Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ތެރޭގެ މައްސަލަތައް

އިދިކޮޅެއް ބޭނުމެއް ނޫން، ހަލާކުވެގަންނަނީ އަމިއްލައަށް: ނިހާދު

ކަންކަން އިސްލާހު ކުރުމަށް ކެބިނެޓަށް ވެސް ދަނީ ބަދަލުތަކެއް ގެންނަވަމުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 4 މެއި 2021 | އަންގާރަ 07:22
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

ހަލާކުވެ ނިމިގަންނަނީ އަމިއްލައަށް ކަމަށާއި އެކަމަށް އިދިކޮޅެއް ބޭނުން ނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ބެލެވޭ ގޮތުގައި ނިހާދު މިހެން ވިދާޅުވީ ސަރުކާރަށް ނިސަބަތްކޮށެވެ. ކޯލިޝަން ސަރުކާރަކަށް ތިން އަހަރު ފުރެން ގާތް ވެފައިވާއިރު ސަރުކާރު ތެރޭގައި މިހާރު ވެސް އެކި މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގުން ލަސްވެ ކަންކަމުގައި އެދެވޭ ނަތީޖާތައް ނުނެރެވޭ މައްސަލައާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އިދާރާާތަކާއި ދެމެދު ހުރި ޚިޔާލު ތަފާތުވުންތައް ފާހަގަކޮށްލެވެއެވެ. ސަރުކާރު ހިންގުން ލަސްވުމުގައި ދިމާވާ ބައެއް ކަންކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ސްޕީޑުގައި އަޅުވާއިރު، މަޖިލީހުން އަންނަނީ އެކަންކަން ދޮގުކުރަމުންނެވެ. މަންޒަރު ފެންނަނީ ދެ ތަނުގައި ތަފާތު ދެ ސަރުކާރެއް ހިންގާފަދަ އުސޫލަކަށެވެ.

Advertisement - newsAdvertisement

ކޯލިޝަން ސަރުކާރެއްގައި އެއް ޕާޓީ އަނެއް ޕާޓީއާ ޖެހޭ މައްސަލަތަކަށް ވުރެ ބޮޑަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ މައްސަލަތައް މާ ބޮޑު ކަމަށް، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެގޮތުން އެމްޑީޕީ ތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަކި ދެ ފެކްޝަނެއް އޮތް ކަމުގެ ވާހަކަދެކެވޭއިރު، އެ ޕާޓީ ތެރޭގައި ބަރުލަމާނީ ބަހުސް ވެސް ކޮންމެވެސް ވަރަކަށް ހިނގަމުންދެއެވެ. ދާދި ފަހުން ރައީސް ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ކުރެއްވި މެސެޖަކަށް ފަހު އެ މައުޟޫގެ ބަހުސްތައް ވެސް ވަނީ ފެށިފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި، ސަރުކާރު ކޯލިޝަނުގެ އެހެން ޕާޓީތަކަށް އެކަށީގެންވާ ކާމިޔާބީއެއް ލިބިފައި ނުވާތީ އެކަމަށް ރިއާޔަތްކޮށް ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ވެސް ރައީސް ސާލިހު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމުގައި ކޯލިޝަނުގެ ބައިވެރިންނާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު ހޯމަދުވަހުގެ ރޭ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ މަގާމުން ވަކިކުރައްވާފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު