Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު: ޖަޒުބާތުގައި ނުޖެހުން

މަގޭ ރިޕޯޓު: ވެރިކަމަށް އައުމާއި ބަދަލުކުރުން ޖަޒުބާތުގެ ކޮށިއެރުމަކަށް ވެގެން ނުވާނެ

ރައީސް މައުމޫނު 30 އަހަރުން ގިރިޓީކުރި ވެރިކަން 2008 ގައި ނިމުމަކަށް ގެނެވުނު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 5 މެއި 2021 | ބުދަ 17:05
ޖަޒްބާތުގެ އާރަކުން ބޮވޭ ފެންފޮނދެއްގެ އަސަރުގައި ޖެހި އަލުން މަގުމަތީގައި އޮންނަންޖެހޭ ޕާޓީއެއްގެ ވިސްނުން ކުރިއަށް ނެރޭ ކޮންމެ މީހަކު އަލުން ވިސްނުމަކީ ބުއްދިވެރި ގޮތެއް

ޖަޒްބާތުގެ އާރަކުން ބޮވޭ ފެންފޮނދެއްގެ އަސަރުގައި ޖެހި އަލުން މަގުމަތީގައި އޮންނަންޖެހޭ ޕާޓީއެއްގެ ވިސްނުން ކުރިއަށް ނެރޭ ކޮންމެ މީހަކު އަލުން ވިސްނުމަކީ ބުއްދިވެރި ގޮތެއް

އެމްޑީޕީގެ ވެރިކަން 7 ފެބްރުއަރީ 2012 ގައި ބަދަލުކޮށްފިއެވެ. ކުލަ ފޮޓޯތަކާއި ޓީވީތަކުން ދެއްކި މަންޒަރުން ފެނުނީ ނުކިޔަމަންތެރި ބައެއް ފުލުހުންނާއި ނުކިޔަމަންތެރި ބައެއް ސިފައިންގެ ހަރަކާތްތައް ގާނޫނީ އިމުން ބޭރުގައި އޮތްތަނެވެ.

ރައީސް ނަޝީދު ރައީސް އޮފީހުން ނިކުމެވަޑައިގެން މުލީއާގެއަށް ވަޑައިގަތުމާއެކު އެފެށުނީ އޭރުގެ ނާއިބުރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުގެ އިންތިޒާމުތަކެވެ. ރައީސް ވަހީދު ވެރިކަމުގެ ހުވައި ކުރައްވަން ޖެހޭކަމުގެ އަސްލަކަށް ބެލީ ބަޔަކު މީހުންގެ މުށުތެރޭގައި އުފުލި ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވި ސިޓީއެއްގެ ނަކަލެވެ. އެކުރެއްވި ހުވަޔަކާއެކު ރައީސް ކަމުގެ މަގާމުގައި ވަހީދު 2 އަހަރު ހުންނެވިއެވެ.

ރައީސް މައުމޫނު 30 އަހަރުން ގިރިޓީކުރި ވެރިކަން 2008 ގައި ނިމުމަކަށް ގެނެސް އަނެއް ދިވެހިރާއްޖެއަށް ވިލުނު އަލި މިދެންނެވި ދުވަހު ނިމުމަކަށް އައި ހަނދާން އެމްޑީޕީގެ މެމްބަރުންގެ ސިކުނޑީގައި ބިންވަޅުނެގިފައި ހުންނަންވާނެއެވެ.

ޑިމޮކްރަސީއަކަށް ކުރި ދަތުރުގެ މެދުތެރެއިން ކުރިމަތިވި ކަންކަމުގައި އެމްޑީޕީގެ ވެރިކަން ބަދަލުވެގެން ގޮސް މަގުމަތީގައި އަލުން އަޑުއުފުލުމުގައި 7 އަހަރު ހޭދަކުރަން ޖެހުނެވެ. އެއީ ރައީސް ވަހީދުގެ ވެރިކަމުގެ 2 އަހަރާއި ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރެވެ.

އެ ދުވަސްތަކުގައި އަސޭމިރުސްދުމުން ނެގި ދިލައިން އެމްޑީޕީގެ މެމްބަރުންނަށް ލިބުނު އަނިޔާ މަދެއް ނޫނެވެ. ހުސްއަތާތިބި ޕާޓީގެ އާންމު މެމްބަރުން ކުރިމަތިލާން ޖެހުނު ކަންކަން މަދެއް ނުވާނެއެވެ. އާންމު ރައްޔިތުންގެ ހިތުގައި ޖަހަމުން އައި ވިންދާ އެއްވަރަށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި ގުރުބާންވި މަދު މީޑިއާތަކެއް އޮތް ނަމަވެސް އެކަމުގައި އެންމެ ބޮޑު ގުރުބާނީއެއްވީ މި ސްޓޭޝަނުންނެވެ. އެއީ މި ސްޓޭޝަނުގެ ފަޚުރުވެރި މާޒީން ފެންނަން އޮތް ކަމެކެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ތަނެއް ދޮރެއް ބެލުމެއްނެތި މީހުންނަށް ބަދަލު ދިނުމެއް ނެތި އެއްބަސްވުންތައް އުވާލައި ބިންތައް މީހުންގެ އަތުން އަތުލަމުން ދިޔައެވެ. ޖޫރިމަނާތަކުގެ ބާރުގައި ވިޔަފާރިތައް އިނދަޖައްސާލިއެވެ. ވަޒީފާތަކުން ވަކިކުރި އެތައްބަޔެކެވެ. ގާނޫނަކީ އެ ވެރިކަމުގައި ހިތުހުރި ގޮތަކަށް ބަދަލުކޮށް މާނަ ކުރަމުންދިޔަ އެއްޗެކެވެ.

އެކަންކަން ބަދަލުކުރަންޖެހޭ ކަމާއި ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރަން ވެއްޖެކަން ދިވެހިން ނިންމީ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރެއްވުމަށެވެ. އެއީ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގުޅިފައިވާ ކޯލިޝަނަކުން މަސައްކަތްކޮށްގެން ނޫނީ ނަތީޖާއެއް ލިބެން ނެތް ކަމަށް ހިސާބުތަކުން ފެނުމުންނެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު މިއޮތީ ދެބައިވެފައެވެ. ދައުރުގެ މެދުތެރެއިން ބޭއްވި ކައުންސިލް އިންތިޚާބުގައި މާލޭގެ ގޮނޑިތަކެއް ގެއްލި މާލޭގެ މޭޔަރުގެ މަގާމު އެމްޑީޕީއަށް ގެއްލުމުންނާއި ކުރިން އެމްޑީޕީއަށް ތާއީދު އޮތް ބައެއް ސަރަހައްދުތަކުގެ މެޖޯރިޓީ ގޮނޑި ގެއްލުނުކަން ފެންނަން އެބައޮތެވެ. އެކަން އެގޮތަށް ދިމާވި ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރައްވައި ބަދަލުގެންނަވާނެ ކަމަށް ރައީސް ސާލިހު ވަނީ އިއުލާން ކުރައްވައިފައެވެ.

މިއަދު ސަރުކާރުގެ އޮނިގަނޑަށާއި ބައެއް އިސް މަގާމުތަކަށް ބަދަލު އަންނަ މަންޒަރު ފެންނަން ފަށައިފިއެވެ. މިކަންކަން މިހެން ތަރުތީބުކުރެވިފައިވާ ހަމަތަކުން ހިނގަމުންދާއިރު އަލުން އެމްޑީޕީ ހަމަޔަށް ދެފަޅިކުރުމަށް ޖާގަ ދޭންޖެހޭ ސަބަބެއް ނެތެވެ. ދެފަޅިއަށް ފެޅިގެން ދެފަޅިއަށް މޫނު އަނބުރައިގެން ދެ ލީޑަރުން ދެކޮޅަށް ހިނގުމަކުން ގައުމަކަށް އަދި އެމްޑީޕީއަކަށް ލިބޭނެ ހަމަ އެއްވެސް މޮޅެއް ފެންނާކަށް ނެތެވެ.

ޖަޒްބާތުގެ އާރަކުން ބޮވޭ ފެންފޮނދެއްގެ އަސަރުގައި ޖެހި އަލުން މަގުމަތީގައި އޮންނަންޖެހޭ ޕާޓީއެއްގެ ވިސްނުން ކުރިޔަށް ނެރޭ ކޮންމެ މީހަކު އަލުން ވިސްނުމަކީ ބުއްދިވެރިގޮތެވެ. ކޮންމެ ފަހަރަކު ފެންނަ ހުވަފެނުގެ ތައުބީރަކީ ފަހަރުގައި ތިމާ ބޭނުން ގޮތަށް އޮންނަ އެއްޗަކަށް ނުވެދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމަށް ހައްލެއް ނެތީބާ!؟

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމަށް ހައްލެއް ނެތީބާ!؟

16 ޖޫން 2019
ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

12 ޑިސެމްބަރު 2018
ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

24 ނޮވެމްބަރު 2018
ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

20 ޖުލައި 2018
ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

20 ޖޫން 2018

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު