Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަންދު ކޮލެޖުގެ މައްސަލަ

މަންދު މައްސަލަ ދިގު ދަންމައިފިނަމަ ގެއްލުމުގެ ބަދަލު އިތުރުވުމުގެ ފުރުސަތު ބޮޑު: އެޓާރނީ ޖެނެރަލް

ޑިސްޕިއުޓު މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 މެއި 2021 | ހޯމަ 20:27
މަންދު ކޮލެޖުގެ ކޯސްތައް އިއުލާންކުރަނީ

މަންދު ކޮލެޖުގެ ކޯސްތައް އިއުލާންކުރަނީ

ޝަރީއަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަ ކުރަން ޖެހޭނަމަ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު އިތުރުވެގެން ދިއުމުގެ އިހުތިމާލް އޮތުމުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔާންކޮށްފައިވާ އަދަދު ދައުލަތުން ދައްކައި ޚަލާސް ކުރާ ގޮތުގެ މަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުގައި ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައީ ކަމަށެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތުގައި މަންދު ކޮލެޖް ހިންގަމުން އައި މާލެ ހައި ޕްރައިވެޓް ލިމިޓެޑު އަތުން 2015 ވަނަ އަހަރު އެތަން އަތުލީ އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެއެވެ. އެހެންނަމަވެސް ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.

އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މަންދު ކޮލެޖުން އެދެނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އޮތީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އެސެސްމަންޓެއް ހަދައިދިނުމަށް އެދިފައެވެ.

އެސެސްމަންޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނަގައިދެވޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަންދުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެސެސްމަންޓަށް ރިއާޔަތް ކުރުމެއް ނެތި އެއާ ޚިލާފަށް ދައުލަތުން އެއްބަސްވީ ބޮޑު ބަދަލެއް ދިނުމަށެވެ.

އެކަމާ ގުޅިގެން އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް ރައްދުދެމުން އޭޖީ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެސެސްމަންޓް ހެދީ ހައިކޯޓުގެ ހުކުމަށް ފަހު ކަމަށެވެ. އެއީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައެޅުމުން އެ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ކުރިން ގެއްލުމުގެ މިންވަރު އަންދާޒާކޮށް ވަޒަންކުރުމުގެ ބޭނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިގެން ކުރިއަށް ގެންދިޔަ އެސެސްމަންޓެއް ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލަފަޔަކީ ބަންޑާރަނާއިބުގެ އޮފީހުގެ ބަޔާނުގައި ބުނިގޮތުން، "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒު ވާން ޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރަޒުވާ ގޮތަށް ދީފައިވާ ލަފައެކެވެ.

"އޮޑިޓަރ ޖެނެރަލްގެ ލަފަޔަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ހުކުމްތަކުގައި އެކަށައަޅާފައިވާ އުސޫލުތަކާއި އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާން ޖެހޭނެ އެއްޗެއް" ފަދަ ގާނޫނީ މަފްހޫމުތަކާ ތައާރުޒުވާ ގޮތަށް ދީފައިވާ ލަފަޔެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ލިބިފައިވާ ގެއްލުމަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއް ކަމަށާއި އެއްބަސްވުމާ ޚިލާފު ވެފައިވާ ޚިލާފުވުމާ ސީދާ ގުޅުން ހުރި ގެއްލުމެއް ކަމަށެވެ. ލިބުނު ގެއްލުމާ ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު އެކަން ކުރެވެން ނެތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު