Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދަނީ އިޖުރާއަތުގެ ބިލު

މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭ ގޮތުން އިންތިގެ ހޫނު ރައްދެއް ސަރުކާރަށް

3 މެއި 2021 | ހޯމަ 08:17

ބިލުގެ މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން ސަރުކާރުން ތަކުރާރުކޮށް އިތުރު ވަގުތަށް އެދުނު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 މެއި 2021 | ހޯމަ 08:17
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ

މަދަނީ އިޖުރާއަތުގެ ބިލް ގާނޫނަކަށްވެފައި ނުވުމަކީ ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމަށް މޭރުންވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިޒަރު އަހުމަދު އަބްދު ﷲ އަފީފު ދެއްކެވި ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.

ހޯމަ ދުވަހު ޖުޑިޝަރީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މި ބިލު އެންމެ ފުރަތަމަ ކޮމިޓީއަށް ލިބުނީ 2 ފެބްރުއަރީ 2020ގައި ކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅަށް ހުށަހެޅިފައި އޮތް ބިލެއް ނޫން ކަމަށް ބުނެ ސަރުކާރުން އިތުރު ވަގުތަށް އެދުނު ކަމަށެވެ. ބިލުގެ މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް އިތުރު ވަގުތު ދިނުމަށް ސަރުކާރުން އެދުނު ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތި ވިދާޅުވީ މި ބިލުގެ މަސައްކަތް ނިންމުމަށް އޭޖީއަށް ދިން ސުންގަޑިތައް ފަހަނައަޅައި ދިއުމުގެ ސަބަބުން ބިލު މަޖިލީހުން ބޭރުކޮށްލުމަށް ވެސް ކޮމިޓީން ނިންމި ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނުމަށްފަހު އެކަން ނުކުރީ ކަމަށް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އޭގެ ފަހުން ވެސް އޭޖީ އޮފީހަށް ދިން ސުންގަޑިތައް ފަހަނައަޅައި ގޮސްފައިވާ ކަމަށާއި އެތައް ފަހަރެެއްގެ މަތިން ބިލުގެ މަސައްކަތް ކުރުމަށް ތާވަލު ކުރެވިގެންދިއަ ކަމަށެވެ. އެންމެ ފަހުން ބިލުގެ ރަނގަޅު ވަރޝަން މަޖިލީހަށް ފޮނުވާފައިވަނީ 4 ނޮވެމްބަރު 2020ގައި ކަމަށް ވިދާޅުވިއެވެ.

ވަކިވަކި ޗެޕްޓަރުތަކަށް ބިލު ފޮނުވާފައިވުމާއެކު އޭގެ ސަބަބުން ކޮމިޓީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އިންތި ފާހަގަ ކުރެއްވިއެވެ. އަދި މިއީ އެކަން ކުރަން ޖެހޭ ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ މަދަނީ ދައުވާތަކާބެހޭ އުސޫލުތަކާއި ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތަކާއި ހެއްކާބެހޭ ބައެއް އުސޫލުތައް ބަޔާން ކުރާ ބިލެކެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި ހުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި އިސްތިއުނާފު ކުރުމާގުޅޭ އުސޫލުތަކާއި އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ އާންމު އުސޫލުތައް މި ބިލުގައި ބަޔާންވެގެންވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް