Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ

ތަހުގީގަށް އެންމެ ބޮޑަށް އެހީވެވޭނީ ކައިރިން ހަމަލާ ފެނުނު މީހުންނަށް - ފުލުހުން

ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި ގއ. ކޮނޑޭއަށް އުފަން 32 އަހަރުގެ ތަހުމީން އަހުމަދް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 މެއި 2021 | ހޮނިހިރު 12:43
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ތަހުގީގަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ އަމާޒުވި ވަގުތު އެ ސަރަހައްދުގައި ތިބި، އަދި މަންޒަރު ގާތުން ފެނުނު މީހުންނަށް ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މަންޒަރު ފެނުނު މީހުންގެ އެހީތެރިކަމާ އެއްބާރުލުމަށް އެދިފައެވެ. އެވަގުތު އެ ސަރަހައްދުން މައްސަލައާ ގުޅޭ އެއްވެސް ކަމެއް ފާހަގަ ވެފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށް އެދިފައިވެއެވެ.

Advertisement - newsAdvertisement

ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް ވެސް ފުލުހުން ވަނީ އާއްމު ކޮށްފައެވެ. މީގެ އިތުރުން ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ މީހެއްގެ ފޮޓޯ ވެސް އާއްމު ކޮށްފައިވާއިރު ފުލުހުން ބުނީ މި މީހާއަކީ ތަހުގީގަށް ބޭނުންވާ ވަރަށް މުހިއްމު މީހެއް ކަމަށާއި އޭނާގެ އެއްވެސް މައުލޫމާތެއް އެއްވެސް ރައްޔިތަކަށް އެނގޭނަމަ ވީހާ ވެސް އަވަހަށް ފުލުހުންނާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މި ހަމަލާއާ ގުޅޭ ވީޑިއޯއާއި ފޮޓޯ އޮންލައިންކޮށް ހިއްސާ ކުރެވޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ މި މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކާއި ހިއްސާކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި ފުލުހުންގެ ހޮޓްލައިން ނަންބަރު 9704000ށް ގުޅައި މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހަމަލާއާ ގުޅިގެން ހޮނިހިރު ދުވަހު ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ދެ މީހުންގެ ވަނަވަރު ވެސް އާއްމު ކޮށްފައެވެ. ފުލުހުން ބުނީ ޢެ ދެމީހުންނަކީ ވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކަމަށެވެ. ދެ މީހުންނަކީ ވެސް އެކިއެކި ކުށުގެ ރިކޯޑުތައް އޮންނަ މީހުން ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މުޖާޒް އަހުމަދު، މއ. ފޭރުގެ، އާއި ގއ. ކޮނޑޭއަށް އުފަން 32 އަހަރުގެ ތަހުމީން އަހުމަދެވެ. ތަހުމީން އަހުމަދަކީ އައިއީޑީ ހަރުކުރެވިފައިވާ ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގަށް ހައްޔަރުކުރި ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި މީހުން ކަމަށް ފުލުހުން ބުނެއެވެ.

ތަހުގީގު ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ މި ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުންގެ ޓީމެއް ހޮނިހިރު ދުވަހުގެ 11:00ގައި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ޓީމާ ގުޅިފައިވާ ކަމަށެވެ. އަދި އިތުރު ޓީމެއް އާދިއްތަ ދުވަހު ގުޅުމަށް ހަމަޖެހިފައިވާ ކަން ވެސް ހާމަ ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

20 މާރިޗު 2017
ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

19 މާރިޗު 2017
އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ

އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ

14 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު