އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުން

  • ކޮންގްރެސްގެ ބައެއް މަންދޫބުން އުކުޅަހަށް ދާން ފަށައިފި
  • އެމްޑީޕީގެ ކޮންގްރެސްގެ ކަވަރޭޖް މިރޭ ރާއްޖެޓީވީއިން ފަށާނެ
  • އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތް ފަސްކޮށް، ކޮންގްރެސްގެ ތައްޔާރީތަށް މިރޭ!
 
Writer Profile Picture
ޙުސައިން ޙަސަން
ކޮންގްރެސްގެ ބައެއް މަންދޫބުން އުކުޅަހަށް ދާން ފަށައިފި

އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ބައެއް މަންދޫބުން އއ. އުކުޅަހަށް އަންނަން ފަށައިފިއެވެ.

 

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްލު ލިބިގެންވާ މަންދޫބުންގެ އަދަދަކީ 1184 މީހުންނެވެ. އެ މަންދޫބުންގެ ތެރެއިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު ބައެއް މަންދޫބުން އުކުޅަހަށް އަންނަން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. އުކުޅަހަށް ބައެއް މަންދޫބުންގެ ވަޑައިގެންނެވީ ކޮންގްރެސްގެ އިންތިޒާމަށް ވަޑައިގެންނެވި އެޑްވާސް ޓީމުތަކާއެކުގައެވެ. ކޮންގްރެސްގެ މަންދޫބުން އެ ރަށަށް ރަސްމީކޮށް ދާން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ފެށިގެންނެވެ.

 

މަންދޫބުން އުކުޅަހަށް ގެންދާނީ ސާޅީހަށް ވުރެ ގިނަ ކަނޑު އުނޅަދުގައެވެ. 

 

29 ޖޫން 2018 | ހުކުރު 19:06
Writer Profile Picture
އަހްމަދު ސާއިފް ޝިޔާދް
އެމްޑީޕީގެ ކޮންގްރެސްގެ ކަވަރޭޖް މިރޭ ރާއްޖެޓީވީއިން ފަށާނެ

އެމްޑީޕީގެ ތިންވަނަ ކޮންގްރެސް އާއި ގުޅިގެން ރާއްޖެޓީވީއިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހާއްސަ ކަވަރޭޖް މިރޭ 21:15 ގައި ވަނީ ފެށުމަށް ހަމަޖެހިފައެވެ. މިރޭގެ ކަވަރޭޖްގައި މާލޭގައި ކުރިޔަށްދާ އެންމެފަހުގެ ތައްޔާރީތަކާއި ކޮންގްރެސްއަށް އުކުޅަސް ތައްޔާރުވެފައިވާ މިންވަރު ގެނެސްދޭނެއެވެ. ހަމައެހެންމެ ކޮންގްރެސްއާއި ގުޅިގެން އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ބަސް ވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.  

 

29 ޖޫން 2018 | ހުކުރު 18:52
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތް ފަސްކޮށް، ކޮންގްރެސްގެ ތައްޔާރީތަށް މިރޭ!
29 ޖޫން 2018 | ހުކުރު 18:39
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ވިޑިއޯ: އެމްޑީޕީ ކޮންގްރެސްގެ އެންމެފަހުގެ ތައްޔާރީތައް، އއ. އުކުޅަހުން
29 ޖޫން 2018 | ހުކުރު 18:36
Writer Profile Picture
ޙުސައިން ޙަސަން
އަންދާޒާ ކުރެވެނީ 600 އާއި 800 އާ ދެމެދު މަންދޫބުން އަންނާނެ ކަމަށް: އަސްލަމް

އެމްޑީޕީ ކޮންގްރެސް އިވެންޓް މެނޭޖަރު އަސްލަމް ޝާކިރު ވިދާޅުވީ އުކުޅަހުގައި ބާއްވާ ކޮންގްރެސްއަށް 600 އާއި 800 ދެމެދުގެ އެމްޑީޕީ މަންދޫބުން އަންނާނެ ކަމަށް. އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމުގެ ޝަރުތު ލިބިގެން ވަނީ 1184 މީހުންނަށް. 

29 ޖޫން 2018 | ހުކުރު 17:23
Writer Profile Picture
ޙުސައިން ޙަސަން
ކޮންގްރެސްއަށް އުކުޅަސް "ފައްކާވެފައި"

އާބާދީގައި 1105 މީހުން ދިރިއުޅޭ އުކުޅަށް ހޮނިހިރު ދުވަހު، 15،00 އެއްހާ މީހުން ޖަމާވާނެ. އެމްޑީޕީގެ ކޮންގްރެސްއަށް އަންނަ 800 މީހުންނާއި އެ ޕާޓީގެ ސަޕޯޓަރުންނާއި ދައުވަދު ދީގެ ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ވަނީ ރޭވިފައި.

އެމްޑީޕީ ކޮންގްރެސްއަށް ބާއްވާ ދަރުބާރު: އެތަނަކީ 1000 މީހުންގެ ޖާގައިގެ ތަނެއް-- ފޮޓޯ/ ޙުސައިން ޙަސަން
29 ޖޫން 2018 | ހުކުރު 17:21