Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވިއަންގެ ކޯލް ސެންޠަރު ބަންދުކުރުން

މޯލްޑިވިއަންގެ ކޯލް ސެންޓަރު ބަންދުކޮށް އޮންލައިންކޮށް ޓިކެޓް ނެގުމަށް އެދިއްޖެ

ނިންމުން ނިންމީ މިދުވަސްވަރު ދަތުރުފަތުރު މަދުވުމާއި ބަލީގެ ނުރައްކާ އިތުރުވުމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 14 މެއި 2021 | ހުކުރު 13:37
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއް

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައި އޮންލައިންކޮށް ޚިދުމަތް ހޯދުމަށް އެދިއްޖެއެވެ.

މިކަން ހާމަކޮށް މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމީ ކޮވިޑް-19 އާއި ގުޅިގެން މިދުވަސްވަރު ދަތުރުފަތުރު މަދުވުމާއި ބަލީގެ ނުރައްކާ އިތުރުވުމުން ކަމަށެވެ. މޯލްޑިވިއަންގެ ޓުވީޓްގައި ވަނީ ޓިކެޓް ނެގުމަށް އީމެއިލް ނުވަތަ ވައިބަރ ކުރުމަށް އެދިފައެވެ.

މިވަގުތު މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަމުން އަންނަނީ ބަންގްލަދޭޝް އާއި އިންޑިއާއަށެވެ. އެހެންނަމަވެސް ދެކުނު އޭޝިއާ ސަރަޙައްދުން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ސަރަޙައްދުގެ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ. މޯލްޑިއަނުން ބުނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ގައުމުތަކަށް އަނބުރާ ދާން ބޭނުންވާ މީހުންނަށާއި ބޭސް ފަރުވާއަށް އިންޑިއާއަށް ދާން އެދޭ މީހުންނަށް އެކުންފުނިން ދަތުރުތައް ބާއްވާނެ ކަމަށެވެ.

މިއީ ކޮވިޑްގެ ސަބަބުން ގައުމީ އެއަރލައިންގެ ކޯލް ސެންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލި ދެވަނަ ފަހަރެވެ. މޯލްޑިވިއަންގެ ޓިކެޓް ގަތުމަށް ގިނަ ބަޔަކު ބޭނުންކުރާ ކޯލް ސެންޓަރ ކޮވިޑާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމުން ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ.

މޯލްޑިވިއަންއިން ދަނީ މިފަދަ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް ފަސޭހައިން މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިންވަނީ ޓިކެޓް ގަތުމަށް ޚާއްސަ އެޕެއްވެސް ތަޢާރަފުކޮށްފައެވެ. އެޕް މެދުވެރިކޮށް ޓިކެޓް ގަންނަ މީހުން އިތުރުވަމުން އަންނަކަން އެކުންފުނިން ފާހަގަކުރެއެވެ.

މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޙިދުމަތް މެދުކަނޑާލާފައިވީ ނަމަވެސް، އީމެއިލް މެދުވެރިކޮށާއި އެ އެއަރލައިންގެ ވައިބަރ ޕްލެޓްފޯމުންވެސް ޓިކެޓް ގަނެވޭނެއެވެ. އަދި މޯލްޑިވިއަންގެ އެޖެންޓުން މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ވައިބަރ ޕްލެޓްފޯމާއި އީމެއިލް މެދުވެރިކޮށް ޓިކެޓް ގަތުމުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އަކުން މެންދުރުފަހު 14:00 އަށް ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ދަނީ މާލެ ހިމެނޭހެން ރާއްޖޭގެ 16 އެއަރޕޯޓަކަށް ދަތުރުތައް ބާއްވަމުންނެވެ. މޯލްޑިވިއަނުން ވަނީ އެކުންފުނީގެ 21 ވަނަ އަހަރީދުވަސް މިދިޔަ މަހުގެ 13 ވަނަދުވަހު ފާހަގަކޮށްފައެވެ. 2000 ވަނަ އަހަރު އުފެދުނު އައިލެންޑް އޭވިއޭޝަންގެ ދަށުން އުދުހޭ ފްލައިޓްތަކުގެ ނަން މޯލްޑިވިއަނަށް ބަދަލުކުރީ 2008 ވަނައަހަރުގެ ތެރޭގައެވެ. އެ ކުންފުނިން ވަނީ މިިދިޔަ 21 އަހަރުދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

މޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު