Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ކޮމްޕެނީ މުބާރާތުގެ ފޯމެޓް ބަދަލުކުރަނީ

15 މެއި 2021 | ހޮނިހިރު 11:31

މުބާރާތުގެ ކުޅުން އަލުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މެއި 2021 | ހޮނިހިރު 11:31
ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން

ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފޯމެޓް ބަދަލުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.

ރަމަޟާން މަހުގައި އޯޕަން މުބާރާތާއި އޮފީސް މުބާރާތުގެ ކުޅުން ނިންމާލި ނަމަވެސް، ކޮމްޕެނީ މުބާރާތުގެ ތެރެއިން ކްރިކެޓް ކާނިވަލް ވަނީ މެދުކަނޑާލާފައެވެ. އެ ފަހަރު މުބާރާތް މެދުކަނޑާލަން ޖެހުނީ މާލެ ސިޓީގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުންނެވެ.

އެއާއެކު މިހާތަނަށްވެސް ކޮމްޕެނީ މުބާރާތުގެ ކުޅުން ފެށިފައެއް ނުވެއެވެ. "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް ވިދާޅުވީ ކޮމްޕެނީ މުބާރާތަކީ ބޮޑު އަގު ދީގެން ބާއްވާ މުބާރާތަކަށް ވުމާއެކު، އެ މުބާރާތް ކެންސަލް ކުރަން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މުބާރާތުގެ ފޯމެޓް ބަދަލުކޮށް، ދެ ދުވަހުގެ މުބާރާތަކަށް އެ މުބާރާތް ބަދަލުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މުބާރާތުގެ ފޯމެޓް ބަދަލުކުރި ނަމަވެސް، މުބާރާތުގެ ކުޅުން އަލުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބުމުން ކަމަށްވެސް މުނާޒް ވަނީ ވިދާޅުވެފައެވެ.

ކޮމްޕެނީ މުބާރާތުގެ މެދުތެރެއިން ކުޅުން މެދުކަނޑާލިއިރު، މި ފަހަރުގެ މި މުބާރާތުގައި 14 ޓީމެއް ވަނީ ބައިވެރިވެފައެވެ. މީގެ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ސެމީ ފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ދަތުރުކުރާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ ތިން ގުރޫޕުން އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ހަތަރުވަނަ ޓީމަށެވެ.

މި އަހަރު ކްރިކެޓް ކާނިވަލް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ކާނިވަލް ބާއްވާފައެއް ނުވެއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
19 ސެޕްޓެމްބަރު 2023

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

19 ސެޕްޓެމްބަރު 2023
 ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!
13 އޯގަސްޓު 2023

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ

13 އޯގަސްޓު 2023
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ
06 އޯގަސްޓު 2023

ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް

06 އޯގަސްޓު 2023
ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް
17 ޖުލައި 2023

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

17 ޖުލައި 2023
އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް