ދިމާވި ބައެއް ބޭފުޅުން ވިދާޅުވި ވާހަކަތަކަށް އިޝާރާތްކޮށް އިބޫ ވިދާޅުވީ އޭނާ ހުންނާނީ މީހުންގެ މީހެއްގެ ގޮތުގައި ކަމަށް. އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް. ހުންނާނީ މާތްﷲގެ އަޅެއްގެ ގޮތުގައި ކަމަށް
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުހައްމަދު ނަޝީދު ގެނެވޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމުގެ ވައުދު ވެވަޑައިގެންނެވި. މިއީ ރިޔާސީ ކެންޑިޑޭޓުގެ މަގަމަށް އިބޫ ހޮވުމަށްފަހު ވެވަޑައިގެންނެވި ފުރަތަމަ ވައުދު.
ގައުމަށް ހަމަހިމޭން ވަގުތު ގެނެސްދޭންޖެހޭ ކަމަސް. ރައްޔިތުންގެ ރުއިމުގެ އަޑު އެބަ އިވޭ. ގުޅިފައިވާ ޕާޓީތަކުގެ ވައުދާއި މެނިފެސްޓޯ ހިމެނިޔަސް އެމްޑީޕީގެ މެނިފެސްޓޯގެ މައިގަނޑު އަސާސްތަކަށް ބަދަލު ނުގެންނާނަން.
އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)
ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ނަން ރިޔަސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅި ގަރާރަށް ގިނަ މެމްބަރުން ދަނީ ބަހުސް ކުރަމުން. ޖޯޝާއި ފޯރިއާއެކު އެ ގަރާރުގެ ބަހުސުން މުޅި ދަރުބާރު ވަނީ ގުގުމާލާފައި.
އަސްލަމް ހުށަހެޅުއްވި ގަރާރަށް ޝުއޫރުފާޅު ކުރުމުގެ ފުރުސަތު ދީފި.
އެގޮތަށް ދެއްވި ފުރުސަތުގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފު (މަވޯޓާ). އޭނާ ވިދާޅުވީ ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނެރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށް. ރޮޒައިނާ ވެސް ވާހަަކަފުޅު ދެއްކެވި. ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތިނުލެވޭނެ ހާލަތެއްގައި އެ ފުރުސަތު އިބޫއަސް ދިނުމަށް ތާއިދު ކުރައްވާ ކަމަށް
ގަރާރަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އަޅުގަނޑުމެން އަތުރާލާ މި ކުޅިބައި ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް.
ގަރާރަށް ވާހަަކަފުޅު ދެއްކެވި ބޭފުޅުން
އިބްރާހިމް ޝާފިއު (ޗަންޕީ)
އިމާދު ސާލިހު
އައްޑޫ ދާއިރާގެ ނައިބު ރައީސް
ކަނޑިތީމު ދާއިރާގެ ރައީސް އަބުﷲ ޝަހީމް
ހިތަދޫ މެދު ދާއިރާ އަހުމަދު ޝަރީފު
ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
ކެޔޮޅު
އަސްލަމް ހުށަހެޅުއްވި ގަރާރަށް ގިނަ އަދަދެއްގެ ބަޔަކު ތާއިދުކޮށް އަތްމައްޗަށް ނެގި. ނަމަވެސް އެ ގަރާރަށް ތާއިދު ކުރަން ފުރުސަތު ދިނީ އެމްޑީޕީ ތޮއްޑޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިއާން.
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަސްލަމް ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހުގެ ނަންފުޅު.
އެ ނަން ހުށަހެޅުއްވީ ގަރާރެއްގެ ގޮތުގައި.
އެމްޑީޕީ ރިޔާސީ ކެންޑިޑޭޓުގެ މަގާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
އެ ފުރުސަތު ހުޅުވާލީ އެމްޑީޕީ ސެކަރެޓޭރިއަޓުން. ސެކަރެޓޭރިއަޓުން އެ ގޮތަށް ހުށަހެޅީ 124 ވަނަ މާއްދާފގެ (ށ)ގެ ދަށުން ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު އެ ކޮންގްރެސްއަށް ލިބިގެންވާތީ.
ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީން ނެރުމަށް ނިންމައި، އިންތިހާބުގައި ވާދަ ކުރެއްވުމަށް ކުރެއްވި މަސައްކަތަށް ނާކާމިޔާބުވި ކަމަށް އިޝާރާތްކޮށް ޝިފާޒު ވާހަކަފުޅު ދެއްކެވި.
ގޮތް ހުސްވެގެން ބިމަށް ތުންގަނޑު ހަރާލައިގެން އެމްޑީޕީ ނޯންނާނެ ކަމަށް ޝިފާޒު ވިދާޅުވި.
ސިއްރުން ނަގަން ޖެހޭ ވޯޓެއް، އަތް މައްޗަށް ނަގައިގެން ވޯޓު ނެގުމުގެ ސަބަބުން ބާތިލުވި އިސްލާހު އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް އަނެއްކާވެސް ބޮޑު އަގުލަބިއްޔަތަކުން ފާސްވެއްޖެއެވެ.
އެ އިސްލާހު ފާސްވީ ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވި 711 މެމްބަރުންގެ ބޮޑު އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. ވަކިކޮޅަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ.
ސިއްރުން ނަގަން ޖެހޭ ވޯޓެއް އަތްމައްޗަށް ނަގައިގެން ވޯޓަށް އެހުމުގެ ސަބަބުން ބާތިލުވި އިސްލާހު އަލުން ކޮންގްރެސްއަށް ހުށަހަޅައިފިއެވެ.
އެ އިސްލާހު ކޮންގްރެސްއަށް ހުށަހެޅުމަށް އެއަށް އިތުރު ކަންތައްތަކެއް ވަނީ ހުށަހަޅާފައެވެ. އެއަށް އިތުރު އިސްލާހެއް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތާރިގެވެ. އޭނާ ހުށަހެޅި އިސްލާހަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.
އެ އިސްލާހާ މެދު ގޮތެއް ނިންމާނީ މެދުކަނޑާލުމަށްފަހު އަލުން ފަށާ ކޮންގްރެސް ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ފަރާތުން އާންމު އިންތިހާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް އެއްވެސް ސަބަބަކާހުރެ ކުރިމަތި ނުލެވޭނަމަ، އިތުރު ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ކޮންގްރެސްއަށާއި ގައުމީ މަޖިލީހަށް ދިން އިސްލާހު ބާތިލުވެއްޖެއެވެ.
އެ އިސްލާހު ބާތިލުވީ އަތްމައްޗަށް ނަގައިގެން ވޯޓު ނެގުމުންނެވެ. ސަބަބަކީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކޮންގްރެސްގެ ވޯޓުތައް ނަގަންޖެހޭނީ ސިއްރު ވޯޓެއްގެ ގޮތުގައެވެ. ކޮންގްރެސްގެ ހުށަހެޅުންތައް ސިއްރު ވޯޓުތަކެއްގެ ގޮތުގައި ނަގަންޖެހޭކަން ފާހަގަ ކުރެއްވީ ކޮންގްރެސްގެ ރިޔާސަތުންނެވެ.
އެ ހިސާބުން ފެށިގެން ކްލޯޒް ސެޝަންތަކެއް ކުރިއަށް ދިޔައެވެ. ސިއްރުން ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި ވަނީ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅާފައެވެ.
އަސާސީ ގަވާއިދަށް ހުށަހެޅީ ކޮންގްރެސްގެ ވޯޓު ނެގުން އަތްމައްޗަށް ނަގައިގެން ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ވޯޓަށް އެއީ މިހާރު ވެސް އަސާސީ ގަވާއިދުގައިވާ ގޮތަށް ސިއްރު ވޯޓަކުންނެވެ. އެ ސިއްރު ވޯޓުން ނިންމީ ކޮންގްރެސްގެ ހުށަހެޅުންތައް އަތްމައްޗަށް ނަގައިގެން ވޯޓަށް އެހުމަށެވެ.
ކޮންގްރެސްގައި ނަގާ ވޯޓުތައް އަތް އުުފުލައިގެން ނަގާގޮތަށް ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ، ކޮންގްރެސްގައި ނަގާ ވޯޓުތައް ނަގަންޖެހޭނީ ސިއްރުކަމަށް ބުނެފައިވާތީ، އެކަން ބަދަލުކުރުމަށް ނެގި ވޯޓުންނެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 716 މެމްބަރުން ވޯޓު ދީފައިވަނީ އަތް އުފުލައިގެން ވޯޓުގެ ކަންތައްތައް ކުރިއަށްގެންދިއުމަށެވެ. އަދި ސިއްރު ވޯޓަކުން ވޯޓުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް 63 މަންދޫބަކު ވަނީ ވޯޓު ދީފަ އެވެ.
މި ކޮންގްރެސްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައި ދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި. ރައީސް ނަޝީދު މިހެން
ވިދާޅުވީ ކޮންގްރެސްއަށް ފޮނުވި ހާއްސަ ވީޑިއޯ މެސެޖެއްގައި.
MDP ge 3 vana Congress (Aadhayaai khilaafu) ge Mandhoobun’aai Party ge Raees @MohamedNasheed mukhaathabu kurahvvanee#MDP_Congess2018 pic.twitter.com/zws3FjMiBm
— MDP Secretariat (@MDPSecretariat) June 30, 2018
#HoonuKhabaru: Mivaguthu ge hageegathah balaa congress ge kibain riyaasee candidate ehgge gothugai ehen beyfulhaku hamajahssaidhinumah Raees Nasheed edhi vadaigenfi | @Raajje_tv
— raajje.mv (@raajjemv) June 30, 2018
،، އިސްލާހު ނުފެންނަ ކަމަށް ވޯޓު، ދެއްވި މެމްބަރުންގެ އަދަދު މަދުވުމުން، އިސްލާހަށް ތާއިދު އޮތް ކަމަށް ބަލައި އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކޮށްފި
އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 144 މެމްބަރުން. ހާޒިރުވެވަޑައިގެންނެވީ 823 މެމްބަރުން. އެ އިސްލާހަށް ތާއިދު އޮތް ކަމަށް ބެލީ ދެކޮޅަށް ދެއްވި މެމްބަރުންގެ އަދަދު މަދުވުމުން، ދެން ތިއްބެވި މެމްބަރުންނަކީ އެ އިސްލާހަށް ތާއިދު ކުރައްވާ މެމްބަރުންގެ ގޮތުގައި ބައްލަވައިގެން.
މި އިސްލާހު ފާސް ނުވެއްޖެނަމަ، ދެން ވެދާނެ ގޮތަކާމެދު ކޮންގްރެސްގެ މަންދޫބުން ގެންދަނީ ސުވާލު އުފައްދަމުން. އެގޮތުން މި އިސްލާހު ފާސްނުވެއްޖެނަމަ ކޮންގްރެސް ބޭއްވުމުގެ މަގުސަދު ގެއްލުނީ ކަމަށް ބުނަމުން އެބަދޭ. ނަމަވެސް އެ މެމްބަރުން އެ ގެންގުޅުއްވަނީ "މިސް އަންޑަސްޓޭޑިން"އެއް ކަމަށް ވިދާޅުވެ، ބައެއް އިސް ބޭފުޅުން ގެންދަވަނީ ދެން ވާނެ ގޮތް ކިޔައި ދެއްވަމުން . އެ ގޮތުން މި އިސްލާހު ފާސްނުވެއްޖެނަމަ މި ކޮންގްރެސްގައި އަލުން އެޖެންޑާކޮށްގެން އިތުރު އިސްލާހަށް ފުރުސަތު އޮތްކަން ދަނީ ހަނދާންކޮށްދެމުން.
އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓަށް ދިމާ ހާލަތަކުން ކުރިމަތިނުލެވިއްޖެ ނަމަ، ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު ޕާޓީގެ ކޮންގްރެސްއަށާއި ގައުމީ މަޖިލީހަށް ދިނުމަށް އިސްލާހުގައިވޭ. އެ އިސްލާހަށް ބަހުސްގެ މަރުހަލާ ހުޅުވާލާފައި ވަނިކޮށް ނިޒާމީ މައްސަލަތަކެއް ފެންމަތިކޮށްފި
ޝިފާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕާޓީގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތުގައި ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހަށް ދިނުމަށް. ޝިފާޒު ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި.