Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ހާލަތު ގޯސް، ހޯމަ ދުވަހު 585 މީހުން ކޮވިޑަށް ޕޮޒިޓިވް، އެކްޓިވް ކޭހުގެ އަދަދު 6000ން މައްޗަށް

އެކްޓިވް ކޭހުގެ ގޮތުގައި 6033 ކޭހެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 މެއި 2021 | ހޯމަ 17:52
ކޮވިޑް އަށް ޓެސްޓު ކުރުމަށް މާލެއިން ސާމްޕަލް ނަގަނީ

ކޮވިޑް އަށް ޓެސްޓު ކުރުމަށް މާލެއިން ސާމްޕަލް ނަގަނީ

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރު ފާއިތުވި 24 ގަޑިއިރު 585 މީހަކު އެބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން 397 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 160 މީހުން އަތޮޅުތަކުން ވަނީ ޕޮޒިޓިވްވެފައެވެ. 11 މީހަކު ވަނީ ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހަދަމުންދާ ރިސޯޓްތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 6033 ކޭހެއް އަންނަނީ ރިޕޯޓްކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 31،330 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 25،214 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. 74 މީހަކު ވަނީ މިހާތަނަށް އައިއިރު މިބަލީގައި ނިޔާވެފައެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް 300ން މަތީގައި ގުނަމުން އަންނަ އިރު ފާއިތުވި ހަފުތާގައި 4 ފަހަރެއްގެ މަތިން 400ށް ވުރެ ގިނައިން ވަނީ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު މެއި މަހުގެ 1 ވަނަ ދުވަހު 402 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މެއި މަހުގެ 2 ވަނަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް 500ން މަތިން ކޭސްތައް ރިޕޯޓްކޮށްފައެވެ. އެއީ 508 މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު މިހާރު އަންނަނީ ލުއިދީފައިވާ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގައި ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި އެއް ހަފުތާގެ މުއްދަތަކަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެކުރިން މާލެ ސަރަހައްދުގައި އެކަނި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް މިފަހަކުން އަތޮޅުތެރޭގައިވެސް ކޮވިޑްގެ ހާލަތު ވަނީ ގޯސްވެފައެވެ. އެގޮތުން މިހާރު އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ދެހާހާއި ކައިރިކުރާއިރު މޮނިޓަރިންގ ގައި އޮތް ރަށްތަކުގެ އަދަދު ވިއްސަށްވުރެ ވަނީ މަތިވެފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު