Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ

ހޯރަފުއްޓަށް އުދައަރައި މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުންވެއްޖެ

14 މެއި 2021 | ހުކުރު 08:03

ރަށުގެ ދެކުނުގެ ހުރިހާ މަގެއްގައި ފެންބޮޑުވެފައިވޭ، ޚާއްސަކޮށް ހެލްތް ސެންޓަރު ހުންނަ މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 މެއި 2021 | ހުކުރު 08:03
ރައްޔިތުންނަށް އެހީތެރިވުމަށް މަސަކަތް ކުރަމުންދާއިރު ޚާއްސަކޮށް ޒުވާނުންގެ އެއްބާރުލުން ލިބެމުން ދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި

ރައްޔިތުންނަށް އެހީތެރިވުމަށް މަސަކަތް ކުރަމުންދާއިރު ޚާއްސަކޮށް ޒުވާނުންގެ އެއްބާރުލުން ލިބެމުން ދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ހޯރަފުއްޓަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ހޯރަފުއްޓަށް އުދައަރާއި ބައެއް މީހުންގެ މުދަލާއި ތަކެއްޗަށް ވެސް ގެއްލުން ވެފައިވާއިރު މިކަމާ ގުޅޭ މައުލޫމާތު 'ރާއްޖެއެމްވީ'އާއި ހިއްސާ ކުރަމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އުދަ އެރުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާ ކަަމަށެވެ. އަދި ރަށުގެ ދެކުނުގެ ހުރިހާ މަގެއްގައި، ޚާއްސަކޮށް ހެލްތް ސެންޓަރު ހުންނަ މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލައިފައިވާ ކަމުގެ މައުލޫމާތު ލިބެމުން ދާކަމަށާއި އެއްގަމުގައި ހުރި ބައެއް އޮޑި ދޯނި ފަހަރާ ފައިބަރު ދޯނި މޫދަށް ފައިބައިފައިވާ ކަމަށެވެ. އަދި މި ދޯނިތަކަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމު ވަގުތުގައި ރަންވޭއަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި އެއަަރޕޯޓަށް ދާ ހައިވޭއަށް ވެސް އުދައިގެ ސަބަބުން ބޮޑެތި އަސަރު ތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް ގާތުން ބަލައި، ރައްޔިތުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންދާއިރު، ޚާއްސަކޮށް ޒުވާނުންގެ އެއްބާރުލުން މިކަމަށް ލިބެމުން ދާކަން ވަހީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ގޭގެއަަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ބަސްތާތައް ޖެހުމަށް ވެސް ގިނަ އަދަދެއްގެ ޒުވާނުންގެ އިތުރުން ރަށުގެ ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އުދައެރުމާއެކު މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބަލަންޖެހޭ އެންމެހާ ކަންކަން ބަލަމުން ދިއުމާއެކު ރައްޔިތުންނަށް އެހީވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރުގެ އެއްބާރުލުމާ އިރުޝާދު ލިބެމުންދާ ކަމަށެވެ. އަދި މެންބަރު މި ހުރިހާ ކަމެއް ގާތުން ބައްލަވަމުން ދާ ކަމަށެވެ.

ހޯރަފުށީގެ އިތުރުން އެ އަތޮޅު ތުރާކުނަށް ވެސް ވަނީ އުދައަރައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައެވެ. އަދި ރަށުގެ ބަނދަރަށް އުދަ އެރުމާއެކު ގަދަ ވައިގެ ސަބަބުން އޮޑިދޯނި ފަހަރަށް ގެއްލުން ވަމުން ދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން ހެލްތް ސެންޓަރުގެ ފުރާޅާއި މިސްކިތަށް ވެސް ބައެއް ކަހަލަ ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އުދައިގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ ގޮތުގައި ފާހަގަ ކުރެވޭ ސަރަހައްދު މުޅިން އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މޫސުންހޯރަފުށިހޯރަފުއްޓަށް އުދައެރުން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
31 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
31 އޮކްޓޯބަރު 2025

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
31 އޮކްޓޯބަރު 2025

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
31 އޮކްޓޯބަރު 2025

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން

30 އޮކްޓޯބަރު 2025
ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް