Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރާއި ސައުދީގެ ގުޅުން

ރަސްގެފާނުގެ ދައުވަތު ގަބޫލު ކުރައްވައި ގަތަރުގެ އަމީރު ސައުދީއަށް

10 މެއި 2021 | ހޯމަ 18:04

ސައުދީ ސަރުކާރުން ގަތަރުގެ އަމީރަށް ދައުވަތު އެރުވީ އެޕްރީލް މަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 މެއި 2021 | ހޯމަ 18:04
ސައުދީއާއި ގަތަރުގެ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ގައި

ސައުދީއާއި ގަތަރުގެ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ގައި

ސައުދީ ރަސްގެފާނު ސަލްމާނުގެ ދައުވަތު ގަބޫލުފުޅު ކުރައްވައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން އަލް ޘާނީ ސައުދީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ގަތަރުގެ އަމީރަށް ދައުވަތު އަރުވާފައިވަނީ ހުސްވި އެޕްރީލް މަހުގެ 27ވަނަ ދުވަހުއެވެ. ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސައުދީއަށް ވަޑައިގެން، ރަސްގެފާނު ސަލްމާނާ ބައްދަލުކުރައްވައި، ހީނަރުވެފައިވާ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ގަތަރުގެ އަމީރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާ އާއި ގަތަރުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2017 ގައެވެ. ގުޅުން ކަނޑާލީ، އީރާނާއެކު ގަތަރުން ގާތް ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމަކު ގަތަރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެ މައްސަލާގައި ސައުދީ އަރަބިއްޔާ އާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރުން ވެސް ގަތަރާ ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލައި، ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. އެހެންނަމަވެސް މިދިޔަ ޖެނުއަރީ މަހު އެ ގައުމުތަކުން ބުނެފައިވަނީ އަލުން ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ އެމެރިކާގެ އިސްނެގުމުގެ މަތިން ކުރި މަޝްވަރާތަކަށް ފަހުގައެވެ.

މިދިޔަ ޖެނުއަރީ މަހު އޮތް ސަރަހައްދީ ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ގަތަރުގެ އަމީރު އެ ގައުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެ ފަހަރު ރަސްގެފާނާ ބައްދަލުކުރައްވާފައެއް ނުވެއެވެ.

ގަތަރާ ސައުދީގެ ގުޅުން ރަނގަޅުކުރުމުގެ މަޝްވަރާތަކެއް މީގެކުރިން ދޯހާގައި ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ގަލްފު ގައުމުތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމާ ބެހޭ މަޝްވަރާތައްވެސް ހިމެނެއެވެ. ވައިގެ ދަތުރުތަކާއި އެއްގަމު ދަތުުރުތައް އާއްމު ހާލަތަށް ގެނައުމަށް ވެސް މަޝްވަރާ ކޮށްފައިވެއެވެ.

ގަތަރުސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
24 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު

24 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޤަތަރުން ކުރާ މަސައްކަތް ކުރިއަށް ގެންދާނަން: ޤަތަރުގެ އަމީރު
17 ސެޕްޓެމްބަރު 2025

ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި

17 ސެޕްޓެމްބަރު 2025
ޓްރަމްޕްއާ ބައްދަލު ކުރައްވާކަން އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ޤަތަރަށް ފާޑު ކިޔައިފި
15 ސެޕްޓެމްބަރު 2025

ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދޯހާ އަށް ވަޑައިގަންނަވާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ މުހިންމު ވެރިންގެ ތެރޭގައި މުއިއްޒުގެ ނަން ބައިނަލް އަގްވާމީ މީޑިއާގައި ފާހަގަ އެއް ނުކުރޭ
14 ސެޕްޓެމްބަރު 2025

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު

14 ސެޕްޓެމްބަރު 2025
ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ: އެމެރިކާގެ ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް