Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފި

16 ފެބުރުއަރީ 2019 | ހޮނިހިރު 09:49

މަސައްކަތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ފެބުރުއަރީ 2019 | ހޮނިހިރު 09:49
ފުލުހުން ކުރިއަށް ގެންދިޔަ މަހާސިންތާގެ ތެރެއިން

ފުލުހުން ކުރިއަށް ގެންދިޔަ މަހާސިންތާގެ ތެރެއިން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަަސައްކަތްތައް މިހާރަށް ވުރެ ފުޅާކޮށް ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް ގެންނަޖެހޭ ބަދަލުތަކާ މެދު މަޝްވަރާކޮށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތަކަށް އަމާޒުކޮށްގެން ބާއްވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފިއެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ބާއްވަމުންދާ މަހާސިންތާތަކުގެ ތެރެއިން، ނޮދަން އޮޕަރޭޝަން ކޮމާންޑަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ށ. އަތޮޅު ފުނަދޫގައި ބާއްވާފައިވާއިރު ސަދަން އޮޕަރޭޝަން ކޮމާންޑަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ބާއްވާފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ނޮދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ ހއ، ހދ، ށ، ނ، ރ، ބ، ޅ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި އއ، އދ، އަދި ވ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ މިމަހު 12ން 14ށް ބާއްވާފައިވާއިރު، ސަދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ މ، ފ، ދ، ތ، އަދި ލ. އަތޮޅުގެ އިތުރުން އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ފެބުރުވަރީ 13ން 14ށް އައްޑޫސިޓީ ހިތަދޫގައި ބާއްވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއަތޮޅުތަކުގައި މަސައްކަތްކުރަމުންދާ ފުލުހުންނާއި ސިވިލް މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ދެ މަހާސިންތާގައި، ކުރިއަށް އޮތް ފަސް އަހަރު މުއައްސަސާގެ ފެންވަރުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކަކީ ކޮބައިތޯއާއި އެމަގަށް ވާސިލްވުމަށް ކުރަންޖެހޭ މަަސައްކަތްތަކާއި، ދިމާވެދާނެ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މުވައްޒަފުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ނޮދަން އޮޕަރޭޝަން ކޮމާންޑާއި ސަދަން އޮޕަރޭޝަން ކޮމާންޑުގައި ބޭއްވި މަހާސިންތާގައި ވެސް، ފުލުހުންގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގާއިރު މަސައްކަތްތައް އެއްގޮތްކުރުމާއި ފުލުހުންގެ މަަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަރުކަޒުތަކުގައިހުރި ދަތިތަކާއި އެމަރުކަޒުތަކުންދޭ ޚިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުޅުވައިލައި ކުށުގެ ހާލަތާއި މުވައްޒަފުންގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއަތޮޅުތަކުގައި ހުރި ސަރުކާރުގެ މުއައްސަކާތަކާއި ޖަމްއިއްޔާތަކާއި އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ފޯރަމްތަކެއް ކުރިއަށް ގެންގޮސްފަވާ ކަމަށެވެ. އަދި ކުރިއަށްގެންދިޔަ ފޯރަމްތަކުގައި، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް