25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އއ. އުކުޅަސް

ކޮންގްރެސްގެ ބައެއް މަންދޫބުން އުކުޅަހަށް އަންނަން ފަށައިފި

  • ބައިވެރިވުމުގެ ހައްގު 1،100 އަށް ވުރެ ގިނަ މީހުންނަށް
  • 800 މަންދޫބުން އަންނާނެ ކަމަށް ބެލެވޭ
  • ކޮންގްރެސްއަށް އުކުޅަސް އޮތީ ފައްކާކޮށްފައި
ޙުސައިން ޙަސަން | hucenhassan

| 29 ޖޫން 2018 | ހުކުރު 19:07 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް



އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ބައެއް މަންދޫބުން އއ. އުކުޅަހަށް އަންނަން ފަށައިފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މަންދޫބުންގެ އަދަދަކީ 1184 މީހުންނެވެ. އެ މަންދޫބުންގެ ތެރެއިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު ބައެއް މަންދޫބުން އުކުޅަހަށް އަންނަން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. އުކުޅަހަށް ބައެއް މަންދޫބުންގެ އައީ ކޮންގްރެސްގެ އިންތިޒާމަށް ވަޑައިގެންނެވި އެޑްވާންސް ޓީމުތަކާއެކުގައެވެ.
ކޮންގްރެސްގެ މަންދޫބުން އެ ރަށަށް ރަސްމީކޮށް ދާން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ފެށިގެންނެވެ.

މަންދޫބުން އުކުޅަހަށް ގެންދާނީ ސާޅީހަށް ވުރެ ގިނަ ކަނޑު އުނޅަދުގައެވެ. 

އެމްޑީޕީން ލަފާކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ކޮންގްރެސްއަށް 600 ނުވަތަ 800އާ ގާތް ކުރާ އަދަދަކަށް މަންދޫބުން އެ ރަށަށް އަރާނެއެވެ. ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ މަންދޫބުނާއި އެ ޕާޓީގެ ސަޕޯޓަރުންނާއި އެހެން ޕާޓީތަކުން ވަޑައިގަންނަވާ މެހެމާނުންނާއެކު 1،500 އާ ގާތް ކުރާ އަދަދަކަށް މީހުން އުކުޅަހަށް އަންނާނެ ކަމަށް އެމްޑީޕީން ލަފާ ކުރެއެވެ. 

ކޮންގްރެސް އިންތިޒާމް ކުރުމުގައި އުކުޅަހުގެ 300 މީހުންނާއި މާލެއިން ދިޔަ 50 އަހަށް މީހުން ހަރަކާތްތެރިވެއެވެ.

އުކުޅަހަކީ އެމްޑީޕީގެ ތާއިދު ބޮޑު ރަށެކެވެ. އާންމު އިންތިހާބުތަކުގައި އުކުޅަހުން އެމްޑީޕީން ބޮޑު އަގުލަބިއްޔަތެެއް ހޯދައެވެ. ރިޔާސީ އިްނތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ރާއްޖޭގެ އެހެން ރަށްތަކަށް ވުރެ ބޮޑު ޕަސެންޓޭޖަކުން އެމްޑީޕީ މެޖޯރިޓީ ހޯދައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް