Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ޔުވެންޓަސް އާއި މިލާނަށް މުހިންމު މޮޅެއް

ޓޮރީނޯ އަތުން މިލާން މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 23:50
ސަސުއޯލޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-1 ން

ސަސުއޯލޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-1 ން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުވެންޓަސް އާއި އޭސީ މިލާން މޮޅުވެއްޖެއެވެ.

މި ވަގުތު ތާވަލުގެ ފަސްވަނައިގައި އޮތް ޔުވެންޓަސް މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ސަސުއޯލޯ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 16 ވަނަ މިނެޓުގައި ސަސުއޯލޯއަށް ޕެނަލްޓީއެއް ލިބުނު ނަމަބެސް، އެ ޓީމުގެ ޑޮމެނިކޯ ބެރާޑީ ފޮނުވާލި ޕެނަލްޓީ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން ވަނީ މަތަކޮށްފައެވެ. އެއާއެކު މެޗުގެ 28 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭޑްރިއަން ރަބިއޯއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ލަނޑެއް ޖަހައި، ސަސުއޯލޯއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ޕައޮލޯ ޑިބާލާ ވަނީ ޔުވެންޓަސްއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ރޮނާލްޑޯ އާއި ޑިބާލާ ލަބޑު ޖެހިއިރު، މިއީ މި ދެ ކުޅުންތެރިން ޔުވެންޓަސްގެ ޖާޒީގައި ކާމިޔާބުކުރި 100 ވަނަ ލަނޑުތަކެވެ.

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅު މެޗުން މިލާން މޮޅުވީ ޓޮރީނޯ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި މިލާނުން ޖެހި ހަތް ލަނޑު ޖެހިއިރު، އެ ޓީމުގެ އަންޓެ ރެބިޗް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކެއް ހަދާފައެވެ. ދެން މި މެޗުގައި މިލާނުން ޖެހި އަނެއް ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ތެއޯ ހެނާންޑޭޒެވެ. އަނި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ އާއި ބްރާހިމް ޑިއާޒެވެ.

މި މެޗުތަކުން ޔުވެންޓަސް އާއި މިލާން މޮޅިވިއިރު، ޗެމްޕިއަންކަން ކަށަވަރުކޮށްގެން ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނުން ވަނީ ބުދަ ދުވަހުގެރޭ 3-1 ގެ ނަތީޖާއަކުން ރޯމާ އަތުން މޮޅުވެފައެވެ. އެއާއެކު އިންޓައަށް ކުޅުނު 36 މެޗުން ވަނީ 88 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތީ ބުދަ ދުވަހުގެރޭ ބެނެވެންޓޯ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި އެޓަލަންޓާއެވެ. އެޓަލަންޓާ އާއި ތިންވަނައިގައި އޮތް މިލާނަށް 36 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާއަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ނަޕޯލީއަށް 36 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ޔުވެންޓަސްއަށް 36 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ.

އިޓާލިއަން ލީގުޔުވެންޓަސްއޭސީ މިލާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު