Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅުތެރޭގެ ކޮވިޑް ކޭސްތައް

ކޮވިޑް ކޭސްތައް އަތޮޅުތެރޭގައި ދެހާހާ ގާތްކުރަނީ

3 މެއި 2021 | ހޯމަ 10:33

25 ރަށެއް ވަނީ މޮނިޓަރިންގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 މެއި 2021 | ހޯމަ 10:33
މާފުށި - އަތޮޅުތެރެއިން އެންމެ ގިނަ ކޭސް މިހާތަނަށް ފެނިފައިވަނީ މާފުށިން

މާފުށި - އަތޮޅުތެރެއިން އެންމެ ގިނަ ކޭސް މިހާތަނަށް ފެނިފައިވަނީ މާފުށިން

ކޮވިޑް-19ގެ ހާލަތު ގޯސްވެ އަތޮޅުތެރޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ދެހާހާ ގާތްކޮށްފިއެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އަތޮޅުތެރޭގައި ބަލި ޖެހިފައިވާ 1902 މީހަކު އެބަތިއްބެވެ. މުޅި ރާއްޖެއިން ބަލި ޖެހިގެން ރެކޯޑު ކުރާ އަދަދު 300 އިން މަތީގައި އޮންނަތާ، ހަފުތާއެއް ވަނީ ވެފައެވެ.

Advertisement - newsAdvertisement

މިހާރު އަދަދުތައް 500އަށްވުރެ މައްޗަށް މިވަނީ އަރާފައެވެ. އާދީއްތަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 276 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އާދީއްތަ ދުވަހު ޕޮޒިޓިވި މީހުންގެ ތެރެއިން 185 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 12 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް 32 މީހަކު ޕޮޒިޓިވްވިއެވެ.

މިއާއެކު ޕޮޒިޓިވްވީ މީހުންނާއެކު އަތޮޅުތެރޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1،902 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ، 1،342 ދިވެހިންނާއި 560 ބިދޭސީންނެވެ. އެންމެ ގިނައިން ބަލި މީހުން ތިބީ ޅ. ނައިފަރާއި ކ. މާފުށި އަދި އއ. މަތިވެރީގައެވެ. މާފުށީގައި ބަލި ޖެހިފައިވާ 350 މީހުން އެބަތިއްބެވެ. ނައިފަރާއި މަތިވެރީގެ އިތުރުން މާންދޫގެ ނަންބަރުތައް ހުރީ 250 އިން މަތީގައެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް

މާފުށި - 350 ކޭސް

ނައިފަރު - 272 ކޭސް

މާންދޫ - 253 ކޭސް

މަތިވެރި - 218 ކޭސް

އޭދަފުށި - 146 ކޭސް

ހިންމަފުށި - 104 ކޭސް

ވޭމަންޑޫ - 74 ކޭސް

އުކުޅަސް - 73 ކޭސް

ގުޅި - 44 ކޭސް

މާމިގިލި - 38 ކޭސް

ކޮވިޑް ކޭސްތައް ފެނިގެން މިވަގުތުވެސް 25 ރަށެއްވަނީ މޮނިޓަރިންގައެވެ. އެއީ ޅ. ނައިފަރު، އދ. މާމިގިލި، ތ. ވޭމަންޑޫ، އެ އަތޮޅު މަޑިފުށި، އއ. ބޮޑުފުޅަދޫ، ކ. ހިންމަފުއްޓާއި، ގުޅި އަދި މާފުށީގެ އިތުރުން އއ. މަތިވެރި، ލ. މާންދޫ އާއި ގަމާއި ފޮނަދޫ، ގދ. ތިނަދޫ، އއ އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ، އއ. ރަސްދޫ، މ. ކޮޅުފުށި، އައްޑޫ ސިޓީ، އދ. ދަނގެތި، އަދި ހއ. ދިއްދޫ އެވެ. ހޯމަ ދުވަހު ވަނީ ކުޅުއްފުއްޓާއި ހިމަންދޫވެސް މޮނިޓަރިންއަށް ލާފައެވެ. ކޮވިޑް ކޭސްތައް ފެނުން އިތުރުވާތީ އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުން ތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 މާރިޗު 2020

ކޮވިޑް-19 އަށް ޚާއްސަކޮށްގެން އިތުރަށް ސްކްރީން ކުރުމަށް ޓްރެވަލް ކްލިނިކެއް ގާއިމުކުރަނީ

03 މާރިޗު 2020
ކޮވިޑް-19 އަށް ޚާއްސަކޮށްގެން އިތުރަށް ސްކްރީން ކުރުމަށް ޓްރެވަލް ކްލިނިކެއް ގާއިމުކުރަނީ
02 މާރިޗު 2020

ކޮވިޑް-19 އަށް ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް: އައިޖީއެމްއެޗް

02 މާރިޗު 2020
ކޮވިޑް-19 އަށް ތަހުލީލުކުރަނީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް: އައިޖީއެމްއެޗް
01 މާރިޗު 2020

ކޮވިޑް-19: އެމެރިކާއަށް މީހުން އެތެރެވުމާއި އެމެރިކާ ރައްޔިތުން ޤައުމުތަކަށް ދަތުރުކުރުމުގައި އިތުރު ފިޔަވަޅުތަކެއް

01 މާރިޗު 2020
ކޮވިޑް-19: އެމެރިކާއަށް މީހުން އެތެރެވުމާއި އެމެރިކާ ރައްޔިތުން ޤައުމުތަކަށް ދަތުރުކުރުމުގައި އިތުރު ފިޔަވަޅުތަކެއް
24 ފެބުރުއަރީ 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައިފި

24 ފެބުރުއަރީ 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައިފި
21 ފެބުރުއަރީ 2020

ޒުވާނުންގެ ޤައުމީ ދުވަސް އަތޮޅުތެރޭގައި ފާހަގަ ކުރަނީ

21 ފެބުރުއަރީ 2020
ޒުވާނުންގެ ޤައުމީ ދުވަސް އަތޮޅުތެރޭގައި ފާހަގަ ކުރަނީ
20 ފެބުރުއަރީ 2020

ކޮވިޑް-19 އަށް ރާއްޖެއިން ޓެސްޓް ކުރެވޭ ގޮތް ހަމަޖައްސައިފި

20 ފެބުރުއަރީ 2020
ކޮވިޑް-19 އަށް ރާއްޖެއިން ޓެސްޓް ކުރެވޭ ގޮތް ހަމަޖައްސައިފި
29 ޑިސެމްބަރު 2019

އަތޮޅުތެރޭގައި ބްރޯކަރ ފާރމްތައް ގާއިމުކުރުމުގެ ފުރުޞަތު ހުޅުވާލަނީ

29 ޑިސެމްބަރު 2019
އަތޮޅުތެރޭގައި ބްރޯކަރ ފާރމްތައް ގާއިމުކުރުމުގެ ފުރުޞަތު ހުޅުވާލަނީ
16 ފެބުރުއަރީ 2019

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފި

16 ފެބުރުއަރީ 2019
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފި
08 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ 'ރޮހިންޖާ މުސްލިމުންނާއި އެކު ދިވެހިން' ޓެލެތޯންއާ ގުޅުވައިގެން އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް

08 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ 'ރޮހިންޖާ މުސްލިމުންނާއި އެކު ދިވެހިން' ޓެލެތޯންއާ ގުޅުވައިގެން އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް
10 އެޕްރީލު 2017

އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި

10 އެޕްރީލު 2017
އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް