Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަންދު ކޮލެޖުގެ ކޯސްތައް

މަންދު ކޮލެޖުގެ ނޮވެމްބަރ/ޑިސެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

28 އޮކްޓޯބަރު 2023 | ހޮނިހިރު 12:31

މި އިންޓޭކްގައި ޖުމްލަ 43 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވޭ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 28 އޮކްޓޯބަރު 2023 | ހޮނިހިރު 12:31
މަންދު ކޮލެޖް

މަންދު ކޮލެޖް

މަންދު ކޮލެޖުގެ ނޮވެމްބަރ/ޑިސެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބެގެން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތުތަކާއެކު، މަންދު ކޮލެޖުގެ ނޮވެމްބަރ/ޑިސެމްބަރ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

މި އިންޓޭކްގައި ޖުމްލަ 43 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މަންދު ކޮލެޖުން ވަނީ ބުނެފައެވެ.

މަންދު ކޮލެޖަކީ ވާޗުއަލްކޮށް ހުރިހާ ކޯސްތަކެއް ކުރިއަށްގެންދާ ކޮލެޖެއްކަން ފާހަގަކޮށް، އެ ކޮލެޖުން ބުނީ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުން މާލެ އަށް ދިރިއުޅުން ބަދަލުކޮށް، ކްލާސްތަކަށް ހާޒިރުވާން ނުޖެހެނޭކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވެ، މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މަންދު ކޮލެޖުން ވަނީ ބުނެފައެވެ.

މަންދު ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުގައި ކުރިއަށްގެންދާ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އެތޯރިޓީ (އެމްކިޔުއޭ) އިން އެޕްރޫވް ކޮށްފައިވާ ކޯސްތަކެއްކަމަށެވެ.

އެ ކޮލެޖުން މި އިންޓޭކްގައި ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި ޓީޗިންގގެ ގިނަ ކޯސްތަކަކާއި، ބިޒްނަސް އަދި އެކައުންޓިންގ ދާއިރާގެ ކޯސްތަކުގެ އިތުރުން، އިންފޮމޭޝަން ޓެކްނޮލަޖީގެ ކޯސްތަކާއި، ޤާނޫނީ ދާއިރާގެ ކޯސްތައް ހިމެނެއެވެ. އެގޮތުން ސެޓްފިކެޓް ލެވަލްގެ ޓީޗިންގ ކޯސްތަކުން ފެށިގެން، ޑިޕްލޮމަރ އިން ޓީޗިންގ، އެސޯސިއޭޓް ޑްގްރީ އިން ޓީޗިންގ އަދި ބެޗެލަރސް އިން ޓީޗިންގގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އެސޯސިއޭޓް ޑްގްރީ އިން ސްޕެޝަލް ނީޑްސް އެޑިއުކޭޝަން، މާސްޓަރސް އިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސް، ބެޗެލަރސް އޮފް ސެކެންޑަރީ އެޑިއުކޭޝަންގެ ކޯސްތައް ހިމެނެއެވެ.

އޭގެއިތުރުން މަންދު ކޮލެޖުން މި އިންޓޭކުގައި ކުރިއަށްގެންދާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ކޯސްތަކުން ފެށިގެން މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ކޯސްތަކާއި، ބެޗެލަރސް އިން ބިޒްނަސް އެކައުންޓިންގ، ބެޗެލަރސް އިން ބިޒްނަސް ހިއުމަން ރިސޯސް މެނޭޖްމެންޓް، ބެޗެލަރސް އިން ބިޒްނަސް މާކެޓިންގ، ބެޗެލަރސް އިން ބިޒްނަސް މެނޭޖްމެންޓްގެ ކޯސްތަކަށްވެސް ހިމެނެއެވެ.

މަންދު ކޮލެޖުން ބުނިގޮތުގައި ނޮވެމްބަރ/ޑިސެމްބަރ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް، ކޯހަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެއެވެ. އޭގެއިތުރުން، މަންދު ކޮލެޖްގެ ނަމްބަރ 9750055 އަށް ވައިބަރ މެދުވެރިކޮށްވެސް ހުށަހެޅޭނެކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

މަންދު ކޮލެޖް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2023

އޮންލައިންކޮށް ޓީޗިން ކޯސް ކުރިއަށްގެންދެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް: ސުޕްރީމް ކޯޓު

29 ނޮވެމްބަރު 2023
އޮންލައިންކޮށް ޓީޗިން ކޯސް ކުރިއަށްގެންދެވޭ ގޮތަށް ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް: ސުޕްރީމް ކޯޓު
20 އޮކްޓޯބަރު 2018

މަންދު ކޮލެޖްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތު 50 ކެމްޕަހެއްގައި އެއްފަހަރާ ކޭކު ފަޅައިފި

20 އޮކްޓޯބަރު 2018
މަންދު ކޮލެޖްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތު 50 ކެމްޕަހެއްގައި އެއްފަހަރާ ކޭކު ފަޅައިފި
06 ސެޕްޓެމްބަރު 2018

މަންދު ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

06 ސެޕްޓެމްބަރު 2018
މަންދު ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖުލައި 2018

ޤައުމީ މަންހަޖަށް އަހުލުވެރިކުރުވުމުގެ ސެމިނަރއެއް މަންދުކޮލެޖުން ބާއްވަނީ

19 ޖުލައި 2018
ޤައުމީ މަންހަޖަށް އަހުލުވެރިކުރުވުމުގެ ސެމިނަރއެއް މަންދުކޮލެޖުން ބާއްވަނީ
28 ޖޫން 2018

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި

28 ޖޫން 2018
ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި
14 ޖޫން 2018

އައިޔޫއެމްއިން ޖޫން ސެމިސްޓާރގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި

14 ޖޫން 2018
އައިޔޫއެމްއިން ޖޫން ސެމިސްޓާރގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި
18 ޑިސެމްބަރު 2017

ވިލާ ކޮލެޖުން ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

18 ޑިސެމްބަރު 2017
ވިލާ ކޮލެޖުން ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
27 ނޮވެމްބަރު 2017

"ސިޓިޒެން، ނޮޓް ޕޮލިޓީޝަން" ސައިރިކްސް ކޮލެޖުގެ އަންނަ އަހަރުގެ ސްލޯގަން

27 ނޮވެމްބަރު 2017
"ސިޓިޒެން، ނޮޓް ޕޮލިޓީޝަން" ސައިރިކްސް ކޮލެޖުގެ އަންނަ އަހަރުގެ ސްލޯގަން
21 ނޮވެމްބަރު 2017

އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

21 ނޮވެމްބަރު 2017
އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ
07 ސެޕްޓެމްބަރު 2017

ގައުމީ ޔުނިވަރސިޓީން އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

07 ސެޕްޓެމްބަރު 2017
ގައުމީ ޔުނިވަރސިޓީން އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް