Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިޕީއެލް 2021

ކޮވިޑް ކޭސްތައް ގިނަވެ، އައިޕީއެލް މެދުކަނޑާލައިފި

ގިނަ ޓީމުތަކުން ވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ފެނިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 4 މެއި 2021 | އަންގާރަ 12:50
މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ތެރެއިން

މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ތެރެއިން

އިންޑިއާގައި ކޮވިޑް-19 ކޭސްތައް ގިނަވެ، މަޝްހޫރު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މެދުކަނޑާލައިފިއެވެ.

އައިޕީއެލް މެދުކަނޑާލަން ނިންމީ އެ ލީގުގެ ގަވާނިން ކައުންސިލާއި ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން އަންގާރަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަށް ފަހުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާއިން ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، ފާއިތުވި 48 ގަޑިއިރު ތެރޭގައި އައިޕީއެލްގައި ވާދަކުރާ ގިނަ ޓީމުތަކުން ވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. މިކަން އައިޕީއެލްގެ ސަމާލުކަމަށް އައީ ކޮވިޑުގެ ކޭސްތަކުގެ ސަބަބުން ރޯޔަލް ބެންގަލޫރު ޗެލެންޖް (އާރްބީސީ) އާއި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) މެޗު ފަސްކުރަން ޖެހުމުގެ ސަބަބުންނެވެ. އެ މެޗު ފަސްކުރަން ޖެހުނީ ކަލްކަތާ ޓީމުގެ ތެރެއިން ކޮވިޑުގެ ކްލަސްޓާއެއް އުފެދުމުންނެވެ. އެގޮތުން އެ ޓީމުގެ ދެ ކުޅުންތެރިންގެ އިތުރުން ކޯޗާއި އޮފިޝަލަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީސީސީއައިއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑުގެ ކޭސްތައް އިންޑިއާގައި އިތުރުވިއިރުވެސް މީގެ ކުރިން އެ މުބާރާތް ކުރިއަށްގެންދިޔައީ ޓީމުތަކުގެ މެދުގައި ކޭސްތަކެއް ނެތުމުން ކަމަށެވެ. އެކަމަކު މި ވަގުތު އެންމެ މުހިންމީ ކުޅުންތެރިންގެ ސިއްހަތު ކަމަށާއި، ކުޅުންތެރިންގެ މެދުގައި ކޭސްތައް އިތުރުވާ ވަގުތެއްގައި މެޗުތައް ކުޅެން ރަނގަޅު ނުވާނެތީ ލީގު މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ އައިޕީއެލް މެދުކަނޑާލިއިރު، މި މުބާރާތުގައި މިހާތަނަށް ވަނީ 29 މެޗު ކުޅެފައެވެ. މި އަހަރުގެ އައިޕީއެލް އިންޑިއާގައި ކުރިއަށްދާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ކުޅެފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2020

އައިޕީއެލް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

16 އެޕްރީލު 2020
އައިޕީއެލް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
15 އެޕްރީލު 2020

ކޮރޯނާވައިރަހާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރަނީ

15 އެޕްރީލު 2020
ކޮރޯނާވައިރަހާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އައިޕީއެލް ފަސްކުރަނީ
14 މާރިޗު 2020

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހަރަކާތްތައް މެދުކަނޑާލައިފި

14 މާރިޗު 2020
ބެޑްމިންޓަން އެސޯސިއޭޝަނުގެ ހަރަކާތްތައް މެދުކަނޑާލައިފި
14 މާރިޗު 2020

ކޮވިޑް-19: ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް

14 މާރިޗު 2020
ކޮވިޑް-19: ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް
23 ފެބުރުއަރީ 2020

ކޮވިޑް 19 ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އިޓާލިއަން ލީގުގެ މެޗުތައް ފަސްކޮށްފި

23 ފެބުރުއަރީ 2020
ކޮވިޑް 19 ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އިޓާލިއަން ލީގުގެ މެޗުތައް ފަސްކޮށްފި
12 މެއި 2019

އައިޕީއެލް: ދެއްލީ ކެޕިޓަލްސް ބަލިކޮށް ޗެންނާއި ސުޕަރ ކިންގްސް ފައިނަލަށް

12 މެއި 2019
އައިޕީއެލް: ދެއްލީ ކެޕިޓަލްސް ބަލިކޮށް ޗެންނާއި ސުޕަރ ކިންގްސް ފައިނަލަށް
13 ޑިސެމްބަރު 2018

ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން އަހަރަކު ދެވޭނީ 300،000 ރުފިޔާ ކަމަށް ކަނޑައަޅައިފި

13 ޑިސެމްބަރު 2018
ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން އަހަރަކު ދެވޭނީ 300،000 ރުފިޔާ ކަމަށް ކަނޑައަޅައިފި
04 ނޮވެމްބަރު 2017

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި

04 ނޮވެމްބަރު 2017
ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި
04 ޖޫން 2017

އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ

04 ޖޫން 2017
އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު