Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

މަޓިޗް، ޔުނައިޓެޑާއި އެކު މެޑިކަލް ފުރިހަމަކޮށްފި

މަޓިޗް ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައި ވަނީ 40 މިލިއަން ޕައުންޑަށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 31 ޖުލައި 2017 | ހޯމަ 13:55
ސާބިއާގެ މިޑްފިލްޑަރު މަޓިޗް

ސާބިއާގެ މިޑްފިލްޑަރު މަޓިޗް

އިންގިރޭސި ޗެމްޕިއަން ޗެލްސީއަށް ކުޅެމުން އައި ސާބިއާގެ މިޑްފިލްޑަރު ނެމަންޔާ މަޓިޗް، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށްޓަކައި، އެ ކުލަބާއި އެކު މެޑިކަލް ފުރިހަމަ ކޮށްފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން މަޓިޗް ޔުނައިޓެޑަށް ބަދަލުވަނީ 40 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެގޮން މިހާރު ދެފަރާތުންވެސް އެއްބަސްވުމަކާއި ގާތަށް އައިސްފައި ވާކަމަށް ރިޕޯޓްތަށް ބުނެއެވެ. ޓްރާންސްފާގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަ ކުރަމުންދާ މަޓިޗް، ހޯމަ ދުވަހުގެ ވަގުތެއްގައި ޔުނައިޓެޑާއި އެކު ކޮންޓްރެކްޓްގައި ސޮއެ ކުރާނެ ކަމަށް ވެސް ރިޕޯޓަތަށް އަންނަނީ ބުނަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފައިވަނީ، މަޓިޗް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ އަކީ ޔުނައިޓެޑަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން އޭނާގެ ބޭނުން ޔުނައިޓެޑަށް ފުރިހަމަގޮތުއި ހިފޭނެ ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

ފާއިތުވި ސީޒަނުގައި ޗެލްސީ އާއިއެކު އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކުރި މަޓިޗް ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 151 މެޗުގައި 7 ގޯލު ކާމިޔާބުކޮށްދީފައެވެ.

ސްލޮވަކް ސުޕަލީގާގެ ކޮސިޗެ އިން ސީނިއާ ކްލަބް ލެވެލް ކެރިއަރު ފެށި މަޓިޗް އެންމެ ފުރަތަމަ ޗެލްސީ އާއި ގުޅިފައި ވަނީ 2009 ވަނަ އަހަރު 1.5 މިލިއަން ޕައުންޑަށެވެ. އެއައް ފަހު 2011 ވަނަ އަހަރު މަޓިޗް ވަނީ 25 މިލިއަން ޔޫރޯއަށް ޕޯޗުގަލްގެ ބެންފީކާއަށް ބަދަލުވެފައެވެ. އެކުލަބާއި އެކު 3 ސީޒަން ހޭދަ ކުރުމަށް ފަހު އޭނާ އެނބުރި ޗެލްސީއަށް ބަދަލުވީ 2014 ވަނަ އަހަރު 21 މިލިއަން ޕައުންޑަށެވެ.

ކުރިއަށްއޮތް ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެވަޓަން އަށް ކުޅެމުން އައި ފޯވާޑް ރޮމޭލޫ ލުކާކޫ އާއި ބެންފީކާއަށް ކުޅެމުން އައި ސްވިޑަންގެ ޑިފެންޑަރު ވިކްޓާ ލިންޑްލޯފް ވެސް ގެނެސްފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު