Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑެންގީގެ ކޭސްތައް

އޮކްޓޯބަރު މަހު 600ށްވުރެ ގިނަ ޑެންގީގެ ކޭސް ފެނިފައިވާއިރު، 500 ކޭސް ރިޕޯޓްކޮށްފައިވަނީ ރ އަތޮޅުން: އެޗްޕީއޭ

ޑެންގީގެ ކޭސްތައް އިތުރުވެފައިވާއިރު، ރ އަތޮޅާއި ދެކުނުގެ އަތޮޅުތަކުގައި ކޭސްތައް އިތުރުވަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2022 | ބުދަ 17:30
އެޗްޕީއޭގެ ޑިރެކްޓަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އާމިނަތު އަރޫޝާ

އެޗްޕީއޭގެ ޑިރެކްޓަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އާމިނަތު އަރޫޝާ

އޮކްޓޯބަރު މަހު 600ށްވުރެ ގިނަ ޑެންގީގެ ކޭސް ފެނިފައިވާއިރު، 500 ކޭސް ރިޕޯޓްކޮށްފައިވަނީ ރ އަތޮޅުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އާމިނަތު އަރޫޝާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅުދައްކަވަމުން އަރޫޝާ ވިދާޅުވީ، ޑެންގީގެ ކޭސްތައް އިތުރުވެފައިވާއިރު ރ އަތޮޅާއި ދެކުނުގެ އަތޮޅުތަކުގައި ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ރ އަތޮޅުން މިއަހަރު ފެނުނު ޑެންގީގެ ކޭސްތަކުގެ އަދަދު އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

އަރިދަފުސް ރޯގާއާއި ހުމުގެ އިތުރުން ކެއްސުމުގެ އުނދަގޫ ހުންނަ ރޯގާ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވުމުން، ހޮސްޕިޓަލުތަކުން އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓްކުރި ކަމަށާއި އެ ޓެސްޓްތަކުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް އަރޫޝާ ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައިކަން ފާހަގަކުރައްވައި އަރޫޝާ ވިދާޅުވީ، އަތޮޅު ތެރޭގައިވެސް ކޮވިޑަށް ޓެސްޓް ކުރުމަށް އިރުޝާދުތައް ދެމުން އަންނަ ކަމަށެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އަތޮޅު ތެރޭގައި ރިޕޯޓިންގ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރޯގާގެ ގޮތުގައި މި ދުވަސްވަރު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުކަމަށާއި، ކޮވިޑުގައި އާންމު ބަލީގެ ރޯގާތައް ދަށްވުމަށްފަހު އޮކްޓޯބަރު މަހު ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށްވެސް އަރޫޝާ ވިދާޅުވިއެވެ.

ސަރުކާރުން ފިޔަވަޅުތައް ލުއި ކުރިނަމަވެސް ބޫސްޓަރ ޑޯޒް ހަމަކުރަންޖެހޭ ކަމަށާއި، ހަތަރު ވަނަ ޑޯޒް ޖަހަން ބޭނުންވާ ފަރާތްތަކުން ވެކްސިން އަވަހަށް ޖެހުމަށް އަރޫޝާ އިލްތިމާސް ކުރެއްވިއެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަމަށް އެ އެޖެންސީން ބުނެއެވެ.

ސެޕްޓެމްބަރު މަހު 33،584 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު 31،750 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅައިބަލާއިރު އަދަދުތައް އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އެޗްޕީއޭއިން ބުނީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޫބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދު މަދުވެފައިވާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ޓެސްޓު ކުރެވުނު 1203 ސާމްޕަލްގެ ތެރެއިން 134 ސާމްޕަލްވަނީ ޕޮޒިޓިވްވެފައެވެ.

ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެ، ސެޕްޓެމްބަރު މަހު 3533 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު 3820 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މި އަދަދުތައް ދައްކާގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ކޭސްތައް ރިޕޯޓުކުރާ މިންވަރު ވަނީ ދެގުނަ އިތުރުވެފައެވެ.

މީގެ އިތުރުން އޮކްޓޫބަރު މަހު ލޮލުރޯގާ، ފާނަބަސަންދު، އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައްވެސް އާންމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީ ހުންހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު