Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަގްސާ މިސްކިތުގައި ދިން ހަމަލާތައް

މަސްޖިދުލް އަގްސާއަށް ޔަހޫދީން ދިން ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

10 މެއި 2021 | ހޯމަ 18:11

ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މަދުވެގެން 305 މީހުންނަށް އަނިޔާވެފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 10 މެއި 2021 | ހޯމަ 18:11
ޔަހޫދީ ސިފައިން ވަނީ މަސްޖިދުލް އަގްސާއަށް ވަދެ އެތަނުގައި ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދީފައި

ޔަހޫދީ ސިފައިން ވަނީ މަސްޖިދުލް އަގްސާއަށް ވަދެ އެތަނުގައި ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދީފައި

އިސްރާއީލުން އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަށް ހޯމަ ދުވަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގައި ޔަހޫދީ ސިފައިން ވަނީ އަގްސާއަށް ވަދެ އެތަނުގައި ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާދީފައެވެ.

ރަބަރު އުންޑައާއި ކަރުނަގޭހާއި އަތުބޮން ބޭނުންކޮށްގެން ދިން ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މަދުވެގެން 305 މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ހަމަކުރެއެވެ. މީގެތެރެއިން 228 މީހުން މިހާރު ވަނީ ގުދުސްގެ ހޮސްޕިޓަލްތަކަށް ގެންދެވިފައެވެ. އޭގެތެރެއިން ހަތް މީހުންގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.  

މި ހަމަލާތަކަކީ އިސްރާއީލުން ފާހަގަކުރާ ޖެރޫސަލަމް ދުވަހާއި ގުޅިގެން ޔަހޫދީ ވަޒަންވެރިން ކުރިއަށް ގެންދިއުމަށް ރޭވި ޚާއްސަ ހިނގާލުމާ ދިމާކޮށް ދިން ހަމަލާތަކެކެވެ. މި ދުވަސް ފާހަގަ ކުރަނީ، މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ނުހައްގުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތުމަށް އަހަރުފުރޭ ދުވަހުގެ ގޮތުގައެވެ. މިދުވަހުގެ ޚާއްސަ ހިނގާލުމަކީ ގަދަބާރުން ޔަހޫދީން އަތުލައިގެންފައިވާ ބިންތަކުގެ މައްޗަށް އެމީހުން ބޮޑާވާކަން ދެއްކުމުގެ ގޮތުން ކުރިއަށްގެންދާ ހިނގާލުމެކެވެ.

ޔަހޫދީން މި ހިނގާލުން ރޭވީ ޝެއިޚް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގޯތިގެދޮރުން ގަދަބާރުން ނެރެލުމަށް ޔަހޫދީން ކުރާ މަސައްކަތާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ.

މަސްޖިދުލް އަގްސާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާފައެވެ. މި ހަމަލާތަކަކީ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން މަސްޖިދުލް އަގްސާގެ ގޯތި ތެރެއިންނާއި ޝެއިޚްޖައްރާހުން އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފޭބުމަށް މުހުލަތެއް ދިނުމަށްފަހު ހަމާސްއިން ދިން ހަމަލާތަކެކެވެ.

ފަލަސްތީނު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު

18 ނޮވެމްބަރު 2025
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް