Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރ

ކޮވިޑުން ރައްކާތެރިވުމަށް އައްޑޫ އާއި ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި

13 މެއި 2021 | ބުރާސްފަތި 03:12

ކޮވިޑުން ރައްކާތެރިވުމަށް މެއި 7 ވަނަ ދުވަހުން ފެށިގެން އައްޑޫއާއި ފުވައްމުލަކުގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 13 މެއި 2021 | ބުރާސްފަތި 03:12
އައްޑޫ ސިޓީ

އައްޑޫ ސިޓީ

ކޮވިޑް-19ން ރައްކާތެރިވުމަށް އައްޑޫ އަދި ފުވައްމުލައް ސިޓީގައި ކުރިން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލުގެނެސް، ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ 13 މެއިން ފެށިގެން މި ދެރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މައިގަނޑު 12 ފިޔަވަޅެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

- ހަވީރު 6ން ފެށިގެން ފަތިހު 4ށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން

- އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދިއުން ހުއްޓާލުން

- ފުވައްމުލައް ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދިއުން ހުއްޓާލުން

- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން

- ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން

- ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން

- ފިހާރަތަކުން ޚިދުމަތްދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން

- ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން

- ހޮޓާތަކާއި، ކެފޭތަކާއި ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން (މީގެތެރޭގައި ޓޭކްއަވޭގެ ޚިދުމަތްތައް ނުހިމެނޭ)

މިފިޔަވަޅު ތަކުން އިސްތިސްނާވާނީ 5 ފަރާތެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުންނާއި، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި، އެމުވައްޒަފުން ދުއްވާ އުޅަނދުފަހަރާއިި އެމްބިޔުލެންސް އެވެ. އަދި މިދެރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި އިމަރޖެންސީކޮށް ސިއްހީ ޚިދުމަތްދޭންޖެހޭ ފަރާތްތައް އިސްތިސްނާވާނެކަމަށް ވަނީ ބުނެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް މެއި 7 ވަނަ ދުވަހުން ފެށިގެން ދަނީ ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. އައު އެންގުމާއެކު ކުރިން އެންގި ކަންކަން ބާތިލުވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ދަނީ ކޮވިޑްގެ ކޭސްތައް ގިނަވަމުންދާ ރަށްރަށް ބަލައި ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ފިޔަވަޅުތައް 12 މެއިގައި ހަރުކަށިކޮށްފައިވާއިރު، ގދ.ތިނަދޫ އާއި ފ.ނިލަންދޫގައި ކޮވިޑް-19ން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
02 ޖުލައި 2025

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި
07 ޖޫން 2025

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
27 އޯގަސްޓު 2024

ޝަކުވާތަކާ ގުޅިގެން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ 6 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ވަގުތީގޮތުން ބަންދުކޮށްފި

27 އޯގަސްޓު 2024
ޝަކުވާތަކާ ގުޅިގެން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ 6 ތަނެއް އިންސްޕެކްޓްކޮށް 3 ތަނެއް ވަގުތީގޮތުން ބަންދުކޮށްފި
26 ޖޫން 2024

މެނިންގޯކޮކަލް ބައްޔާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދާ، ކޮންޓެކްޓުންނަށް ބޭސްދޭން ފަށައިފި

26 ޖޫން 2024
މެނިންގޯކޮކަލް ބައްޔާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދާ، ކޮންޓެކްޓުންނަށް ބޭސްދޭން ފަށައިފި
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
21 ޑިސެމްބަރު 2023

ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް

21 ޑިސެމްބަރު 2023
ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް
10 އޯގަސްޓު 2023

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

10 އޯގަސްޓު 2023
އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި
09 ނޮވެމްބަރު 2022

އޮކްޓޯބަރު މަހު 600ށްވުރެ ގިނަ ޑެންގީގެ ކޭސް ފެނިފައިވާއިރު، 500 ކޭސް ރިޕޯޓްކޮށްފައިވަނީ ރ އަތޮޅުން: އެޗްޕީއޭ

09 ނޮވެމްބަރު 2022
އޮކްޓޯބަރު މަހު 600ށްވުރެ ގިނަ ޑެންގީގެ ކޭސް ފެނިފައިވާއިރު، 500 ކޭސް ރިޕޯޓްކޮށްފައިވަނީ ރ އަތޮޅުން: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް