Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޟީ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް 2021: ބޭނުމާއި ތާރީޚު

މިއަދުގެ ޝިއާރަކީ "މުޖުތަމައުގެ ލާބަޔަށްޓަކައި މައުލޫމާތު" ލިބިގަތުން

ރާއްޖެ އެމްވީ | 3 މެއި 2021 | ހޯމަ 13:01
ރާއްޖެޓީވީގެ ސްޓޫޑިއޯ ތެރެއިން: ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް އޮތުން ލާޒިމުވާ ސަބަބު ރާއްޖެޓީވީގެ ތާރީޚުންވެސް ވަނީ ފެނިފައި

ރާއްޖެޓީވީގެ ސްޓޫޑިއޯ ތެރެއިން: ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް އޮތުން ލާޒިމުވާ ސަބަބު ރާއްޖެޓީވީގެ ތާރީޚުންވެސް ވަނީ ފެނިފައި

ކޮންމެ އަހަރަކުވެސް ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަސް މެއި މަހުގެ ތިން ވަނަ ދުވަހު އަންނަނީ ފާހަގަ ކުރަމުންނެވެ. ދުވަހުގެ ބޭނުމަކީ ތެދު ހަގީގަތް ހާމަކުރުމާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ކުރިމަތިލާ އުދަގޫތައް މީސްތަކުންގެ ސަމާލުކަމަށް ގެނައުމެވެ.

ތެދު ހަގީގަތް ހާމަކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންވީމާ ނޫސްވެރިންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތަކާއި މިނިވަންކަމެއް އޮންނާން ޖެހެއެވެ. އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ދުނިޔޭގެ ގަރާރުގައި މި މިނިވަންކަން ދީފައި އޮވެއެވެ. އަދި ޑިމޮކްރަސީ ގާއިމުވެފައިވާ ގައުމުތަކުގެ ގާނޫނުއަސާސީގެ އެކި މާއްދާތަކުގައި ވެސް މި މިނިވަންކަން ކަށަވަރު ކޮށްދީފައިވެއެވެ.

ވަކި ދުވަހެއް ހަމަޖައްސައި އެ ދުވަސް ނުސްވެރިންނަށް ޚާއްސަކުރީ ކާކުހެއްޔެވެ؟ އެއީ ކޮން ބައެއްގެ އިސްނެގުމެއް ހެއްޔެވެ؟

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތިން ވަނަ ދުވަސް ކަމަށް ކަނޑައެޅީ އދ ގެ އާއްމު މަޖިލީހުންނެވެ. އޭގެ ފަހުން 1993 ވަނަ އަހަރުން ފެށިގެން މެއި ތިނެއްގައި މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

މެއި މަހުގެ ތިން ވަނަ ދުވަސް މިކަމަށް ޚާއްސަ ކުރެވުނީ ޔުނެސްކޯގެ ސައްބީސް ވަނަ އާއްމު ބައްދަލުވުމުގެ ގަރާރުގައި އެ ދުވަސް ފާހަގަ ކުރުމަށް ގޮވައިލުމުންނެވެ. މެއި ތިން ވަނަ ދުވަސް އިޚުތިޔާރު ކުރެވުނީ އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިޔާގެ ވިންޑްހޫކުގައި އެފްރިކާގެ ނޫސްވެރިން އެއްތަންވެ އެފްރިކާގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ތާރީޚީ ސެމިނާރ ނިންމައިލީ މެއި މަހެއްގެ ތިން ވަނަ ދުވަހު ކަމަށް ވުމުންނެވެ.

ދުވަހުގެ ބޭނުން ވަރަށް ބޮޑެވެ. ނޫސްވެރިންނާއި ނޫސްވެރިކަމާއި ނޫސް އިދާރާތަކަށް ކޮންމެ ދުވަހަކު ކުރިމަތިވާ ނުރައްކާތައް ގިނަ ގުނައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި ކޮންމެވެސް ނުފޫޒެއްގެ ދަށުގައި ބޭއްވުމަށް ކުރެވޭ މަސައްކަތްތައް ގިނަ ގުނައެވެ.

މި ދުވަސް ފާހަގަ ކުރަނީ އެބާވަތުގެ ވާހަކަ ދައްކައި މީހުން ހޭލުންތެރި ކުރުވުމަށެވެ. ހަމައެޔާއެކު ނޫސްވެރިކަމުގައި އުޅެނިކޮށް އެކި ކަހަލަ ނުރައްކާތައް މެދުވެރިވެ ދުނިޔެ ދޫކޮށްފައިވާ ނޫސްވެރިންނާއި އަނިޔާ ލިބުނު ނޫސްވެރިންގެ މަތިން ހަނދާންކޮށް ހިތްވަރު ލިބިގަތުމަކީ ވެސް ދުވަހުގެ އެއް ބޭނުމެވެ.

ކުރިންވެސް ބަޔާން ކުރެވުނު ފަދައިން 1993 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. އެކަމަކު ކޮންމެ އަހަރަކުވެސް ތަފާތު ވަކި ޝިއާރެއް ނުވަތަ ޝިއާރުތަކެއްގެ ދަށުންނެވެ. ކުރިއަށް މިދާ 2021 ވަނަ އަހަރުގެ މިދުވަހުގެ ޝިއާރަކީ "މުޖުތަމައުގެ ލާބަޔަށްޓަކައި މައުލޫމާތު" މިއެވެ.

މި ޝިއާރުގެ އިތުރުންވެސް މައިގަޑު ތިން މައުޟޫއަކަށް އަމާޒު ކުރަން ޔުނެސްކޯއިން ވަނީ ނިންމައިފައެވެ. އެތަނުން އެއް މައުޟޫއަކީ މީޑިއާ އޮގަނައިޒޭޝަންތަކުގެ އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ. އިންޓަރނެޓުގެ ޚިދުމަތްދޭ ކުންފުނިތަކުން އަމަލުކުރާގޮތް ސާފުވާނޭ ނިޒާމެއް ގާއިމުކުރުމަކީ ވެސް މައުޟޫއެކެވެ. އަދި މީޑިއާ އިނަފޮމޭޝަން ލިޓެރަސީ ފުޅާކޮށް މީސްތަކުން އަހުލުވެެރި ކުރުމަކީ ވެސް ޚާއްސަ މައުޟޫއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު