Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ލިސްޓު

ލިސްޓުގައި ތިބި އެންމެނަކީ ކުށްވެރިން ކަމަކަށް ނުނިންމޭނެ: އައްސަދު

ކޮމިޝަނުން ތައްޔާރުކުރީ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ޖެހޭ ބައެއްގެ ލިސްޓު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 20:09
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަންއިން އެކުލަވާލާފައިވާ ޕާސަން އޮފް އިންޓްރަސްޓްގެ ލިސްޓުގައި ތިބި އެންމެނަކީ ކުށްވެރިން ކަމަށް ނުނިންމޭނެ ކަމަށާއި އެއީ ދާއިމީ ލިސްޓެއް ކަމަށް ވެސް ނުނިންމޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އައްސަދު ވިދާޅުވީ އެ ކޮމިޝަނުން ތައްޔާރުކުރީ ޕާސަން އޮފް އިންޓްރަސްޓް ނުވަތަ ސުވާލުކޮށް ކަންތައްތަކެއް ސާފުކުރަން ޖެހޭ ބައެއްގެ ލިސްޓު ކަމަށެވެ. އަދި އެ ލިސްޓު މަޖިލީހަށް ހިއްސާކުރީ ގާނޫނީ ޒިންމާގެ ދަށުން ކަމަށް ވިދާޅުވިއެވެ. އެކަމަކު އެ ލިސްޓުގައި ތިބި އެންމެނަކީ ކުށްވެރިން ކަމަށް ނިންމުމުގެ އިޚްތިޔާރު ނޯންނާނެ ކަމަށާއި، އެހެން ނުވެސް ނިންމޭނެ ކަމަށެވެ.

Advertisement - newsAdvertisement

އައްސަދު ވިދާޅުވީ ސުވާލުކޮށް ބަޔާންތައް ނަގަމުންދާ ވަރަކަށް ތަހުގީގަށް އެކި މައުލޫމާތުތައް ހާމަވެ ފެންމަތިވާނެ ކަމަށެވެ. އެހެންވީމަ އެ ހެކިތަކުގެ އަލީގައި އެމީހަކަށް ދައުވާކުރެވޭނެ ކަމާއި ނުކުރެވޭނެ ކަން ކަނޑައެޅުމަކީ ތަހުގީގީ އިދާރާތަކުން ނިންމާ ކަމެއްް ކަމަށެވެ. އެހެންވީމާ އެ ލިސްޓުގައި ތިބި އެންމެނަކީ ކުށްވެރިން ކަމުގައި ނުނިންމޭނެ ކަމަށާއި އެ އެންމެނަށް ދައުވާ ނުކުރެވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އައްސަދު ވިދާޅުވީ އެ ކޮމިޝަނުން ލިސްޓު އާންމުނުކުރީ ވެސް އެ ސަބަބަށްޓަކާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުން އެ ލިސްޓު އާންމުކުރުމުން އެ ނިންމުމަށް އިހްތިރާމްކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި މަޖިލީހުގެ ނިންމުން ވެސް ބަލައިގަންނަ ކަމަށާއި، ލިސްޓުގައި ޒިންމާދާރު މަގާމުތަކެއްގައި ތިބި ބޭފުޅުން ވެސް ހިމެނިފައިވާތީ އެއީ ކުށްވެރިން ކަމަށް ތުހުމަތުކުރެވޭ ހާލަތެއްގައި އެކަން އެގޮތަށް ދޫކޮށްލުން އެއީ ރަނގަޅު ގޮތް ނޫންކަން ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު އޭގެ ސަބަބުން ފަހުން ކުށެއް ނެތް ކަން ސާބިތުވާނެ މީހުންނަށް ވެސް ގެއްލުންވާނެ ކަން ފާހަގަކުރެއްވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އިން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ހިއްސާކުރި ލިސްޓު އެ ކޮމިޓީން އާންމުކޮށްފައިވާއިރު އޭގައި ޕާސްން އޮފް އިންޓްރަސްޓުގެ ގޮތުގައި 281 މީހަކު ހިމެނެއެވެ. އޭގެ ތެރެއިން 119 ބޭފުޅުންނަކީ މިދިޔަ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ

އެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ޙުކުމް ކުރުން

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ޙުކުމް ކުރުން

21 ނޮވެމްބަރު 2023
އާރަށު ޚިޔާނާތުގެ ކުށުގެ އަމަލުގެ މުގުލުގައި ވަނީ ކޮރަޕްޝަނުގެ ކެންސަރު: ދައުލަތް

އާރަށު ޚިޔާނާތުގެ ކުށުގެ އަމަލުގެ މުގުލުގައި ވަނީ ކޮރަޕްޝަނުގެ ކެންސަރު: ދައުލަތް

21 ނޮވެމްބަރު 2023
އާރަށު ހިޔާނަތް: ދެފަރާތުން ބަހުސް ކުުރުމަށްފަހު، ކްރެޑިބިލިޓީއާގުޅޭ އައު ހެކި ބަލައިގަތުމަށްވެސް ހުރަހެއް ނެތް

އާރަށު ހިޔާނަތް: ދެފަރާތުން ބަހުސް ކުުރުމަށްފަހު، ކްރެޑިބިލިޓީއާގުޅޭ އައު ހެކި ބަލައިގަތުމަށްވެސް ހުރަހެއް ނެތް

13 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އާދީއްތަ ދުވަހު

ޔާމީންގެ އިސްތިއުނާފް ޝަރީއަތް އާދީއްތަ ދުވަހު

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު