Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްދަތުރު ދިއުން

މި ރޯދަ މަހު މަސްދަތުރެއް ގޮސްފިންތަ!

2 މެއި 2021 | އާދީއްތަ 13:57

މަސްދަތުރު ދިއުމަކީ އިޖުތިމާއީ އެއް ހަރަކާތް ގޮތުގައި ދިވެހިން ކުރަމުންދާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2021 | އާދީއްތަ 13:57
ދިވެހިން އާންމުގޮތެއްގައި މަސް ދަތުރު ގޮސް އުޅެނީ ހަފްތާ ބަންދާ ދިމާކޮށް ނުވަތަ ޗުއްޓިއަކާއި ދިމާކޮށް

ދިވެހިން އާންމުގޮތެއްގައި މަސް ދަތުރު ގޮސް އުޅެނީ ހަފްތާ ބަންދާ ދިމާކޮށް ނުވަތަ ޗުއްޓިއަކާއި ދިމާކޮށް

ރަމަޟާން މަހު ރޯދަ ކުރުކުރުމުގެ ގޮތުން ދިވެހިން ތަފާތު ކަންކަންކޮށް އުޅެއެވެ. ކުޅިވަރުތައް ކުޅުމާއި ބާބާކިއުތައް ހެދުމެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކާމާއެކު ދިވެހިންގެ ތެރޭގައި ހަރުލާފައި އޮތް އެތައް އާދައެއް ނުވަތަ ކުރަމުން އައި އެތައް ކަމެއް މިހާރު އޮތީ މަޑު ޖެހިފައެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ކޭސްތައް ފެނުމާއި ގުޅިގެން މިފަދަ ގިނަ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. ނަމަވެސް ބަދަލުނުވާ އެއް ކަމެއް އެބައޮތެވެ. އިޖުތިމާއީ އެއް ހަރަކާތް ގޮތުގައި ދިވެހިން ވަރަށް ފޯރިއާ ޖޯޝުގައި ކުރަމުން އަންނަ މަސްދަތުރު ދިޔުމަށް ހުއްޓުމެއް ނާދެއެވެ.

ޚާއްސަ ގޮތެއްގައި ރޯދަ މަހު ބައެއް އާއިލާތަކުންނާއި، އޮފީސްތަކުންނާއި ރައްޓެހިން ގުރޫޕް ހަދާފައި މަސްދަތުރުތައް ދެއެވެ. ނޫނީ ދޮށި ހިފައިގެން ބަނދަރާ ދިމާލަށް ދާ މައިންނާއި ބަފައިން ވެސް ވަކި މަދެއް ނުވާނެވެ. ހަވީރުގެ ވަގުތާއި، ރޭގަނޑު ވެސް މަސް ބާނަން އުޅޭ މީހުން ތޮށި މަތިން މަދެއް ނުވެއެވެ. ވަރަށް ފޯރިއާ ޖޯޝުގައި ކުރަމުންދާ މިމަސައްކަތަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައެވެ.

އެގޮތުން މިހާރު ބައެއް އާއިލާތަކުން މަސްދަތުރުތައް ދަނީ ބާބާކިޔުއާއެކުއެވެ. ހަވީރު ދަތުރަށްފުރާއިރު ރޭގަނޑު ވަންދެން ތަފާތު އެކި ކަންކަމުގައި އުޅެއެވެ. އޭގެ ތެރޭގައި އެއްބަޔަކު މަސް ބޭނުމުގައި އުޅޭއިރު، އަނެއް ބަޔަކު ބާބަކިޔު ހެދުމުގެ މަސައްކަތުގައި އުޅެއެވެ. އަދި އަނެއް ބަޔަކު ކަރޯކޭ ޖައްސާއިރު ދޯނި މަތީގައި ވަރަށް ފޯރިގަދަ ކުޅިވަރުތައް ކުޅެއުޅެއެވެ. މިއާ ހިލާފަށް މަސްދަތުރުދާ ގުރޫޕްތަކުން ސްނޯކްލިނިންއާއެކު ފިނޮޅުތަކަށް ދާ ގުރޫޕްތައް ވެސް މަދެއް ނޫނެއެވެ. ސޭންޑް ބެންކަށް ދަތުރު ދިއުމަކީ މިދުވަސްކޮޅު އާއިލާއާ އެކު ކުރެވޭނެ އެންމެ މަޖާ ވެސް ކަންތަކެވެ.

މަސްދަތުރުތަކަށް މިއައި ބަދަލާއެކު މިހާރު އެންމެ މަސްދަތުރަކުން ހުރިހާ ކަމެއް ފުރިހަމަވެއެވެ. މިގޮތަށް ދަތުރުތައް ދިއުމަކީ ގުޅުންތައް ބަދަހިވެ ނުފެނި ގިނަދުވަސްވެފައިވާ ގާތް ރައްޓެހިންނާއި ވެސް ބައްދަލުވެވޭނެ ކަމެކެވެ. މީގެ އިތުރުން ބޯ ހަމަޖައްސާލުމާއި ބިޒީ ދިރިއުޅުމުން ދުރަށް ޖެހެލުމަށް ވެސް މަސްދަތުރު ވަރެއް ނޯންނާނެއެވެ.

ފަހަކަށް އައިސް އަންހެންވެރިން ވެސް ފާހަގަ ކުރެވިފައި ވަނީ މަސްދަތުރުތަކަށް ލޯބިޖެހިފައިވާ ބައެއްގެ ގޮތުގައެވެ. އެތައް އުފާވެރިކަމެއް މިދަތުރުން ގެނެސްދޭއިރު، ޚާއްސަކޮށް އަމިއްލައަށް މަހެއް ބޭނުމުން އެއަންނަ ފޯރިގަނޑު ވެސް ވަކި ކުޑައެއް ނުވާނެއެވެ. އަދި އެބާނާ މަސް ވަގުތުން ފިހެލައިގެން އެލިބޭ އުފާވެސް ވަރަށް ބޮޑެވެ.

އެހެންކަމުން ރަމަޟާން މަހެއް ނިމިގެންދާއިރު، މަސްދަތުރެއް އެބަ ދާން ޖެހެއެވެ. ނަމަވެސް މިހާރުގެ ހާލަތުގެ ގޮތުން އިތުރު ކަންތައްތަކަކަށް ވެސް ވިސްނަން ޖެހެއެވެ. ކޮންމެ ދުވަހަކު ގިނަ ބަޔަކު ޕޮޒިޓިވްވި ނަމަވެސް އަދިއޮތީ ވަރަށް ބޮޑެތި ލުއިތަކެއްދީފައެވެ. ކޮވިޑް-19ގެ ހާލަތުގައި މަޖާ ކުރަން ވާނީ ވެސް ރައްކާތެރިކަމާއެކުއެވެ. ރޯދާގެ ފަހުން ދީފައިވާ ލުއިތަކަށް ބަދަލު އައުމަކީ ދުރުގައި އޮތްކަމެއް ނޫނެއެވެ. އެހެންކަމުން މިހާރު މަސްދަތުރެއް ދިއުމަކީ ބުއްދިވެރިގޮތެކެވެ!

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
29 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް