Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަޕޯޓް ސްޕެއިނަށް ކުޅެން ނިންމުން

ފްރާންސް ދޫކޮށް ލަޕޯޓް ސްޕެއިނުގެ ގައުމީ ޓީމަށް

ލަޕޯޓް މީގެ ކުރިން ވަނީ ފްރާންސްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މެއި 2021 | ހޮނިހިރު 02:20
ފްރާންސްގެ ޒުވާން ޓީމުތަކަށް ކުޅުނު ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް

ފްރާންސްގެ ޒުވާން ޓީމުތަކަށް ކުޅުނު ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުމުން ސްޕެއިނުގެ ގައުމީ ޓީމަށް ކުޅެން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ނިންމައިފިއެވެ.

އުމުރުން މިހާރު 26 އަހަރުގެ ލަޕޯޓް މީގެ ކުރިން ވަނީ ފްރާންސްގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅެފައެވެ. އެކަމަކު މިހާތަނަށް އައިރު ފްރާންސްގެ ސީނިއާ ޓީމުން އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ. އެގޮތުން 2016 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ބަލްގޭރިއާ އާއި ނެދަލެންޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކަށް އެކުލަވާލި ސްކޮޑުގައި ލަޕޯޓް ހިމެނި ނަމަވެސް، އެ މެޗުތަކުގައި އޭނާ އިނީ ބެންޗުގައެވެ. އަދި ފަހުން 2019 ވަނަ އަހަރު އޮތް ޔޫރޯ ކޮލިފައިންގައި އެންޑޯރާ އާއި އަލްބޭނިއާއާ ދެކޮޅަށް ފްރާންސުން ނެގި ސްކޮޑުގައި ލަޕޯޓް ހިމެނި ނަމަވެސް، އަނިޔާގެ ސަބަބުން އެ މެޗުތަކުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ.

އެއާއެކު ލަޕޯޓް ވަނީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިނުގެ ގައުމީ ޓީމަށް ކުޅެން ނިންމާފައެވެ. އަދި ފްރާންސްގެ ސީނިއާ ޓީމަށް މިހާތަނަށް އޭނާ މެޗެއް ކުޅެދީފައި ނުވާތީ، ސްޕެއިން ޓީމަށް ކުޅުމުގެ ހުއްދަ ފީފާއިންވެސް މިހާރު ވަނީ ދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލަޕޯޓް ލައްވައި ސްޕެއިނަށް ކުޅުވަން އެންމެ ބޮޑަށް މަސައްކަތްކުރީ ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭއެވެ. އެއާއެކު ސްޕެއިނުގެ ރަށްވެހިކަން ލަޕޯޓަށް ދީފައިވާކަން ދާދި ފަހުން ސްޕެއިނުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޔޫރޯ ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ސްޕެއިން ހިމެނެނީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ސްވިޑެން، ޕޮލެންޑް އަދި ސްލޮވާކިއާއެވެ.

މީގެ ކުރިން ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯއަށް ކުޅުނު ލަޕޯޓް ސިޓީއާ ގުޅެފައިވަނީ 2018 ވަނަ އަހަރު ޖެނުއަރީ މަހުއެވެ. އެއަށްފަހު ލަޕޯޓް ވަނީ މިހާތަނަށް ސިޓީއަށް 111 މެޗު ކުޅެދީ އަށް ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ސިޓީއާއެކު މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އައިމެރިކް ލަޕޯޓް

އިތުރަށް ކިޔާލަން

06 އެޕްރީލު 2024

ފަހު ވަގުތު އަލް ނަސްރު މޮޅުކޮށްދިނީ ލަޕޯޓް

06 އެޕްރީލު 2024
ފަހު ވަގުތު އަލް ނަސްރު މޮޅުކޮށްދިނީ ލަޕޯޓް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު