Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ކަޕް

ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ޑޯޓްމުންޑަށް

މިއީ ޑޯޓްމުންޑުން ޖަރުމަން ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 މެއި 2021 | ބުރާސްފަތި 21:57
ޖަރުމަން ކަޕުގެ ތައްޓާއެކު ބޮރޫޝިއާ ޑޯޓްމުންޑް ޓީމު

ޖަރުމަން ކަޕުގެ ތައްޓާއެކު ބޮރޫޝިއާ ޑޯޓްމުންޑް ޓީމު

އާރްބީ ލައިޕްޒީގް ބަލިކޮށް ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ބޮރޫޝިއާ ޑޯޓްމުންޑުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ޑޯޓްމުންޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި ޑޯޓްމުންޑުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޑޯޓްމުންޑުން ލީޑު ނެގިއިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޯޓްމުންޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަންޗޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 71 ވަނަ މިނެޓުގައި ލައިޕްޒީގުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަނިއެލް އޮލްމޯއެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި، ޑޯޓްމުންޑަށް ޗެމްޕިއަންކަން ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ޑޯޓްމުންޑުން ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ 2016-2017 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޑޯޓްމުންޑުން ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ.

ޖަރުމަން ކަޕްބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
12 ޑިސެމްބަރު 2024

ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި

12 ޑިސެމްބަރު 2024
ޑޯޓްމަންޑު ބަލިކޮށް ބާސެލޯނާ ދެ ވަނައިގައި
04 ޑިސެމްބަރު 2024

ލެވަކޫސަން އަތުން ބަލިވެ، ޖަރުމަނު ކަޕުން ބަޔާން ކަޓައިފި

04 ޑިސެމްބަރު 2024
ލެވަކޫސަން އަތުން ބަލިވެ، ޖަރުމަނު ކަޕުން ބަޔާން ކަޓައިފި
27 އޮކްޓޯބަރު 2024

އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ

27 އޮކްޓޯބަރު 2024
އޮގްސްބާގް އަތުން ޑޯޓްމަންޑު ބަލިވެއްޖެ
23 އޮކްޓޯބަރު 2024

ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި

23 އޮކްޓޯބަރު 2024
ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު