Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެފްއޭ ކަޕް: ޓީސީއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ނިއު

3 ޑިސެމްބަރު 2017 | އާދީއްތަ 21:02

ނިއުއި ން ވަނީ 4-0 އިން ގްރީން ބަލިކޮށް އެފްއޭ ކަޕްގެ ފައިނަލްގެ ޖާގައެއް ހޯދާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ޑިސެމްބަރު 2017 | އާދީއްތަ 21:02
އަލީ ފާސިރް (ސެންޓޭ): އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި

އަލީ ފާސިރް (ސެންޓޭ): އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި

އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ ޓީމަކަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޮވިއްޖެއެވެ.

ނިއުއިން އެފްއޭ ކަޕްގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި 4-0 އިން ކްލަބް ގްރީން ސްޓްރީޓް ބަލިކޮށްގެންނެވެ. މި މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ކެޕްޓަން އަލީ ފާސިރް (ސެންޓޭ) ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ. ކުއާޓާގައި ނިއު ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ސެންޓޭ ކުޅެފައިވާ ނުވާއިރު ގްރީންއާ ދެކޮޅަށް ކުޅުނު ސެމީގައި އަލީ އަޝްފާގް (ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) ނިއުގެ ޓީމުން ފެނިފައެއް ނުވެއެވެ.

މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނިއު އިން ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނިއުއަށް މެޗުގެ ލީޑު ލިބިގެން ދިޔައީ މެޗުގެ ހަތްވަނަ މިނެޓުގައި ސެންޓޭ ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް ނިއުއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު އެ ހަމަލާތަކުގެ ހުރަހަކަށް ވެގެން ގޮސްފައި ވަނީ ގްރީންގެ ގޯލްކީޕަރު އަހުމަދު ފައިރޫޒްއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ފުރަތަމަ ހާފު ނިންމާލި އިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތަކުގެ ތެރެއިން ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން އިރު ނިއު އިން މެޗުގައި ޖެހި ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ސެންޓޭއެވެ. ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ޖެހި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.

ނިއުއާ ދެކޮޅަށް ނުކުންނަ ޓީސީ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ނިއުއަށް އޮތީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުވެފައެވެ. ނިއު ފައިނަލަށް ދިޔުމާ އެކު ޓީސީއަށް ވަނީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުވެފައެވެ. އެއީ ޓީސީ އިން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައިވާތީއެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުން ނިއު ކަޓުވާލީ ޓީސީއެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް