Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވުން

ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، މިއީ 93 ވަނަ މަރު

15 މެއި 2021 | ހޮނިހިރު 06:02

އެންމެފަހުން ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާހޯދި 87 އަހަރުގެ ދިވެހި ފިރިހެނެއް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 15 މެއި 2021 | ހޮނިހިރު 06:02
މިހާތަނަށް ރާއްޖޭގައި ޖުމްލަ 93 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި

މިހާތަނަށް ރާއްޖޭގައި ޖުމްލަ 93 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައި

ކޮވިޑް ޖެހިގެން އިތުރު މީހަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންދިޔަ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާގެ އުމުރަކީ 87 އަހަރެވެ. އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 01:39 އެހާކެއްހާއިރުއެވެ. ހޮނިހިރު ދުވަހު ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެފައިވާއިރު ހުކުރު ދުވަހު އެކަނިވެސް 5 މީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ. ހޮނިހިރު ދުވަހު ނިޔާވި މީހާއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 93ށް އަރާފައެވެ.

Advertisement - newsAdvertisement

ނިޔާވި މީހުންގެ ތެރެއިން، ހުކުރު ދުވަހު އެންމެ ފުރަތަމަ ނިޔާވެފައި ވަނީ، އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރުވިލޭރޭ މެންދަމު 02:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭން ކޮވިޑް ޖެހިގެން ނިޔާވި 88 ވަނަ މީހާއެވެ.

ކޮވިޑް ބަލީގައި ހުކުރު ދުވަހު ދެވަނަ އަށް ނިޔާވެފައި ވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުކުރު ދުވަހު ހެނދުނު 06:30 ހާއިރު އެވެ. މިއީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި 89 ވަނަ މީހާއެވެ. އަދި 3 ވަނައަށް ނިޔާވެފައިވަނީ ޑީއެޗް-11ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭގެފަހުން ހުކުރު ދުވަހުގެ މެންދުރު 12:48 ހާއިރު ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސް ފަރުވާދެމުންދަނިކޮށެވެ. ހުކުރު ދުވަހު އެންމެ ފަހުން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ ދިވެހި އަންހެނެކެވެ. އެމީހާގެ އުމުރަކީ 63ކެވެ. އެމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ 11:53ގައެވެ.

ކޮވިޑް ޖެހިގެން މިދިޔަ ހަފުތާގެ ހުކުރު ދުވަހުވެސް ވަނީ 4 މީހަކު ނިޔާވެފައެވެ. އަދި ހޯމަ ދުވަހު 3 މީހަކު ވަނީ ނިޔާވެފައެވެ.

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ކޮވިޑްގެ އައު ރާޅާއެކު ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުންނަކީ ވެކްސިންވެސް ޖަހާފައިނުވާ މީހުންނެވެ.

ޑރ. މުހައްމަދު އިސްމާއިލް ވަނީ އައިސީޔޫއަށް ލުމާއި ބަލީގެ އަލާމަތްތައް ފެނުމާއި ދޭތެރޭ އައު ޕެޓާނެއް ފެނިފައިވާކަމަށް ވިދާޅުވެފައެވެ. ކުރިއާއި ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވެއެވެ. އަމިއްލައަށް ނޭވާ ނުލެވި ވެންޓިލޭޓަރަށް ލާންޖެހޭ މީހުން އިތުރުވެފައިވާއިރު، ބަލިޖެހޭ މީހުންގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކެއްގައި މައްސަލަ ޖެހެއެވެ. މެޝިނުން ނޭވާލެއްވިޔަސް އޮކްސިޖަން ދާންޖެހޭ ހިސާބަށް ފޯރުނުކޮށްދެވުމަކީ މިހާރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވާ ސަބަބެކެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް