިސަލް ނަސީމްވެސް ދާދި ދެންމެ މިވަނީ ވޯޓު ލައްވާފައި، އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށް މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް،
އިންތިހާބަށް ބުރޫއަރާ ފަދަ ބޮޑު ކަމެއް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވޭ - ޓްރާންސްޕޭރެންސީ މޯލްޑިވްސް
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮބްޒާވަރުންގެ އޮބްޒަވޭޝަންއިން ދައްކާ ގޮތުގައި 8.30 އާއި ހަމައަށް ގައުމު އޮތީ ސުލްހަވެރި ހާލަތެއްގައި. އަދި ޖުމްލަ ގޮތެއްގައި ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި ސުލްހަވެރިކަމާއެކު ވޯޓުލުން ފެށުނު. އިންތިހާބަށް ބުރޫއަރާ ފަދަ ބޮޑު ކަމެއް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވޭ.
މާލެ އަދި 19 އަތޮޅެއްގައި އެ ޖަމިއްޔާގެ ޖުމްލަ 55 އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން.
ރައީސް ނަޝީދުވެސް ވޯޓު ލައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވޯޓު ލައްވައިފި. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ގަލޮޅު ދަނޑުގައި ހުރި ވޯޓު ފޮއްޓަށް، އަދި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވޯޓުގެ ޙައްޤު ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރައްވާފައި

ވޯޓުލާން ދާ މީހުންގެ އަދަދު އިތުރުވާން ފަށައިފި
ވޯޓުލާން ވޯޓު ލާން ދާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
ހެނދުނު ވޯޓުލާން ކިއުތަކުގައި ތިބި މީހުނަށްވުރެ ގިނަ މީހުން ކިއުތަކުގައި ޖެހި ވޯޓުލާން ފަށައިފިއެވެ.
އީސީން ބުނެފައިވަނީ މި އިންތިޚާބުގައި ވޯޓު ލާނެ ކަމަށް ލަފާކުރެވެނީ 40 އިންސައްތަ މީހުން ކަމަށެވެ.

18:00 ވާއިރު ކިއުގައި ވޯޓު ލުމަށް މީހަކު ނެތްނަމަ ވޯޓުލާ މަރުކަޒު ބަންދު ކުރާނެ
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ވޯޓުލާ މަރުކަޒުތަކުގައި 18:00 ވާއިރު ކިއުގައި ވޯޓު ލުމަށް މީހަކު ނެތްނަމަ ،ވޯޓުލާ މަރުކަޒު ބަންދުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް
ތޮއްޖެހިގެން ވޯޓުލާން ދާން މަޑުނުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފި
ލޯކަލް ކައުންސިލް އިންތިޚާބުގައި ފާހަގަވިކަންކަން ހާމަކުރުމަށް އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޚާއްސަ ހާލަތެއް ދިމާނުވާ ހުރިހާ ވޯޓު ފޮއްޓެއްގައި ގަޑިއަށް ވޯޓުލުން ފެށުނު ކަމުގައެވެ. ކޮވިޑް ނުފެތުރޭ ގޮތަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް އެޗްއާރްސީއެމުން ވަނީ ތޮއްޖެހިގެން ވޯޓުލާން ދާން މަޑު ނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް ގޮވާލާފައެވެ.
މިހާތަނަށް އައިރު ވޯޓުލާން ދިޔަ މީހުން މަދުކަން ފާހަގަކޮށް އެ އިދާރާއިން ބުނީ ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ފެށުން ލަސްވި ސަބަބަކަށްވެސް މިކަން ވެގެން ދިޔަކަމަށެވެ. ބައެއް މަރުކަޒުތަކުގައި މީހުން އެއްވެ ތިބޭއިރު ގައިދުރުކަން ނެތްކަން ފާހަގަކުރެވޭ ކަމަށާއި މާސްކްއެޅުން ފިޔަވައި ދެން ހުރި ގައިޑްލައިންތަކަށް ތަބާނުވާކަން ފާހަގަވާކަމަށް ވެސް ބުނެފައިވެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވޯޓުލައްވައިފި

ރިސޯޓުތަކުގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށްވެސް ވޯޓުލުމުގެ ކަންކަން ދަނީ ކުރިއަށް
ރިސޯޓުތަކުގައި ބެހެއްޓިފައިވާ ވޯޓު ފޮށިތަކަށްވެސް ވޯޓުލުމުގެ ކަންކަން ބާރަށް ކުރިއަށްދޭ، އެގޮތުން އއ ގަންޖެހި ރިސޯޓުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށްވެސް 13 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، މިހާތަނަށް އެންމެން ވަނީ ވޯޓު ލާފައި، އެ ރިސޯޓުގައިވެސް 07:30ން ފެށިގެން ވޯޓުލާން ފަށާފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބޭ
ޝެއިހް އަލީ ޒައިދު ވޯޓުލައްވާ އޮފިޝަލުން ނަމާދު ކުރަންވީ ގޮތް ކިޔައިދެއްވައިފި
ސްރީލަންކާގެ ކޮލޮމްބޯގައި ވޯޓުލުން ކުރިއަށްދަނީ

މިއީ އަތޮޅުތެރެއާއި މުޅި ރާއްޖޭގެ ހިންގުމަށްވެސް ނުހަނު މުހިއްމު ވޯޓެއް: ރައީސް
ރައީސް ވިދާޅުވީ، މިއީ އަތޮޅުތެރެއާއި މުޅި ރާއްޖޭގެ ހިންގުމަށްވެސް ނުހަނު މުހިއްމު ވޯޓެއް ކަމަށެވެ. މި ދަނޑިވަޅަކީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ނަމަވެސް، ވީހާވެސް ގިނަ ރައްޔިތުން ވޯޓު ލެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.