Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުން ބަދަލުދޭން ޖެހޭ މައްސަލަތައް

ބަދަލުދީފައި ހުއްޓާނުލާނަން، ޒިންމާވާން ޖެހޭ މީހުންނަށް ދައުވާކުރާނަން: އަފީފް

ކޮންމެ ސަރުކާރެއް އަޔަސް ދައުލަތުން ބަޔަކަށް ދޭން ޖެހޭ އެއްޗެއް އޮތިއްޔާ އެ އޮންނާނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 2 މެއި 2021 | އާދީއްތަ 20:51
ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިސަރު އަހުމަދު އަބްދުﷲ އަފީފް

ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިސަރު އަހުމަދު އަބްދުﷲ އަފީފް

ސަރުކާރުން ބަދަލުދޭން ޖެހޭ މައްސަލަތައް ގިނަވެފައިވާތީ އެފަދަ މައްސަލަތަކުގައި ބަދަލު ދިނުން އެކަނި އެއީ ހައްލެއް ނޫން ކަމަށާއި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރުކުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިސަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތީ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި އިންސާފު ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދާ އެކީގައި ކަމަށެވެ. އޭގެ މާނައަކީ ކޯޓްތަކަށް ގެންނަ ބަދަލުގެ ވާހަކައެއް އެކަނި ނޫން ކަމަށާއި، ހަމައެކަނި ނުހައްގުން ޖަލަށްލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވާހަކައެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އިންސާފު ހޯދުމުގެ ތެރޭގައި އެންމެ މުހިންމު އެއްކަމަކީ ދައުލަތުން އެކިއެކި މީހުންނާއެކީ ވެފައިވާ އެއްބަސްވުންތައް ގާނޫނާ އަދި އެއްބަސްވުމަކާއި ހިލާފަށް ބާތިލްކޮށްފައި ހުންނަ ހާލަތުގައި އެ މީސް މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުން ހިމެނޭ ކަމަށެވެ. ކޮންމެ ސަރުކާރެއް އަޔަސް ދައުލަތުން ބަޔަކަށް ދޭން ޖެހޭ އެއްޗެއް އޮތިއްޔާ އެ އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ދޭން ވެސް ޖެހޭނެ ކަމަށެވެ. އެހެންވެ އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި، އެކަމަކު ދާއިމަށް އެކަން އެހެން ކޮށްލަ ކޮށްލަ ތިބުން އެއީ ހައްލެއް ނޫން ކަމަށެވެ. އެކަން ކަމަށް ރަނގަޅު ހައްލަކީ އެކަމެއްގައި ޒިންމާވާން ޖެހޭ މީހުން ޒިންމާދާރުކުރުވުން ކަމަށާއި، މިހާރު ވެސް އެފަދަ ބައެއް ފަރާތްތަކަށް ދައުވާކޮށްފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ކޯޓަށް ހުށަހެޅިފައި ހުންނަ އިރުގައި ކަނޑައެޅިގެން ދައުލަތުން އެއްބަސްވުމެއް ބާތިލްކޮށްފައި އޮތީ އެއްބަސްވުމާއި ހިލާފަށް ކަން އެނގޭ މައްސަލަތަކުގައި ދައުލަތް ދިފާއުކުރުމުގެ ބަދަލުގައި އެކަމަށް އެއްބަސްވެ ކޯޓު މަރުހަލާ ތެރޭގައި ދެފަރާތް އެއްބަސްވެވޭ ގޮތަކަށް ދައުލަތަށް އެންމެ ލުއިވާނެ ގޮތަކަށް މައްސަލަތައް ނިންމުމަށް ކަމަށެވެ. އަދި އެގޮތަށް ބައެއް މައްސަލަތައް ނިންމާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުން ދޭންޖެހޭ އަދަދު ކުޑަކުރެވިފައި ވެސް ހުންނާނެ ކަމަށާއި، އެއީ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރި ކަންތައްތައް ކަމަށެވެ. އަދި ދެވަނަ ކަމަކަށް މިގޮތަށް ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލި ކަމަށާއި، އެދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ކޯޓަށް ނުގޮސް ކޯޓުގެ 3 މަރުހަލާ ކަނޑައްތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެތީ ދެފަރާތުން ވާހަކަދައްކައިގެން އެއްބަސްވުމަކަށް އާދެވޭ ގޮތަކަށް މައްސަލަ ހައްލުކުރުމަށް ކަމަށެވެ.

އެކަމަކު އޭގެ ސަބަބުން ސަރުކާރުން މިކަން ކުރަމުން މިދަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ ތުހުމަތުތަކެއް އަމާޒުވި ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް މަޖިލީހުގެ ވަކިވަކި މެންބަރުންނާއި މުޅި މަޖިލީހުގައި ވެސް މި ވާހަކަ ދައްކަން ފެށުނު ކަމަށާއި، އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. މިހެން މިކަން ކުރިމަތިވުމުގެ ސަބަބުން އެއީ ސަރުކާރަށް ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި، މީހުންނަށް އަދި ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަކަށް މިބާވަތުގެ މައްސަކަތައް ނިންމުމަށް ބުރަވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު