Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިމެރިކް ލަޕޯޓް

މެންޗެސްޓަރ ސިޓީ ދޫކޮށް، ލަޕޯޓް އަލް ނަސްރަށް ސޮއިކޮށްފި

25 އޯގަސްޓު 2023 | ހުކުރު 02:18

ލަޕޯޓް އަލް ނަސްރަށް ސޮއިކުރީ 23.6 މިލިއަން ޕައުންޑަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 25 އޯގަސްޓު 2023 | ހުކުރު 02:18
ލަޕޯޓް، އަލް ނަސްރަށް ސޮއިކުރުން

ލަޕޯޓް، އަލް ނަސްރަށް ސޮއިކުރުން

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ސޮއިކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޑިފެންޑަރު އަލް ނަސްރަށް ސޮއިކުރީ 23.6 މިލިއަން ޕައުންޑަށެވެ. 2018 ވަނަ އަހަރު އޭނާ އެތުލެޓިކް ބިލްބާއޯ އިން ސިޓީއަށް ބަދަލުވީ އެއިރުގެ ކްލަބް ރެކޯޑެއް ކަމަށްވާ 57 މިލިއަން ޕައުންޑަށެވެ.

ލަޕޯޓް ވަނީ ސިޓީއަށް ޖުމްލަ 12 ތަށި ކާމިޔާބުކުރުމަށް އެހީތެރިވެދީފައެވެ. ނަމަވެސް، ސިޓީއިން ޓްރެބަލް ކާމިޔާބުކުރި ސީޒަނުގައި އޭނާ ކުޅެފައިވަނީ އެންމެ 24 މެޗެވެ. އޭނާގެ ވަދާއީ މެސެޖުގައި އޭނާ ވަނީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ ސިޓީއާއެކު ހޭދަކުރި ފަސް އަހަރު ދުވަހަކީ ދުވަހަކުވެސް ހަނދާނުން ފިލާނެ ފަސް އަހަރު ނޫންކަމަށެވެ. އަދި ސިޓީއަށް ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.

ލަޕޯޓް ވަނީ ސިޓީއަށް ޖުމްލަ 180 މެޗު ކުޅެދީ، 12 ލަނޑު ޖަހައިދީފައެވެ. އެނާއަށް ކުޅުމުގެ ފުރުސަތު މަދުވީ މިދިޔަ ސީޒަނުން ފެށިގެނެވެ. އެއީ އޭނާގެ ބަދަލުގައި އަކަންޖީ އާއި އަކޭ އަށް ކުޅުމުގެ ފުރުސަތު ދޭން ފެށިފަހުންނެވެ. އަދި މި ހޫނުމޫސުމުގައި 77 މިލިއަން ޕައުންޑަށް ކްރޮއޭޝިއާގެ ޖޮސްކޯ ގްވާޑިއޯލް ގެނައުމާއެކު، ލަޕޯޓްއަށް ކުޅުމުގެ ފުރުސަތު އިތުރަށް މަދުވާނެއެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް އެންމެ ފަހުން ސޮއިކުރި ކުޅުންތެރިޔަކީ ލަޕޯޓެވެ. އެ ޓީމަކީ ފާހަގަކޮށްލެވޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އޭގެތެރޭގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، ސަޑިއޯ މާނޭ، މާސެލޯ ބްރޮޒޮވިޗް، އެލެކްސް ޓެލެސް, އޮޓާވިއޯ އަދި ސެކޯ ފޮފާނާ ހިމެނެއެވެ.

އަލް ނަސްރުން ވަނީ މިދިޔަ ހަފްތާގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުންވެސް ޖާގަ ހޯދާފައެވެ. ލަޕޯޓް ޓީމާ ގުޅުމާއެކު، އޭއެފްސީ ޗެމްޕިއަންސް ލީގަށް ނުކުންނައިރު ޓީމު އިތުރަށް ވަރުގަދަވާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް