Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ"އެވަރ ގިވެން" އާގުބޯޓުގެ މައްސަލަ

ފަޅުވެރިންގެ ކުށެއް ނެތަސް އަހަރުތަކަކަށް މިސްރުގައި ހައްޔަރުވެފައި ތިބެން ޖެހިދާނެ

އަދަދު މާބޮޑު ކަމަށް ބޯޓުގެ ވެރިފަރާތުން ދަނީ ބުނަމުން

| 3 މެއި 2021 | ހޯމަ 18:13
"އެވަރ ގިވެން" އާގުބޯޓުގެ އިންޑިޔާ ފަޅުވެރިން: ބޯޓާއެކު ގިނަ ފަޅުވެރިން ވަނީ މިސްރުގައި ހައްޔަރުވެފައި

"އެވަރ ގިވެން" އާގުބޯޓުގެ އިންޑިޔާ ފަޅުވެރިން: ބޯޓާއެކު ގިނަ ފަޅުވެރިން ވަނީ މިސްރުގައި ހައްޔަރުވެފައި

މިސްރުގެ ސުއޭޒް ކެނަލުގައި ތާށިވި ޖަޕާނުގެ އާގުބޯޓު "އެވަރ ގިވެން" މިހާރު ފުންކުރެވިފައިވިޔަސް އޭގައި ތިބި ފަޅުވެރިން މިސްރުގައި އަހަރުތަކަކަށް ހައްޔަރުވެފައި ތިބެންޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

މިކަމުގެ ބިރު އުފެދުނީ ބޯޓު ފުންކުރުމާއި ބޯޓު ތާށިވުމުގެ ސަބަބުން ކެނަލް ބަންދުވެ މިސްރަށް ލިބުނު ގެއްލުންތަކާމެދު ބޯޓުގެ ވެރިފަރާތް ކަމުގައިވާ ޖަޕާނުގެ ކުންފުންޏާއި ސުއޭޒް ކެނަލް އޮތޯރިޓީއަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ. ކެނަލް އޮތޯރިޓީން އެދިފައިވަނީ 1000 މިލިޔަން ޑޮލަރުގެ ބަދަލެކެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީއީ ވިދާޅުވެފައިވަނީ ބޯޓުގެ ވެރިފަރާތް ކަމުގައިވާ ޖަޕާނުގެ ށޮއެއި ކިސެން ކައިޝާ ކުންފުނިން މިސްރަށް ބަދަލުނުދޭހާ ދުވަހަކު ފަޅުވެރިންނާއެކު ބޯޓުވެސް އޮންނަން ޖެހޭނީ މިސްރުގައި ކަމަށެވެ.

އާގުބޯޓުގެ އިންޝުއަރެންސް ކުންފުނިން ބުނެފައިވަނީ މިސްރުން އެދިފައިވާ ބަދަލަކީ އެކަށީގެންވާ ވަރަށް ވުރެ މާބޮޑު ބަދަލެއް ކަމަށާއި މިސްރުން އެވަރުގެ އަދަދެއް ހޯދުމަށް އެދެނީ ކޮންކަހަލަ ހިސާބުތަކެއް ޖަހައިގެންކަން ސާފު ނޫންކަމުގައެވެ. ބޯޓުގެ ވެރިފަރާތުން އެވަރުގެ އަދަދެއް ދޭން އެއްބަސް ނުވިޔަސް ފަޅުވެރިން ރަހީނުކޮށްގެން ބޭތިއްބުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ފަޅުވެރިންގެ ނިސްބަތްވަނީ އިންޑިޔާއަށެވެ. މިމައްސަލައިގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް މިސްރަށް ފާޑުކިޔުން އިތުރުވުމުން ސުއޭޒް ކެނަލް އޮތޯރިތީން އެންމެ ފަހުން ބުނެފައިވަނީ ބޯޓުގެ ކެޕްޓަނަށް ނުފޭބޭނެ ކަމަށާއި ކޮންމެ ވަގުތެއްގައިވެސް ބޯޓު އޮޕަރޭޓް ކުރެވޭ ވަރަށް ފަޅުވެރިން ބައިތިއްބާފައި ބާކީ ތިބި ބަޔަކަށް އެމީހުން ދާން ބޭނުންވާ ގައުމަކަށް ދެވިދާނެ ކަމުގައެވެ.

މީގެ ހަތަރު އަހަރު ކުރިން އެމްވީ އަމާނޭ ކިޔުނު އާގު ބޯޓަކަށްވެސް ހަމަ މިމައްސަލަ މިސްރުގައި ކުރިމަތިވެގެން އެބޯޓުގެ ކެޕްޓަން ސީރިޔާގެ މުހައްމަދު އައިޝާ އަށް އެކަނިމާއެކަނި އެތައް އަހަރެއް ވަންދެން ބޯޓުގައި ހައްޔަރުވެފައި ހުންނަން ޖެހުނެވެ. އޭނާ ސަލާމަތްވެގެން އެނބުރި ގައުމަށް ދެވުނީ ހުސްވި އެޕްރީލް މަހުގެ ތެރޭގައެވެ.

އެވަރ ގިވެން އާގުބޯޓުގެ މައްސަލަ ނުނިމި ދިގުލައިގެން ދާން މެދުވެރިވާ އެއް ސަބަބަކީ ބޯޓުގެ ވެރިފަރާތާއި ބޯޓު ޗާޓަރު ކުރި ޓައިވާނުގެ ކުންފުންޏަށް ވެސް އެއްބަސްވުމަކަށް ނާދެވުމެވެ. އަދި ބޯޓު ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏާއި ބޯޓުގެ ކަންކަން ބަލަހައްޓާ ކުންފުނި ތަފާތުވުމާއެކު އެމީހުންގެ މެދުގައިވެސް ޚިލާފުތަކެއް އެބަހުއްޓެވެ.

ގާތްގަޑަކަށް 18 ހާސް ކޮންޓޭނަރުގެ މުދަލާއެކު ދަތުރު ކުރަމުންދަނިކޮށް ސުއޭޒް ކެނަލްގައި ބޯޓު ތަށިވީއިރު އޭގައި ސައްބީސް ފަޅުވެރިން ތިއްބެވެ. އޭގެ ތެރެއިން ތިން މީހެއްގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި ގުޅިގެން ޚާއްސަ ހުއްދައެއްގެ ދަށުން މިސްރުން ވަނީ އެ ތިން މީހުން އެނބުރި އިންޑިޔާއަށް ދިޔުމުގެ ހުއްދަ ދީފައެވެ. ބޯޓު ތަށިވެފައި އޮތީ ހަ ދުވަހުއެވެ. ބޯޓު ފުންކޮށްގެން ގެންގޮސް މިހާރު އޮތީ ކެނަލްގެ ތަންކޮޅެއް ފުޅާ ހިސާބެއްގައި ބަނަދަރުކޮށްފައެވެ.   

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2018

ފުލުހުން މެރިކަން ސާބިތުވެ މިސްރުގައި ތިން މީހަކަށް މަރުގެ ހުކުމް

15 އޮކްޓޯބަރު 2018
ފުލުހުން މެރިކަން ސާބިތުވެ މިސްރުގައި ތިން މީހަކަށް މަރުގެ ހުކުމް
28 ޖުލައި 2018

75 މުޒާހިރީން ނަށް މިސްރުގައި މަރުގެ ހުކުމް އިއްވައިފި

28 ޖުލައި 2018
75 މުޒާހިރީން ނަށް މިސްރުގައި މަރުގެ ހުކުމް އިއްވައިފި
28 ފެބުރުއަރީ 2018

މިސްރުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 15 މަރު

28 ފެބުރުއަރީ 2018
މިސްރުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 15 މަރު
06 ޑިސެމްބަރު 2017

އަހަރުތަކަކަށް ފަހު އދގެ އިސް އޮފިޝަލަކު އުތުރު ކޮރެއާއަށް

06 ޑިސެމްބަރު 2017
އަހަރުތަކަކަށް ފަހު އދގެ އިސް އޮފިޝަލަކު އުތުރު ކޮރެއާއަށް
20 އޮކްޓޯބަރު 2017

ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި

20 އޮކްޓޯބަރު 2017
ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު