Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދަށް ދިން ހަމަލާ

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ސެކިއުރިޓީ ލެވެލް ކްރިޓިކަލް ރިސްކަަށް ބަދަލުކުރީވެސް މީގެ 2 މަހެއްހާ ދުވަސް ކުރިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 މެއި 2021 | ބުރާސްފަތި 20:05
އެމްއެންޑީއެފްގެ އޮފިސަރުންނާއެކު ޑިފެންސް މިިނިސްޓަރ މާރިޔާ

އެމްއެންޑީއެފްގެ އޮފިސަރުންނާއެކު ޑިފެންސް މިިނިސްޓަރ މާރިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ހިއްސާ ކުރެވުނު ކަމަށް ވަނީ އަޑުފެތުރިފައެވެ. އެގޮތުން އާންމުންގެ މީހަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރަކަށް އެ މައުލޫމާތު ދިނުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުންވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް އާންމު މީހަކު ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މިނިސްޓަރ މާރިޔާއަށް ގުޅުއްވީ ރައްޔިތުންގެ މަޖިލީހާއިި އެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރެކެވެ. އޭނާ ވަނީ މިނިސްޓަރަށް ފޯނުން ގުޅުއްވައި 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ހިއްސާ ކުރައްވާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ކަންކަން އެމްއެންޑީއެފުން ބަލަމުންދާނެ ކަމަށް ވިދާޅުވެ އެކަމަކީ ޖިނާއީ ކަމަކަށް ވުމުން މެންބަރުވެސް އެކަން ފުލުހުންނަށް އެންގެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

މި މައުލޫމާތު ކަށަވަރު ކުރުމަށް ރާއްޖެއެމްވީން ގުޅާލުމުން މިނިސްޓަރ މާރިޔާ ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެ މައުލޫމާތު ލިބިވަޑައިގަތް އިރުވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އޮތީ އެންމެ މަތީ ދަރަޖަކަމަށްވާ "ކްރިޓިކަލް ރިސްކް ލެވެލް" އަށް ޖައްސާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ދަރަޖަ "ހައި ރިސްކް" އިން ކްރިޓިކަލް ރިސްކަަށް ބަދަލުކުރީވެސް މީގެ 2 މަހެއްހާ ދުވަސް ކުރިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި ހުންނާތީ އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކެއް ހުރުމާއި، އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ގަބޫލު ކުރެވިގެން އެ މަގު ހުސްކޮށްދިނުމަށް އެދި އެމްއެންޑީއެފުން ވަނީ ސިޓީ ކައުންސިލުގައިވެސް އެދިފައެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުން، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މިނިސްޓަރ މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް އަދި އިންޓެލިޖެންސްގެ ވެރިޔާވެސް ވަނީ މީގެ ކުރިން ރައީސް ނަޝީދާ ބައްދަލު ކުރައްވައި، އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ލަފާވެސް އަރުވާފައެވެ.

މި ހާދިސާގެ މައުލޫމާތު އާންމު ފަރާތަކުން ކުރިން އެމްއެންޑީއެފަށް ހިއްސާ ކޮށްފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ މެންބަރުގެ މި ފޯން ކޯލާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ. ނަމަވެސް ރާއްޖެއެމްވީން އެކަމާ ގުޅޭގޮތުން ސުވާލުކޮށްލުމުން މާރިޔާ ވިދާޅުވީ، މެންބަރު ދެއްކެވީ ސީދާ އެ ހަމަލާގެ ވާހަކައެއް ނޫން ކަމަށާއި، އަދި އެކަމުގެ މައްޗަށް ބިނާކޮށް އެފަދަ ވާހަކައެއް ދެއްކޭނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދަށް އެރޭ ދިން ހަމަލާއާ ގުޅޭ އެއްވެސް "ކްރެޑިބަލް، އެކްޝަނަބަލް، އިންޓެލިޖެންސެއް" ލިބިވަޑައިގެންފައި ނުވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އޭރުވެސް ދިޔައީ ރާއްޖޭގައި ދެވޭ އެންމެ ހައިލެވެލް ސެކިއުރިޓީ އެމަނިކުފާނަށް އަރުވަމުން ކަމަށެވެ.

ޓެރެރިޒަމް ހުއްޓުވުމާއި، މަނާކުރުމުގެ ގާނޫނުގައި ވާގޮތުން، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެއްކަމަށް ވާއިރު، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވީ، މެންބަރަކަށް އެފަދަ މައުލޫމާތެއް ލިބިވަޑައިގަތުމާއެކު، އެކަން ފުލުހުންނަށް ރަސްމީކޮށް ހުށައަޅުއްވަން ވާނެ ކަމަށެވެ. އަދި އެ މެންބަރަކީ މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރަކަށްވާއިރު، އެކަން ކޮމިޓީއަށް ހުށައަޅުއްވައިގެން، ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ވާނެ ކަމަށްވެސް ބައެއް ގާނޫނީ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދުނަޝީދަށް ދިން ޓެރަރިސްތް ހަމަލާއެމްއެންޑީއެފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު