Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮރޯނާވައިރަސް

ކޮވިޑް-19: އެމެރިކާއަށް މީހުން އެތެރެވުމާއި އެމެރިކާ ރައްޔިތުން ޤައުމުތަކަށް ދަތުރުކުރުމުގައި އިތުރު ފިޔަވަޅުތަކެއް

މެކްސިކޯ ބޯޑަރ ސަރަހައްދުގައިވެސް ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން އަންނަނީ ތައްޔާރުވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2020 | އާދީއްތަ 03:40
ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓްރަމްޕް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ޤައުމުތައް ކަމަށްވާ އިޓަލީ، ސައުތު ކޮރެއާ އަދި އިރާންގެ މީހުންނަށް އެމެރިކާއަށް އެތެރެވުމުގައި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ހެލްތު އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު އެމެރިކާގައި ވަނީ މިވައިރަސް ޖެހިގެން ފުރަތަމަ މީހާ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި އަންނަނީ މި ވައިރަސް އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މެކްސިކޯ ބޯޑަރ ޞަރަޙައްދުގައިވެސް ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މެކްސިކޯ ބޯޑަރ ބަންދުކުރުމަށް ވިސްނަމުންދާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެމެރިކާގެ ރައްޔިތުންނަަށް އެ ޤައުމުގެ ތެރޭގައި ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް ކޮރޯނާވައިރަސް ހަލުވި މިނުގައި ފެތުރެމުންދާ ޤައުމުތައް ކަމަށްވާ ސައުތުކޮރެއާ އިޓަލީ އަދި އިރާނަށް ދިޔުން ވަނީ މަނާކޮށްފައެވެ.

އެމެރިކާގެ ނައިބު ރައީސް އަދި ވައިޓް ހައުސް އިން ކޮރޯނާވައިރަސްގެ ކަންކަން ބަލަމުންދާ މައިކް ޕެންސް ވިދާޅުވީ އެމެރިކާއިން އަންނަނީ އިޓަލީ އަދި ސައުތު ކޮރެއާ އާ ގުޅިގެން އެ ޤައުމުތަކުން އެމެރިކާއަށް އައުމަށް ތައްޔާރުވެފައިވާ މީހުން ސްކްރީންކުރުމުގެ ކަންކަން ކުރެވޭނެ ގޮތެއް ބަލަމުންނެވެ. އަދި އިރާނުން އެމެރިކާއަށް އަންނަ މީހުންނަށް އަޅާފައިވާ ފިޔަވަޅުތައް ފާއިތުވި 14 ދުވަހުގެ ތެރޭގައި އިރާނަށް ދަތުރުކޮށްފައިވާ މީހުންނަށްވެސް އަޅަމުންދާނެ ކަަމަށް ޕެންސް ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާއަށް ދިޔުމާއި އައުން އެމެރިކާގެ ރައީސް މިވަގުތަށް ހުއްޓުވާފައި އޮތްއޮތުމަކީ، އެމެރިކާގައި މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ސަބަބުކަމަށް ޕެންސް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ވައިޓް ހައުސްއިން ވަނީ އެއަރލައިން ތަކާއެކު އިތުރު ތަންތަނަށް ދަތުރުކުރުން މަނާކުރުމާ މެދު މަޝްވަރާކުރުމަށް ބޭނުންވާކަމަށް ބުނެފައެވެ. ކޮރޯނާވައިރަސް ހަލުވި މިނެއްގައި ފެތުރެމުންދާތީ ގިނަ އެއަރލައިން ތަކަކުން އަންނަނީ ފްލައިޓުތައް ދަތުރުކުރުން ހުއްޓާލަމުންނެވެ.

އަނެއްކޮޅުން ޓްރަމްޕް ގެންދަވަނީ ހޯމަ ދުވަހު ފާމަސޫޓިކަލް ކުންފުނިތަކާއި ބައްދަލުކޮށް ވެކްސިންއެއް އުފެއްދުމުގެ ކަންތަކުގައި މަޝްވަރާކުރެއްވުމަށް ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު