Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްގެފާނުގެ ދަތުރުފުޅު

ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

ހައްޔަރުކުރި ޔަމަނު މީހާއާއި އިތުރު ބަޔަކު ގުޅިގެން ހަމަލާއެއްގެ ރޭވުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 11:09
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ރައީސް އަބްދުﷲ ޔާމީން

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ރައީސް އަބްދުﷲ ޔާމީން

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިވަޑައިގެންނެވުމުން ކަމަށް ބުނެ ބޭރުގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަސްގެފާނު ސަލްމާން ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނިކޮށް، ހުކުރު ދުވަހުގެ މެންދުރު ކުއްލި ގޮތަކަށް ޕްރެސް ކޮންފަރެންސެއް ބާއްވައި ސަރުކާރުން ވަނީ ދަތުރުފުޅު ފަސްކޮށްފައިވާކަން ހާމަކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ކަމަށާއި، ފަހުގެ ތާރީޚެއްގައި ރަސްގެފާނު ވަޑައިގަންނަވާނެ ދުވަހެއް އިއުލާނު ކުރައްވާނެ ކަމަށެވެ.

ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ރޯގާއާ ގުޅިގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ސިއާސަތު ނޫހުން ވަނީ އެ ނޫހަށް ލިބިފައިވާ މައުލޫމާތުތަކާ ހަވާލާދީ އެކަން ދޮގުކޮށްފަ އެވެ. އެ ނޫހުން ބުނީ، ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރަސްގެފާނާއި ވަފުދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެން ކަމަށެވެ.

އެގޮތުން ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދިޔަ ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަން އެ ނޫހުން ފާހަކޮށްފައިވެ އެވެ.

ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ހައްޔަރުކުރި ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ރާއްޖެއެމްވީ އިންނެވެ. ޔާސިރު ހައްޔަރުކުރުމަށް ފަހު އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ބެހެއްޓިއިރު، އޭނާއަކީ އަރަބިއްޔާ ސްކޫލާއި އަހުމަދިއްޔާ ސްކޫލްގައި އަރަބި ކިޔަވައިދޭ ޓީޗަރެކެވެ.

ޔާސިރު ހައްޔަރުކުރި ކޯޓް އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ. އެގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތެއް ހަދައިގެން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އެނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރަސްގެފާނާއި ވަފްދަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ޔާސިރުއާއި އިތުރު ބަޔަކު ވެގެން ރާވާފައިވާ ކަމަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެންނެވެ. ޔާސިރު ސައުދީ އަރަބިއްޔާ އަށް މިހާރު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ނޫހުން ބުނެފައިވާ ގޮތުގައި، ރަސްގެފާނުގެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖެ އައި ސައުދީގެ އޮފިސަރުން ވަނީ ސަލާމަތީ ކަންކަން ރާއްޖެއިން ރާވާފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރާއްޖެއެމްވީ އަށް ވިދާޅުވީ ޔާސިރު ހައްޔަރުކުރުމާ ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބޭރުގެ މީޑިއާއަކުން އެފަދަ ދޮގު ވާހަކަތަކެއް ފަތުރަނީ ރާއްޖޭގެ ހާލަތު ކިލަނބުކުރުމަށް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ފެތުރެމުންދާ ރޯގާއާ ގުޅިގެން ކަމަށާއި، ދަތުރުފުޅު ފަސްކުރެއްވުމުގެ ފަހަތުގައި އެ ނޫން އެހެން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފް އަށް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވެސް ވަނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު