Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގުގެ ފައިނަލް

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލުގެ ޕޯޓޯގައި

މި މަހު 29 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރާނީ ސިޓީ އާއި ޗެލްސީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 މެއި 2021 | ބުރާސްފަތި 10:55
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވާ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމް

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވާ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމް

ތުރުކީގެ އިސްތަންބޫލުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލުގެ ޕޯޓޯއަށް ބަދަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުވެސް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ އިސްތަންބޫލުގައެވެ. އެކަމަކު އޭރު ކޮވިޑް-19 ގެ ހާލަތު މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ގޯސްކޮށް އޮތުމުން، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ފަށައިގެން މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށްގެން ޕޯޗުގަލުގެ ލިޒްބަންގައެވެ.

އެއާއެކު މި ސީޒަނުގެ ފައިނަލް މެޗު އިސްތަންބޫލުގައި ކުޅެން ޔުއެފާއިން ނިންމި ނަމަވެސް، އިސްތަންބޫލުގައި ކޮވިޑުގެ ހާލަތު ދާދި ފަހުން ވަނީ ގޯސްވެފައެވެ. މި މަހު 29 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރަން އޮތީ އިންގްލެންޑުގެ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީއެވެ. ގިނަ ގައުމުތަކުން ތުރުކީއަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގާފައިވާއިރު، އިނގިރޭސިވިލާތުންވެސް ވަނީ ތުރުކީއަށް ދަތުރުކުރުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ.

އެހެންކަމުން މި މެޗު އިސްތަންބޫލުގައި ކުޅުމަށް ދަތިތަކެއް ދިމާވުމާއެކު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޔުއެފާއިން ވަނީ ފައިނަލް މެޗު ޕޯޗުގަލުގެ ޕޯޓޯއަށް ބަދަލުކުރިކަން ހާމަކޮށްފައެވެ. އެގޮތުން މެޗު ކުޅުމަށް މިހާރު ތާވަލުކޮށްފައިވަނީ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމުގައެބެ. އެ ދަނޑަކީ 50،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. އަދި ޔުއެފާއިން އަންނަނީ ފައިނަލް މެޗު ބެލުމަށް 20،000 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް މަސައްކަތްކުރަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މެޗު ބެލުމަށް އިންގްލެންޑުން އެކަނި 8،000 ސަޕޯޓަރުން ދާގޮތަށް މީގެ ކުރިން ވަނީ ހަމަޖެހިފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލުގެ ޕޯޓޯގައި ކުޅެން ނިންމިިއިރު، ފައިނަލް މެޗުގައި އިނގިރޭސި ދެ ޓީމު ވާދަކުރާތީ، އެ ގައުމުގެ ސަރުކާރުން މީގެ ކުރިން ވަނީ މި މެޗު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅެން މަސައްކަތްކޮށްފައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ އާއި ޗެލްސީ ބައްދަލުކުރާއިރު، މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ ސެމީ ފައިނަލުން ޕީއެސްޖީ ކަޓުވާލުމަށްފަހުއެވެ. އަދި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރީ ސެމީން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހުއެވެ.

ޗެމްޕިއަންސް ލީގުއެސްޓާޑިއޯ ޑޮ ޑްރާގޯ

ކޮމެންޓް

އިތުރަށް ކިޔާލަން

  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު