Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވިޔަފާރީގެ ހަނގުރާމަ

އެމެރިކާއިން އެކްސްޕޯޓްކުރާ މުދަލުން އީޔޫގެ ގައުމުތަކުން ހުކުރު ދުވަހުން ފެށިގެން ޓެރިފެއް ނަގަނީ

ބަދަލުހިފުމަށް ޓެރިފެއް ނަގަނީ މަޖުބޫރުވެގެން: އީޔޫ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2018 | ބުރާސްފަތި 05:35
ސްޓީލް އުފައްދާ ކާރުޚާނާއެއްގައި މީހަކު މަސައްކަތްކުރަނީ. އެމެރިކާއިން އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ އެކަތައާއި އެލުމިނިއަމުން ޓެރިފް ނެގުމަށް

ސްޓީލް އުފައްދާ ކާރުޚާނާއެއްގައި މީހަކު މަސައްކަތްކުރަނީ. އެމެރިކާއިން އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ އެކަތައާއި އެލުމިނިއަމުން ޓެރިފް ނެގުމަށް

އެމެރިކާގެ ކިބައިން ބަދަލުހިފުމަށް އެ ގައުމުން އެކްސްޕޯޓްކުރާ މުދަލުގެ ބާވަތްތަކުން ނަގަން ފަށާ ޓެރިފް ހުކުރު ދުވަހުން ފެށިގެން ނެގުމަށް ނިންމާފައިވާ ކަމަށް ވިލާތުގެ އިއްތިހާދުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މި ފިޔަވަޅު އަޅަން ނިންމީ ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ އެލުމިނިއަމާއި އެކަތައިގެ ބާވަތްތަކުން ޑިއުޓީއެއް ނެންގެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހުގެ ކުރީކޮޅު ނިންމެވުމާއި ގުޅިގެންނެވެ.

ވިލާތުގެ އިއްތިހާދުގެ ޓްރޭޑް ކޮމިޝަނަރ ސެސިލިއާ މެލްމްސްޓްރޯމް ވިދާޅުވީ އެމެރިކާއިން އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރެއިން ބްލޫ ޖިންސާއި، ސައިކަލާއި، އަދި ރަލުގެ ބާވަތަކުންވެސް ޓެރިފް ނެގުމަށް ވިލާތުގެ އިއްތިހާދުން އަމާޒުހިފާފައިވާކަމަށެވެ.

އެކަމަނާ ވިދާޅުވީ އެކަމަކީ އެގޮތަށް ކުރަން ބޭނުންވާ ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް އެކްސްޕޯޓްކުރާ އެކަތައާއި އެލުމިނިއަމުން އެެއްވެސް ހަމައެއް ނެތި އެމެރިކާއިން އަމިއްލަ އަމިއްލައަށް ޓެރިފެއްނަގަން ނިންމުމުން އެ ޖަމާއަތަށް އިތުރުގޮތެއް ނެތުނީކަމަށެވެ.

ކެނެޑާ އާއި މެކްސިކޯ އާއި އެނޫންވެސް އެމެރިކާގެ ގާތް ބައެއް ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ އެކަތައިގެ ބާވަތްތަކުން %25 އަދި އެލުމިނިއަމްގެ ބާވަތްތަކުން %10 ގެ ޓެރިފެއް ނެގުމަށް އެމެރިކާގެ ރައީސް މާޗް މަހު ހުށަހެޅުއްވުމާ އެކު ބްްރަސަލްސްއިން ވަނީ ލިސްޓެއް އެކުލަވާލާފައެވެ.

އެމެރިކަގެ އުފެއްދުންތަކުގެ ތެރެއިން ދެން ޔޫރަޕުން އަމާޒުކުރާނެ އުފެއްދުންތަކުގެ ތެރޭގައި ކްރޭންބެރީސްއާއި،އޮރެންޖް ޖޫހާއި،ޒުވާރިއާއި ޕީނަޓް ބަޓަރ ހިިމެނެއެވެ.

ޔޫރަޕްގެ މި ފިޔަވަޅުތައް އައިސްފައި މިވަނީ އެމެރިކާާއާއި އެގަމުގެ ވިޔަފާރީގެ ބައިވެރިންނާއިމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ ފުޅާވަމުންދާ ދަނޑިވަޅެއްގައެވެ.

އަންގާރަ ދުވަހު ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން އަނެއްކާ ވެސް އިތުރު 200 ބިލިއަން ޑޮލަރުގެ ޓެރިފެއް ތައާރަފްކުރަން ޖެހިދާނެ ކަމަށް އިންޒާރުކުރައްވާފައެވެ.

އެމެރިކާއިން އެކްސްޕޯޓްކުރާ ބާވަތްތަކުން ޓެކްސްތައް ތައާރަފްކުރަން ގައުމުތަކުން ފަށާފައިވަނީ ގައުމީ ސަލާމަތަށް ކަމަށް ވިދާޅުވެ އެހެން ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ އެކަތައާއި ދަގަނޑުގެ ބާވަތްތަކުން ޓެރިފެއް ނަގަން ނިންމާފައިވާކަމަށް ރައީސް ޓްރަމްޕް މާޗް މަހު އިއުލާނުކުރެއްވުމާއިއެކުއެވެ.

ޓްރަމްޕްވަނީ ޗައިނާގެ ސަބަބުން ދުނިޔޭގައި އެލުމިނިއަމްގެ ސަޕްލައި ބޮޑުވެ އެމެރިކާގައި އެކަތަ އާއި އެލުމިނިއަމް އުފައްދާ ފަރާތްތަކަށް ބިރަކަށް ވެފައިވާކަމަށް ވިދާޅުވެފައެވެ.

އެ އިއުލާނާ އެކު ދެކުނު ކޮރެއާ،އާޖެންޓީނާ،އޮސްޓްރޭލިއާ އަދި ބްރެޒިލްއިން ވަނީ ޓެރިފެއް ނެގުމުގެ ބަދަލުގައި އެ ގައުމުތަކުން އެމެރިކާއަށް އެކްސްޕޯޓްކުރާ މިންވަރު ވަކިވަރެއްގައި ހިފެހެއްޓުމަށް އެއްބަސްވެފައެވެ.

ކެނެޑާއިންވަނީ އެމެރިކާގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން އެ ގައުމަށް އެތެރެކުރާ މުދަލުން 16.5 ބިލިއަން ކެނޭޑިއަން ޑޮލަރުގެ ޓެރިފެއް ނަގަންވަނީ ނިންމާފައެވެ.

އަދި މެކްސިކޯއިންވަނީ އެމެރިކާއިން އެ ގައުމަށް އެތެރެކުރާ އެކަތައާއި އޫރުމަހާއި ރަލުގެ ބާވަތްތަކުން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ޓެރިފެއް ނަގާނެކަމަށް އިއުލާނުކޮށްފައެވެ.

މީގެ އިތުރުން އެމެރިކާއިން އަޅަން ފެށި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާ އާއި ނޯވޭފަދަ ގައުމުތަކުން ވަނީ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގައި މައްސަލަ ޖައްސާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

ސިންގަޕޫރުގެ ބްލޮގަރއަކަށް އެމެރިކާއިން ހިމާޔަތްދީފި

25 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު