Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮތްނޭނގޭ އެއްޗެއް ފެނުން

ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮވެގެން ސިފައިން ހަރަކާތްތެރި ވެއްޖެ

ބަލައި ފާސްކުރިއިރު ނުރައްކާ ޒާތުގެ އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 10 މެއި 2021 | ހޯމަ 19:24
ބިހުރޯޒުކަމަނާ މިސްކިތް ހުންނަ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ބިހުރޯޒުކަމަނާ މިސްކިތް ހުންނަ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

މާލޭގެ ރަށްދެބައިމަގުގައި ހުންނަ ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮވެގެން ސަލާމަތީ ބާރުތަކުން ހޯމަދުވަހުގެ ރޭ ހަރަކާތްތެރި ވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ފުލުހުންނާއި ގުޅިގެން އެތަނަށް ގޮސް އެމްއެންޑީއެފުން ބަލައި ފާސްކޮށްފައި ވާކަމަށެވެ. މިގޮތަށް ބަލައި ފާސްކުރުމުގައި ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ސަރަހައްދުން ގޮވާ ޒާތުގެ އެއްޗެއް ފެނިފައި ނުވި ނަމަވެސް، ސަރަހައްދު ވަނީ ބަންދު ކޮށްފައެވެ. އަދިވެސް ސަލާމަތީ ބާރުތަކުން ގެންދަނީ އެހިސާބުގައި ހަރަކާތްތެރި ވަމުންނެވެ.

ބިހުރޯޒުކަމަނާ މިސްކިތް ހުންނަނީ ރައީސް މުހައްމަދު ނަޝީދު އުޅުއްވާ ގަލޮޅު ކެނެރީގެ ހުންނަ ކޮށީގައެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި އުތީމު ބޮޑު ތަކުރުފާނުގެ ޒިޔާރަތް ހުންނަނީވެސް އެ މިސްކިތުގެ ހަރިންމަ ތެރޭގައެވެ.

ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮވާ އެއްޗެއް އޮތްކަމުގެ ރިޕޯޓު ލިބިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވެފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު މާލެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވަނިކޮށެވެ.

އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު