އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުން
މިއީ އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް. އެންމެ ފުރަތަމަ އެ ޕާޓީގެ ކޮންގްރެސް ބޭއްވީ 2005 ވަނަ އަހަރު. އޭގެ ފަހުން ކޮންގްރެސް ބޭއްވީ 2010 ވަނަ އަހަރު. އެ ދެ ކޮންގްރެސް ވެސް ބޭއްވީ ދަރުބާރުގޭގައި. ނަމަވެސ

އެމްޑީޕީ ކޮންގްރެސްގެ ތައްޔާރީތައް
އިދިކޮޅު ސިޔާސި ޕާޓީ ތަކުގެ އިސް ބޭފުޅުން ބައިވެރިވޭ
މި ކޮންގެރެސް ފެށުމުގެ ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންވަނާ
ކޮންގްރެސް އަށް އެކި ރަށްރަށުން މީހުން ވަނީ އުކުޅަހަށް އަރާފައި
މި ކޮންގްރެސް އަށް އެކި ރަށަރަށުން ދިޔަ މީހުންގެ އަދަދު 1500 އަށް އަރާނެ ކަމަށް އުކުޅަހުގައި މި ކޮންގްރެސް ކަވަރު ކުރަމުންދާ ރާއްޖެ އެމްވީގެ ރިޕޯޓަރު ހުސައިން ހަސަން މައުލޫމާތުދޭ
ކޮންގްރެސްގައި ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވޭ
ކުލަ ގޮތެއްގައި ކުރިއަށްދާ މި ކޮންގްރެސްގައި 800 އަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވޭ
އެމްޑީޕީ ގެ ތިން ވަނަ ކޮންގްރެސް ފަށައިފި
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އއ. އުކުޅަހުގައި ރަސްމީކޮށް ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ 12:00 ގައި
އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ އެކު ބޮޑު އުޅަނދު އުކުޅަހަށް ބަނދަރުކޮށްފި
އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުން ހިމެނޭ ގޮތަށް 300 މަންދޫބުން އުކުޅަހަށް ވަޑައިގެންފި. ވަޑައިގެންނެވި މަންދޫބުންނަށް ދެންނެވި މަރުހަބާ އާއި ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށްފަހު ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގިނަ މަންދޫބުން ވަނީ އިންތިޒާމުތަކަށް ތައުރީފުކޮށްފައި
މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އުކުޅަހަށް ވަޑައިގެންނެވުން-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އުކުޅަހަށް ވަޑައިގެންނެވުން -- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އުކުޅަހަށް ވަޑައިގެންނެވުން-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން
ބައި ގަޑިއިރު ތެރޭގައި 23 އަށް ވުރެ ގިނަ ލޯންޗު އައިސްފައިވޭ
އެމްޑީޕީގެ މަޖިލިސް މެމްބަރުން އެ ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވަޑައިގަންނަވާނީ މިއަދު 9:00ގައި ބޯޓެއްގައި. އެ ބޯޓުގައި ގިނަ އަދަދެއްގެ މަންދޫބުން އަންނާނެ. މިހާތަނަށް ބަނދަރަށް ލަފާފައި ވަނީ ލޯންޗުތައް. އެގޮތުން މިހާތަނަށް މަންދޫބުން ބަރުކޮށްގެން 23 ވަރަކަށް ލޯންޗު އުކުޅަކަށް ބަނދަރުކޮށްފައިވޭ. ކޮންމެ ލޯންޗަކުން ވެސް މީހުން މި ރަށަށް ބޭލުމަށްފަހު ވަނީ ފުރާފައި.
އެމްޑީޕީ ކޮންގްރެސްއަށް ވަޑައިގެންނެވި މަންދޫބުން އުކުޅަސް ބަނދަރު ސަރަހައްދުގައި
މަންދޫބުންގެ ލޯންޗުތައް ފުލުފުލުގައި އުކުޅަކަށް
މާލެއިން ފުރައިގެން އުކުޅަހަށް މިއަދު އެންމެ ފުރަތަމަ ލޯންޗު އައީ 7:30 އެހާކަންހާއިރު. ވޭތުވެދިޔަ ބައި ގަޑިއެއްހާއިރު ތެރޭގައި 15 ވަރަކަށް ލޯންޗުގައި 300 އަށް ވުރެ ގިނަ ކޮންގްރެސްގެ މަންދޫބުން އުކުޅަހަށް ވަނީ އައިސްފައި. މަންދޫބުންގެ ގޮތުގައި ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ހިމެނިވަޑައިގަންނަވާ
މާލެއިން ވަޑައިގެންނެވި އެމްޑީޕީގެ ބައެއް ކޮންގްރެސްމަނުންނަށް އުކުޅަހުން މަރުހަބާ ކިޔަނީ-- ރާއްޖެއެމްވީ ފޮޓޯ/ މުހައްމަދު ޝަރުހާން
އެމްޑީޕީގެ ކޮންގްރެސްގެ ނިންމުމަށް އެތައް ބަޔަކު ކެތްމަދުވެފައި
އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ނިންމާނެ ކަންތައްތަކާމެދު އެތައް ބަޔަކު ގެންދަނީ އިންތިޔާޒު ކުރަމުން. ހާއްސަކޮށް އެމްޑީޕީގެ އާންމު މެމްބަރުން. ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވުމުން، ދެން އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައެޅުމުގައި އަމަލު ކުރައްވާނެ ގޮތް ކޮންގްރެސްއިން ނިންމާނެ. އެ ނިންމުންތަކަށް ދެވޭނީ އަސާސީ ގަވާއިދު އިސްލާހުކޮށްގެން.
މުޅި އުކުޅަހުގައި ވަނީ ދިދަ ފަތިތައް ދެމިފައި
މާދަމާ އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް އއ. އުކުޅަހުން ދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުން. ރަށުގައި ވަނީ ދިދަ ފަތިތަކާއި ދިދަތައް ޖެހި އެއްކޮށް ޖަރީކޮށްފައި
ގްރީން ޒޯނުން މަންދޫބުންނަށް ނުފުރޭނެ ކަމަށް ބުނެ ފުލުހުން އިންޒާރުދީފި
އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނަށް ގްރީން ޒޯނުން ނުފުރޭނެ ކަމަށް ބުނެ ފުލުހުން އިންޒާރުދީފި އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގްރީން ޒޯންގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން އެއްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގެ ނަމުގައި ގާނޫނާ ހިލާފް އަމަލުތަކެއް އެސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިހެންކަމުން ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ގްރީން ޒޯންގައި ހިންގަން ފުރުސަތު ނުދޭނެ އެފަދަ އަމަލެއް ކުރަން އުޅޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ކޮންގްރެސްގެ ބައެއް މަންދޫބުން އުކުޅަހަށް ދާން ފަށައިފި
އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ބައެއް މަންދޫބުން އއ. އުކުޅަހަށް އަންނަން ފަށައިފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްލު ލިބިގެންވާ މަންދޫބުންގެ އަދަދަކީ 1184 މީހުންނެވެ. އެ މަންދޫބުންގެ ތެރެއިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު ބައެއް މަންދޫބުން އުކުޅަހަށް އަންނަން ފަށާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުފަހުއެވެ. އުކުޅަހަށް ބައެއް މަންދޫބުންގެ ވަޑައިގެންނެވީ ކޮންގްރެސްގެ އިންތިޒާމަށް ވަޑައިގެންނެވި އެޑްވާސް ޓީމުތަކާއެކުގައެވެ. ކޮންގްރެސްގެ މަންދޫބުން އެ ރަށަށް ރަސްމީކޮށް ދާން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ފެށިގެންނެވެ.
މަންދޫބުން އުކުޅަހަށް ގެންދާނީ ސާޅީހަށް ވުރެ ގިނަ ކަނޑު އުނޅަދުގައެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ކަވަރޭޖް މިރޭ ރާއްޖެޓީވީއިން ފަށާނެ
އެމްޑީޕީގެ ތިންވަނަ ކޮންގްރެސް އާއި ގުޅިގެން ރާއްޖެޓީވީއިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހާއްސަ ކަވަރޭޖް މިރޭ 21:15 ގައި ވަނީ ފެށުމަށް ހަމަޖެހިފައެވެ. މިރޭގެ ކަވަރޭޖްގައި މާލޭގައި ކުރިޔަށްދާ އެންމެފަހުގެ ތައްޔާރީތަކާއި ކޮންގްރެސްއަށް އުކުޅަސް ތައްޔާރުވެފައިވާ މިންވަރު ގެނެސްދޭނެއެވެ. ހަމައެހެންމެ ކޮންގްރެސްއާއި ގުޅިގެން އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ބަސް ވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތް ފަސްކޮށް، ކޮންގްރެސްގެ ތައްޔާރީތަށް މިރޭ!
ވިޑިއޯ: އެމްޑީޕީ ކޮންގްރެސްގެ އެންމެފަހުގެ ތައްޔާރީތައް، އއ. އުކުޅަހުން
އަންދާޒާ ކުރެވެނީ 600 އާއި 800 އާ ދެމެދު މަންދޫބުން އަންނާނެ ކަމަށް: އަސްލަމް
އެމްޑީޕީ ކޮންގްރެސް އިވެންޓް މެނޭޖަރު އަސްލަމް ޝާކިރު ވިދާޅުވީ އުކުޅަހުގައި ބާއްވާ ކޮންގްރެސްއަށް 600 އާއި 800 ދެމެދުގެ އެމްޑީޕީ މަންދޫބުން އަންނާނެ ކަމަށް. އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވުމުގެ ޝަރުތު ލިބިގެން ވަނީ 1184 މީހުންނަށް.
ކޮންގްރެސްއަށް އުކުޅަސް "ފައްކާވެފައި"
އާބާދީގައި 1105 މީހުން ދިރިއުޅޭ އުކުޅަށް ހޮނިހިރު ދުވަހު، 15،00 އެއްހާ މީހުން ޖަމާވާނެ. އެމްޑީޕީގެ ކޮންގްރެސްއަށް އަންނަ 800 މީހުންނާއި އެ ޕާޓީގެ ސަޕޯޓަރުންނާއި ދައުވަދު ދީގެ ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ވަނީ ރޭވިފައި.
އެމްޑީޕީ ކޮންގްރެސްއަށް ބާއްވާ ދަރުބާރު: އެތަނަކީ 1000 މީހުންގެ ޖާގައިގެ ތަނެއް-- ފޮޓޯ/ ޙުސައިން ޙަސަން