23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އެމްޑީޕީ ކޮންގްރެސް

އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތް ފަސްކޮށް، ކޮންގްރެސްގެ ތައްޔާރީތަށް މިރޭ!

  • ރަޖިސްޓްރޭޝަނަށްފަހު ކޮންގްރެސްގެ ފާސް މަންދޫބުންނާއި ދަނީ ހަވާލުކުރަމުން
  • އއ އަތޮޅާއި އދ އަތޮޅުގެ މަންދޫބުން ފިޔަވާ އެހެން އަތޮޅުތަކުގެ މަންދޫބުންގެ ރަޖިސްޓްރޭޝަން ހަރުގޭގައި ދަނީ ކުރިއަށް
  • ކޮންގްރެސް ފަށާނީ ހޮނިހިރު ދުވަހުގެ މެންދުރު
މުހަންމަދު ވިސާމް | sampathmasiw

| 29 ޖޫން 2018 | ހުކުރު 17:35 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


އެމްޑީޕީގެ ކެމްޕެއިން ހަރަކާތަށް ފެށުަމަށް ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ : ރާއްޖެ އެމްވީ

އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުގެރޭ އެޕާޓީގެ ހަރުގޭގައި ބާއްވަން ނިންމާފައިވާ ހަރަކާތް ކެންސަލްކޮށް، އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގެ ތައްޔާރީތަށް އެޕާޓީގެ ހަރުގޭގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތް ކެންސަލްކޮށްފައިވާ ކަމަށެވެ. އެހެންމަވެސް ކުލަ ގަދަ ގޮތެއްގައި އެޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތް ބާއްވާނެ ކަމަށާއި، އަހަރީ ދުވަހުގެ ހަރަކާތް ކުރިއަށްގެންދާނެ ތާރީޙެއް އިއުލާން ކުރާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އަހަރީ ދުވަހުގެ ހަރަކާތް ފަސްކުރުމުން، ހުކުރު ދުވަހުގެ ރޭ ހަރުގޭގައި ކުރިއަށްދާނީ އުކުޅަހުގައި ބާއްވާ އެޕާޓީގެ ތިން ވަނަ ކޮންގްރެސްގެ ރަޖިސްޓްރޭޝަންގެ ކަންކަން ކަމަށް ކޮންގްރެސް ކޮމެޓީން ވަނީ ބުނެފައެވެ. މީގެ ކުރިން ކޮންގްރެސްގެ ރަޖިސްޓްރޭޝަންގެ ކަންކަން ހުކުރު ދުވަހުގެރޭ ކުރިއަށް ގެންދަން ނިންމާފައި ވަނީ އެމްޑީޕީ އޮފީހުގައެވެ.

ކޮންގްރެސްގެ މަންދޫބުން އެމްޑީޕީ ހަރުގޭގައި ރަޖިސްޓްރޭޝަން ކަންކަން ކުރިއަށްގެންދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްޑީޕީގެ ކޮންގްރެސް ކޮމެޓީން ބުނީ ހުކުރު ދުވަހުގެ ރޭ 8:00 އިން ފެށިގެން އެމްޑީޕީ ހަރުގޭގައި ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކޮންގްރެސްގައި ބައިވެރިވުމަށް މާލެ އައިސްފައިވާ މަންދޫބުން ރަޖިސްޓްރޭޝަންގެ ކަންކަން ހުކުރު ދުވަހު ނިންމެވުމަށް ކޮންގްރެސް ކޮމެޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1184 މީހުނަން ލިބިފައިވާއިރު، ތަފާތު އެކި ސަބަބުތަކާ ހުރެ، ކޮންގްރެސްގައި ބައިވެރި ވާނީ ޖުމްލަ 800 އެއްހާ މަންދޫބުން ކަމަށް އެމްޑީޕީން ވަނީ އަންދާޒާ ކޮށްފައެވެ.

ކޮންގްރެސްގެ މަންދޫބުންގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަރުގޭގައި ކޮންމެ އަތޮޅަކަށް ހާއްސަކޮށް މޭޒެއް ވަނީ ބަހައްޓާފައެވެ. އަތޮޅުތެރޭގެ ރަށެއްގައި ކޮންގްރެސް ބާއްވާއިރު، މަންދޫބުންގެ ރަޖިސްޓްރޭޝަންނަން ފަހު ދޫކުރާ ފާހަކީ ވަރަށް މުހިންމު ފާހެއް ކަމަށް ކޮންގްރެސް ކޮމެޓީން ވަނީ ބުނެފައެވެ.

އަތޮޅުތެރޭގެ ރަށްތަކުން ކޮންގްރެސްގައި ބައިވެރިވުމަށް އައި މަންދޫބުން އުކުޅަހަށް ފުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހަވީރުއެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ އެ ޕާޓީގެ އެންމެ މުހިއްމު ނިންމުންތައް ނިންމާ މަހާސިންތާއެވެ. އެ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ވެސް އިސްލާހުތަކެއް ގެންނާނެއެވެ. އަދި ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެނައުމުގެ ބާރުގެ ވެސް ކޮންގްރެސްއަށް ލިބިގެންވެއެވެ.

އެމްޑީޕީގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ، އެ ޕާޓީގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ 11:00 ގައި އުކުޅަހުގައި ފެށުމަށް ނިންމާފައިވާއިރު، މިއީ އެޕާޓީގެ "އާދަޔާ ހިލާފު ކޮންގްރެސް" އެވެ. ރިޔާސީ އިންތިހާބަށް 83 ދުވަހަށް ވެފައި ވަނިކޮށް، އެމްޑީޕީން ބާއްވާ ކޮންގްރެސް ވެގެންދާނީ އެ ޕާޓީގެ އާންމު މެމްބަރުންނަށް އުފާވެރި ނިންމުންތަކެއް ފާސްކުރާނެ ކޮންގްރެސްއަކަށް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބާއްވާފައި ވަނީ 2005 ވަނަ އަހަރުއެވެ. ދެ ވަނަ ކޮންގްރެސް ބާއްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ ދެ ކޮންގްރެސް ވެސް ދަރުބާރުގޭގައި ބާއްވާފައިވާއިރު، މިއީ މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ކޮންގްރެސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް