Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫ ވެކްސިން ކެމްޕެއިން

އީޔޫގެ އާބާދީގެ 25 އިންސައްތަ ވެކްސިން ޖަަހައިފި

6 މެއި 2021 | ބުރާސްފަތި 07:19

އީޔޫގެ ގައުމުތަކަށް 4 ވެކްސިނަކަށް ހުއްދަ ދީފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 މެއި 2021 | ބުރާސްފަތި 07:19
އެސްޓްރަޒެނެކާއާއެކު އިތުރު 3 ވެކްސިނެއް އީޔޫގެ ގައުމުތަކުން ޖަހަމުން ދޭ

އެސްޓްރަޒެނެކާއާއެކު އިތުރު 3 ވެކްސިނެއް އީޔޫގެ ގައުމުތަކުން ޖަހަމުން ދޭ

ޔޫރަޕއަން ޔޫނިއަން (އީޔޫ) އިން ދަނީ އެ އިއްތިހާދުގެ ގައުމުތަކުގެ "ސޭފް ކޮވިޑް-19 ވެކްސިން" ނަމުގައި ކެމްޕެއިނެއް ހިންގަމުންނެވެ. ކާމިޔާބު ކަމާއެކު ހިންގާ މި ކެމްޕެއިންގައި އިޔޫގެ އާބާދީގެ 25 އިންސައްތަ މީހުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ޔޫރަޕްގެ ހުރިހާ ރައްޔިތުންްނަށް ވެކްސިން ދިނުމަށް ފެށި ކެމްޕެއިނާ އެކު ވެކްސިން ލިބުުގެ ކަނބޮޑުވުންތައް ވެސް އެ އިއްތިހާދުން ފާހަގަކޮށްފައިވެއެވެ. ވެކްސިން އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދާ ޔޫރަޕަށް ވެކްސިން ހޯދުމުގެ މަސައްކަތް އެ އިއްތިހާދުން ފެށިއެވެ.

އީޔޫގެ އާބާދީގެ 25 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވުން މިއީ އެ އިއްތިހާދުން ފެށި ވެކްސިނޭޝަން ޕްރޮގްރާމް ފުޅާކުރުމުގެ ނަތީޖާއެވެ. މިއީ އީޔޫ ގައުމުތަކަށް ކޮވިޑް-19ގެ ތިންވަނަ ރާޅެއް އައިސްދާނެ ކަމުގެ ބިރު ހީވުމާ ގުޅިގެން އެ ގައުމްތަކުން އެޅި ފިޔަވަޅެކެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި 90 މިލިއަން ވެކްސިން, އީޔޫގެ ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށް އެސްޓްރަޒެނެކާ އިން ކުރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އަދި ފޯރުކޮށްދީފައިވަނީ އޭގެ 30 އިންސައްތައެވެ.

އީޔޫގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ލަސްކަމެއް ކުރިމަތިވި ނަމަވެސް، އެސްޓްރަޒެނެކާއިން އަންނަނީ އީޔޫގެ ޕްރޮޑަކްޝަން ފެސިލިޓީ ތަކުގައި އުފައްދާ ވެކްސިންގެ ބައެއް، އިނގިރޭސިވިލާތަށް ވެސް ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުގެ ޕްރޮޑަކްޝަން ފެސިލިޓީ ތަކުގައި އުފައްދާ ވެކްސިން އީޔޫގެ ގައުމުތަކަށް ފޯރުކޮށް ނުދޭ ކަމަށްބުނެ އެ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އީޔޫން ވަނީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި މޮޑާނާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނަށް ހުއްދަ ދީފައެވެ. ބުދަ ދުވަހު އީޔޫ އިން މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމާ އެކު އެ އިއްތިހާދުގެ 27 ގައުމަށް ކޮވިޑް-19 ގެ ދެ ވަނަ ވެކްސިނެއް ބޭނުންކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

އެގޮތުން ކޮންޑިޝަނަލް މާކެޓިން އޮތޮރައިޒޭޝަންގެ ދަށުން މޮޑާނާގެ ވެކްސިނަށް އީޔޫ އިން ހުއްދަ ދީފައިވާ އިރު، ދެ ވަނަ ވެކްސިނަކަށް ހުއްދަ ދެވިގެން މި ދިޔައީ ވިލާތުގެ ގިނަ ގައުމުތަކެއްގައި ކޮވިޑް-19 ގެ ކޭސްތައް ބޮޑުތަނުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސެލާ ވޮން ޑަރ ލެޔެން ވަނީ މޮޑާނާގެ ވެކްސިނަށް ހުއްދަ ދެވިގެން ދިއުމާ އެކު އީޔޫގެ ގައުމުތަކަށް ވެކްސިންގެ އިތުރު 160 މިލިއަން ޑޯޒް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ވެކްސިންތައް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ހުއްދަ ދީފައިވަނި ފައިޒަރ، އެސްޓްރަޒެނެކާ، މޮޑާނާ އަދި ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިނަށެވެ. އިތުރު ދެ ވެކްސިނެއްގެ ހުއްދަ ހޯދުމަށް އެ އިއްތިހާދުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އީޔޫ އިން މިހާރު މޮޑާނާގެ ވެކްސިންގެ 80 މިލިއަން ޑޯޒަށް އޯޑަރު ކޮށްފައިވާ އިރު، އިތުރު 80 މިލިއަން ޑޯޒަށް އޯޑަރު ކުރުމުގެ ފުރުސަތު އެ އިއްތިހާދަށް ލިބޭނެއެވެ.

އީޔޫ އިން އެންމެ ފުރަތަމަ ހުއްދަދިން ވެކްސިނަކަށް ފައިޒަރ އަދި ބައޯއެންޓެކް އިން އުފައްދާފައިވާ ވެކްސިންވެފައިވާއިރު، އީޔޫ އިން ވަނީ މި ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމަކަށް ގޮސްފައެވެ. އެގޮތުން މިހާރު ވެސް އެ ވެކްސިންގެ 200 މިލިއަން ޑޯޒް އޯޑަރު ކޮށްފައިވާއިރު، ބާކީ ހުރި 100 މިލިއަން ޑޯޒް ގަތުމާއި ނުގަތުމުގެ ބާރު އީޔޫ އަށް ވަނީ ދީފައެވެ.

އީޔޫގެ ގައުމުތަކަށް މިހާތަނަށް 192.7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައިވެއެވެ. މިއާއެކު 155 މިލިއަން މީހުން މިހާރު ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ޖުލައި 2018

ޗައިނާއިން އެމެރިކާއަށް ފޮނުވާ މުދަލުގެ އިންސައްތަ ޖޫން މަހު ދަށްވެއްޖެ

03 ޖުލައި 2018
ޗައިނާއިން އެމެރިކާއަށް ފޮނުވާ މުދަލުގެ އިންސައްތަ ޖޫން މަހު ދަށްވެއްޖެ
21 ޖޫން 2018

އެމެރިކާއިން އެކްސްޕޯޓްކުރާ މުދަލުން އީޔޫގެ ގައުމުތަކުން ހުކުރު ދުވަހުން ފެށިގެން ޓެރިފެއް ނަގަނީ

21 ޖޫން 2018
އެމެރިކާއިން އެކްސްޕޯޓްކުރާ މުދަލުން އީޔޫގެ ގައުމުތަކުން ހުކުރު ދުވަހުން ފެށިގެން ޓެރިފެއް ނަގަނީ
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
01 ޖެނުއަރީ 2018

ވެނެޒުވޭލާގެ މިނިމަމް ވޭޖް އަށް 40 އިންސައްތައިގެ ކުރިއެރުމެއް ގެންނަނީ

01 ޖެނުއަރީ 2018
ވެނެޒުވޭލާގެ މިނިމަމް ވޭޖް އަށް 40 އިންސައްތައިގެ ކުރިއެރުމެއް ގެންނަނީ
25 އޮކްޓޯބަރު 2017

ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި

25 އޮކްޓޯބަރު 2017
ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި
24 އޮކްޓޯބަރު 2017

އީޔޫގެ މައްސަލަތަކަށް އޮތް ހައްލަކީ ތުރުކީއަށް ފުރިހަމަ މެމްބަރުކަން ދިނުން

24 އޮކްޓޯބަރު 2017
އީޔޫގެ މައްސަލަތަކަށް އޮތް ހައްލަކީ ތުރުކީއަށް ފުރިހަމަ މެމްބަރުކަން ދިނުން
18 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!

18 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް