Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާނާ އަލްބަލް ނެރުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އުނޫޝާއާއި ބާސިތުގެ ފުރަތަމަ ނާނާ އަލްބަލް ނެރެދެއްވައިފި

އަމިއްލަ ރާގުގެ ނާނާގެ 6 ލަވަ ހިމެނޭހެން މި އަލްބަމްގައި ޖުމްލަ ނާނާގެ 8 ލަވަ ހިމެނޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 12 މެއި 2021 | ބުދަ 23:06
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މަރިޔަމް އުނޫޝާއާއި ޢަބްދުލް ބާސިތު ޢަބްދުﷲ ސަޢީދުގެ ފުރަތަމަ ނާނާ އަލްބަލް "އުދުހިލާ" ނެރެދެއްވައިފިއެވެ.

އަލްބަމް ނެރެދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި އަލްބަމްގެ ހުރިހާ ނާނާއެއްވެސް ވަރަށް ހިތްގައިމު ކަމަށެވެ. އަދި މިފަދަ ނާނާތައް ސުކޫލުތަކުގައިވެސް ބޭނުން ކުރެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، މެޑިޓޭޝަންއަށްވެސް މި އަލްބަމްގެ އެންމެ ފަހު ރާގު ކަމުގައިވާ "ދުވަހުގެ ނިމުން" ބޭނުންކުރެވިދާނެ ކަމަށް ދެކިވަޑައިގަންނަވާކަމުގައި އެކަމަނާ ވިދާޅުވިއެވެ. ދިވެހި އުފެއްދުންތަކަށް ހިތްވަރު ދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި އަލްބަލް އުފެއްދުމުގައި މަސައްކަތްކުރައްވާފައިވަނީ ހަމައެކަނި ދިވެހިންކަން ފާހަގަކުރައްވައި އެކަމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީ މި އަލްބަމްގައި ހިމެނޭ އެކަމަނާއަށް އެންމެ މަޤުބޫލުފުޅު ނާނާތައްވެސް ފާހަގަކުރައްވައިފައެވެ.

އަލްބަމް ނެރެދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުހޫރިއްޔާގެ އަނބިކަނބަލުންވަނީ އަލަށް މަންމައަކަށްވާ ފަރާތްތަކަށް ވަރަށް މުހިންމު މެސެޖެއް ދެއްވާފައެވެ. އެގޮތުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށާއި، ގިނައިން ދިޔާއެއްޗެހި ބުއިމަށާއި، ލުއި ކަސްރަތުކުރުމަށާއި، އަދި ވަކިން ޚާއްޞަކޮށް ވީވަރަކުން އަރާމުކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައާއި ބައްޕަ ވީވަރަކުން އެކަކު އަނެކަކަށް އެހީތެރިވެ އެކުގައި މަސައްކަތްކުރުމަށްވެސް ބާރުއަޅުއްވާފައެވެ.

އަދި ހަމަ އެއާއެކު ދަރިން ބަލާ ބޮޑުކުރުމުގައި މައިންބަފައިންގެ ޙިއްޞާ ތާއަބަދު އޮތުމަކީ ދުޅަހެޔޮ އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ހަމަ މި މޭރުމުން އެކަމަނާ ވިދާޅުވީ މައިން ބަފައިންނާއި މާމަ އާއި ކާފަގެ ފަރާތުން ދަރިންނަށް ދެވޭ މެސެޖަކީ އެއް މެސެޖަކަށް ވާންޖެހޭނެކަމަށާއި، އޭރުން ކުދިން އެ ކަމެއް ކުރާލެއް އަވަސްވާނެ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ މިހާރުން ފެށިގެން މުޖުތަމަޢުގައި އޮންނަ ދުވަސްވީ ގޯސް އާދައެއްކަމުގައިވާ ކުދިންގެ ކުލައަށާއި، ބަރުދަނަށާއި، ސިފައަށް ފާޑުކިއުން ހުއްޓާލުމަށް ހުރިހާ އެންމެންގެ ފަރާތުން އެދިވަޑައިގެންފައެވެ.

އަމިއްލަ ރާގުގެ ނާނާގެ 6 ލަވަ ހިމެނޭހެން މި އަލްބަމްގައި ޖުމްލަ ނާނާގެ 8 ލަވަ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު