Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުން

ޓެރަރިޒަމަށް ހިތްވަރުދޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

މީޑިއާގެ ވަސީލަތްތަކާއި މުވައްޒަފުން މިފަދަ ކަމެއް ކުރޭތޯ ބަލާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 17:05
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ޓެރަރިޒަމްގެ ކުށްތަކާއި ހައްދު ފަހަނައަޅާ ދިއުމުގެ ކުށްކުށަށް ހިތްވަރުދޭ ސިވިލް ސަރވިސްގެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ސޮއިކުރައްވައި ނެރުއްވާފައިވާ ސަރކިއުލަރއެއްގައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދޭ އަމަލެއް ކޮށްފިނަމަ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެކަމަށެވެ. މި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި އެއްވެސް ސިފައެއްގައި އެފަދަ އަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުންނާ ނުސީދާގޮތުންވިއަސް، ޓެރަރިޒަމްގެ ގާނޫނުން މަނާކުރާކަމަށް ހިތްވަރުދޭ އަމަލެއް ކުރާނަމަ އެމައްސަލައެއް ބެލުން ހިމެނެއެވެ.

Advertisement - newsAdvertisement

މީގެތެރޭގައި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް މުވައްޒަފުން ބޭނުންކުރުމުގައާއި މުޖުތަމައުގައި އުޅޭ އުޅުމުގައިވެސް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ކަންކަން ހިމެނެއެވެ. ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދިނުމުގެ ގޮތުން ބޭނުންކުރާފަދަ ބަސްތައް ބޭނުންކުރުމާއި އެފަދަ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމާއި ޓެރަރިސްޓް ޖަމާތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ އެއްވެސް އަމަލެއް ސިވިލް ސަރވިސް މުވައްޒަފުން ނުހިންގުމަށް ވަނީ އަންގަވާފައެވެ.

ސަރކިއުލަރގައި ހިމެނޭ ކަންކަމަށް ހުރިހާ މުވައްޒަފުންވެސް އަމަލުކުރަމުން ގެންދިއުމާއި، ސަރިކިއުލަރއާ ޚިލާފުވާ ސިވިލް ސަރވިސް މުވައްޒަފުންނާމެދު ސިވިލް ސަރވިސްގެ ގާނޫނާ އެއްގޮތަށް މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް އެކި ޕްލެޓްފޯމްގައި ވާހަކަދައްކާ ފަރާތްތައް ހޯދައި އެފަދަ މީހުންނާމެދު، ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޓެރަރިޒަމަށް ހިތްވަރުދޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައި މިވަނީ، ކުރީގެ ރައީސް އަދި މަޖިލީހުގެ ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މިފަދަ އަމަލުތަކެއް ފެނިފައިވާތީ، އެ މީހުން ހޯދައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަގައި 3 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އިތުރު ބަޔަކުވެސް މިކަން ހިންގުމުގައި އުޅުނުކަމަށް ބެލެވި "ޕަރސަން އޮފް އިންޓްރެސްޓް"ގެ ގޮތުގައި އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ޚިތާބުގައިވެސް ވަނީ މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ސަރުކާރުން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާ ދިން މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެކަމުގައި ވިދާޅުވިއެވެ.

ސިވިލް ސަވިރސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު