Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ފައިނަލުގައި ޔުނައިޓެޑާއި ވިޔަރެއާލުގެ ކުރިމަތިލުމެއް

6 މެއި 2021 | ބުރާސްފަތި 23:27

އާސެނަލް އަތުން ވިޔަރެއާލް މޮޅުވީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 މެއި 2021 | ބުރާސްފަތި 23:27
ރޯމާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރޯމާ މޮޅުވީ 3-2 ން

ރޯމާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރޯމާ މޮޅުވީ 3-2 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ބައްދަލުކުރަން ޖެހިއްޖެއެވެ.

ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދީ ސެމީ ފައިނަލުގައި ރޯމާ އަތުން 8-5 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. ސެމީގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ރޯމާއިން 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިކުރި ނަމަވެސް، މިދިޔަ ހަފުތާގައި ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު ވަނީ 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު އެޑިން ޒެކޯ އާއި ބްރަޔާން ކްރިސްޓަންޓޭ ވަނީ ދެ ލަނޑު ޖަހައި، ރޯމާ ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ކަވާނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި އަލެކްސް ޓެލޭސް އަތުން ބައިކޮޅަށް ވަން ލަނޑުން ރޯމާއިން ވަނީ އަލުން ލީޑު ނަގާފައެވެ.

މި ނަތީޖާއާއެކު ފައިނަލުގެ ޖާގައެއް ޔުނައިޓެޑުން ހޯދިއިރު، މިއީ 2018 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗުގެ މަގާމާ ހަވާލުވި އޮލެ ގުނަ ސޯލްޝެއާ، އެ ޓީމު ގޮވައިގެން ނުކުންނާނެ ފުރަތަމަ ފައިނަލެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް ވިޔަރެއާލް ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހުއެވެ. މިދިޔަ ހަފުތާގައި ވިޔަރެއާލުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިވިއިރު، ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި ނަތީޖާއާއެކު ފައިނަލުގެ ޖާގައެއް ވިޔަރެއާލުން ހޯދިއިރު، މިއީ ސެވިއްޔާ ގޮވައިގެން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުނާއި އެމެރީ ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންދިޔަ ތަފާތު ތިންވަނަ ޓީމެވެ. އެމެރީ ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި އާސެނަލް ގޮވައިގެން ވާދަކޮށް، ޗެލްސީ އަތުން ބަލިވެފައެވެ. އެއަށްފަހު އެމެރީ އާސެނަލުގެ ކޯޗުގެ މަގާމުން ވަކިކުރީ 2019 ވަނަ އަހަރު ފަހުކޮޅުގައެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ މި މަހު 26 ވަނަ ދުވަހު ޕޮލެންޑުގެ ގަޑާންސްކްގައެވެ. ޔުނައިޓެޑުން ވަނީ 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

އެފްއޭ ކަޕް: ޓީސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ނިއު

03 ޑިސެމްބަރު 2017
އެފްއޭ ކަޕް: ޓީސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ނިއު
16 ނޮވެމްބަރު 2017

ގައުމީ ބާސްކެޓްބޯލް މުބާރާތް: ފައިނަލުގައި ކިންގްސްއާ ދެކޮޅަށް ނުކުންނާނީ ޓީރެކްސް

16 ނޮވެމްބަރު 2017
ގައުމީ ބާސްކެޓްބޯލް މުބާރާތް: ފައިނަލުގައި ކިންގްސްއާ ދެކޮޅަށް ނުކުންނާނީ ޓީރެކްސް
28 ސެޕްޓެމްބަރު 2017

ޔުއެފާ ޗެމްޕިއަންސް ލީގު: ޔުނައިޓެޑާއި ބަސެލްއަށް ވެސް ތަފާތު ބޮޑު މޮޅެއް

28 ސެޕްޓެމްބަރު 2017
ޔުއެފާ ޗެމްޕިއަންސް ލީގު: ޔުނައިޓެޑާއި ބަސެލްއަށް ވެސް ތަފާތު ބޮޑު މޮޅެއް
29 އޯގަސްޓު 2017

ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު: ފައިނަލުގައި ބައްދަލުކުރާނީ ސޮނޭވާ އަދި އަނަންތަރާ

29 އޯގަސްޓު 2017
ރިސޯޓް ވޮލީ ޗެމްޕިއަންސް ލީގު: ފައިނަލުގައި ބައްދަލުކުރާނީ ސޮނޭވާ އަދި އަނަންތަރާ
13 އޯގަސްޓު 2017

ޕްރިމިއާ ލީގު: ޔުނައިޓެޑާއި ޓޮޓެންހަމް މޮޅުވެއްޖެ!

13 އޯގަސްޓު 2017
ޕްރިމިއާ ލީގު: ޔުނައިޓެޑާއި ޓޮޓެންހަމް މޮޅުވެއްޖެ!
31 ޖުލައި 2017

މަޓިޗް، ޔުނައިޓެޑާއި އެކު މެޑިކަލް ފުރިހަމަކޮށްފި

31 ޖުލައި 2017
މަޓިޗް، ޔުނައިޓެޑާއި އެކު މެޑިކަލް ފުރިހަމަކޮށްފި
24 ޖޫން 2017

އެމްއީއެސްސީ ރަމަޟާން ކަޕް 1438 ގެ ފައިނަލުގައި ކަންމަތީ ބުރު އަދި ކްލަބް ރެވެންޖާސް

24 ޖޫން 2017
އެމްއީއެސްސީ ރަމަޟާން ކަޕް 1438 ގެ ފައިނަލުގައި ކަންމަތީ ބުރު އަދި ކްލަބް ރެވެންޖާސް
21 އެޕްރީލު 2017

ސެމީ ފައިނަލްގައި ދެ މެޑްރިޑުގެ ކުރިމަތިލުމެއް

21 އެޕްރީލު 2017
 ސެމީ ފައިނަލްގައި ދެ މެޑްރިޑުގެ ކުރިމަތިލުމެއް
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް