Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ކޮވިޑުގެ ހިޔަނީގައި ޔޫރޯ ފެށެން ދެންއޮތީ ކުޑަދުވަސްކޮޅެއް!

6 މެއި 2021 | ބުރާސްފަތި 13:19

ޔޫރޯ 2020 ގައި ޖުމްލަ 24 ގައުމެއް ވާދަކުރާނެ

| 6 މެއި 2021 | ބުރާސްފަތި 13:19
މުޅިއެކު ސައުވީސް ގައުމަކުން މި ތަށި ހޯދުމަށް ޖޫން އެގާރައިން ޖުލައި އެގާރަޔަށް ވާދަކުރާނެ

މުޅިއެކު ސައުވީސް ގައުމަކުން މި ތަށި ހޯދުމަށް ޖޫން އެގާރައިން ޖުލައި އެގާރަޔަށް ވާދަކުރާނެ

ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ޔޫރޯ 2020 ކުރިއަށް އޮތް ޖޫން މަހުގެ އެގާރަ ވަނަ ދުވަހު ފަށާނެއެވެ. މުޅިއެކު ސައުވީސް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ދާނީ ޖޫން އެގާރައިން ޖުލައި އެގާރައަށެވެ. ޖުމްލަ އެގާރަ ސިޓީއެއްގައި މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ބާއްވާ މުބާރާތަކަށްވާއިރު ޔޫރޯ 2020 އޭ ކިޔަނީ ކީއްވެހޭ ބަޔަކު ސުވާލު ކުރުން އެކަށީގެންވެއެވެ. ހަގީގަތުގައި މިއީ ހުސްވި ދެހާސްވިހީގައި ބޭއްވުމަށް ހަމަޖެހުނު މުބާރާތެވެ. ކޮވިޑަކާ ޖެހިގެން އެއް އަހަރަށް ފަސް ކުރެވުނީއެވެ. އެގޮތަށް ފަސް ކުރިއަސް މުބާރާތުގެ ނަމަށް އެއްވެސް ބަދަލެއް ނުގެންނަން ޔޫރަޕުގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ނިންމީއެވެ. ކޮވިޑާއި ހެދި ފަސްކުރި މުބާރާތް ހަގީގަތުގައި އެންމެ ފަހުން ބާއްވަން މިޖެހުނީވެސް ކޮވިޑުގެ ބިރުވެރިކަމުގެ ތެރޭގައެވެ. މެޗު ކުޅެން ޖެހެނީ ސަޕޯޓަރުން ނުވައްދައި ފަޅު ސްޓޭޑިއަމްތަކެއްގައެވެ.

މި އަހަރުގެ ޔޫރޯއަކީ އެހެން ހުރިހާ ޔޫރޯއަކާ ތަފާތު މުބާރާތަކަށް ވާނެއެވެ. އޭގެ ސަބަބަކީ މުބާރާތް ބާއްވަނީ އެގާރަ ގައުމެއްގައި ކަމަށް ވުމެވެ. މިގޮތަށް މުބާރާތް ބާއްވަނީ ޔުއޭފާއިން ބުނާ ގޮތުން ޔޫރޯއަށް ފަސްދޮޅަސް އަހަރުވުމުގެ މުނާސަބަތުގައި ވީހާވެސް ގިނަ ގައުމަކަށް ޔޫރޯގެ ކޭކުކޮޅެއް ދިނުމުގެ ބޭނުމުގައެވެ.

ޔޫރޯގެ މެޗުތައް މިފަހަރު ކުޅޭނެ އެގާރަ ސިޓީއަކީ އަޒަބައިޖާނުގެ ބާކޫ، ރަޝިޔާގެ ސެއިންޓް ޕީޓަރސްބާގް، ރުމޭނިޔާގެ ބުކަރެސްޓް، ހަންގޭރީގެ ބުޑަޕެސްޓް، ޖާރމަނީގެ މިއުނިކް، ޑެންމާކުގެ ކޯޕަންހޭގަން، ހޮލެންޑުގެ އެމްސްޓެޑަމް، އިޓަލީގެ ރޯމް، ސްޕޭނުގެ ސެވިއްޔާ، ސްކޮޓްލެންޑްގެ ގްލާސްގޯ އަދި އިންގްލެންޑުގެ ލަންޑަނެވެ.

މިހާ ގިނަ ސިޓީތަކުގައި މުބާރާތް ކުޅުނަސް އެއް ސްޓޭޑިއަމުގައި ވަރަށް ގިނަ މެޗު ކުޅޭނެއެވެ. އެއީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމެވެ. ފައިނަލާއި ސެމީ ފައިނަލްގެ ދެ މެޗުވެސް ހިމެނޭ ގޮތުން ޖުމްލަ 8 މެޗެއް ވެމްބްލީގައި ކުޅޭނެއެވެ. އެހެންވީމާ މުބާރާތް ބާއްވާ ގައުމަކީ އިންގްލެންޑޭ ނުވަތަ މުބާރާތުގެ މައިގަނޑު ސިޓީއަކީ ލަންޑަނޭ ބުނުމަށް ފުރުސަތު އެބައޮތެވެ. 

މުބާރާތް ބެހިގެންވަނީ ހަ ގްރޫޕަކަށެވެ، ކޮންމެ ގްރޫޕެއްގައިވެސް ހިމެނޭނީ ހަތަރު ޓީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ތުރުކީ، އިޓަލީ، ސުވިޒަލެންޑް އަދި ވޭލްސްއެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ބާކޫ އާއި ރޯމްގައެވެ. ގްރޫޕް ބީ ގައި ހިމެނެނީ ބެލްޖިއަމް ރަޝިޔާ، ޑެންމާކް އަދި ފިންލެންޑެވެ. މި ގްރޫޕުގެ މެޗުތައް ކުރިއަށް ދާނީ ކޯޕަންހޭގަނާއި ސެއިންޓް ޕީޓާސްބާގުގައެވެ.

ގްރޫޕް ސީ ގައި ހިމެނެނީ ހޮލެންޑް، ޔުކްރޭން، އޮސްޓްރިއާ އަދި އުތުރު މެސެޑޯނިއާ އެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ އެމްސްޓެޑަމާއި ބުކަރެސްޓްގައެވެ. ގްރޫޕް ޑީ ގައި ހިމެނެނީ އިންގްލެންޑް، ކްރޮއޭޝިއާ، ސްކޮޓްލެންޑް އަދި ޗެކް ރިޕަބްލިކެވެ. މި ގްރޫޕުގެ މެޗުތައް ކުރިއަށްދާނީ ލަންޑަނާއި ގްލާސްގޯގައެވެ.

ގްރޫޕް އީ ގައި ހިމެނެނީ ސްޕޭން، ސުވިޑަން، ޕޮލެންޑް އަދި ސްލޮވާކިއާއެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ސެވިއްޔާ އާއި ސެއިންޓް ޕިޓާސްބާގުގައެވެ. ގްރޫޕް އެފްއަކީ މަރުގެ ގްރޫޕެވެ. ވާދަވެރިކަން އެންމެ ބޮޑުވާނެ ކަމަށް ބެލެވޭ ގްރޫޕެވެ. މި ގްރޫޕްގައި ހިމެނެނީ ޖާރމަނީ، ފްރާންސް، ޕޯޗުގަލް އަދި ހަންގޭރީއެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ ބުޑަޕެސްޓާއި މިއުނިކްގައެވެ.

ޔޫރޯގެ މެޗުތައް ރާއްޖޭގެ ގަޑިޔަށް މިފަހަރު ބަރާބަރަށް ފިޓްވެޔޭ ބުނެވިދާނެއެވެ. އެކަމަކު ނިސްބަތުން ތަންކޮޅެއް އަވަސް މެޗުތައް އެބަހުއްޓެވެ. މިސާލަކަށް ވޭލްސް އާއި ސުވިޒަލެންޑް ޖޫން ބާރަ ވަނަ ދުވަހު ކުޅޭ މެޗު ފަށާނީ މާލޭގަޑިން ހަވީރު ހަޔެއް ޖަހާއިރުއެވެ. ރަޝިޔާ އާއި ފިންލެންޑު ޖޫން ސޯޅަ ވަނަ ދުވަހު ކުޅޭ މެޗުވެސް ފަށާނީ މާލޭގަޑިން ހަވީރު ހަޔެއްގައެވެ. ރަޝިޔާގެ ސެއިންޓް ޕިޓާރސްބާގުގައި ކުޅޭ މެޗުތަކާއި އަޒަބައިޖާނުގެ ބާކޫގައި ކުޅޭ މެޗުތަކުގެ ގަޑި ތަންކޮޅެއް އަވަހީއެވެ.

ދެން ގިނަ މެޗުތައް ހުރީ ރޭގަޑު ނުވަޔަކާއި މެންދަމު ބާރައިގައެވެ. މެންދަމު ބާރައިގައި ފަށާ މެޗުތައް ނިމޭނީ ގާތަގަޑަކަށް މެންދަމުން އަނބުރާ ދޭއްގައެވެ. މިފަހަރުގެ ޔޫރޯ ކުރިއަށްދާއިރު ކޮޕާ އެމެރިކާވެސް އެކުއެކީގައި ކުރިއަށް ދާނެއެވެ. ކޮޕާގެ ބައެއް މެޗުތައް ފަށާ ގަޑިޔަކީ މެންދަމުން އަނބުރާ ދޭކެވެ. އެހެންވީމާ ޔޫރޯގެ ބައެއް މެޗުތައް ނިމޭތަނުން ދެން ކޮޕާގެ މެޗުތައް ފަށަން ޖެހޭ ރޭރޭވެސް އަންނާނެއެވެ.   

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖޫން 2017

ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް

29 ޖޫން 2017
ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް
28 ޖޫން 2017

ޔޫރޯ 21 އަހަރުން ދަށް: ޖަރުމަން އަދި ސްޕެއިން ފައިނަލަށް

28 ޖޫން 2017
ޔޫރޯ 21 އަހަރުން ދަށް: ޖަރުމަން އަދި ސްޕެއިން ފައިނަލަށް
19 ޖޫން 2017

ޓުރާން ހޯދުމަށް އާސެނަލް އިން 30 މިލިއަން ޔޫރޯ ހުށަހަޅަނީ

19 ޖޫން 2017
ޓުރާން ހޯދުމަށް އާސެނަލް އިން 30 މިލިއަން ޔޫރޯ ހުށަހަޅަނީ
13 ޖޫން 2017

ޑަގްލަސް ކޯސްޓާ ހޯދުމަށް ޔުވަންޓަސް އިން 35 މިލިއަން ޔޫރޯ ހަރަދުކުރަންވެސް ތައްޔާރު

13 ޖޫން 2017
ޑަގްލަސް ކޯސްޓާ ހޯދުމަށް ޔުވަންޓަސް އިން 35 މިލިއަން ޔޫރޯ ހަރަދުކުރަންވެސް ތައްޔާރު
08 ޖޫން 2017

ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި

08 ޖޫން 2017
ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް