Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޯލެވެލް އިމްތިހާނު ފެށުން

ކޮވިޑްގެ ބަލިމަޑުކަމާއެކު، ފެށޭ ސާނަވީ ނިންމާ އިމްތިހާނަށް ދަރިވަރުން ކުރިމަތިލުން

ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ޚާއްސަ އުސޫލުތަކެއް އެޑިއުކޭޝަން މިނިސްޓްރީންވަނީ ކަނޑައަޅާފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 2 މެއި 2021 | އާދީއްތަ 09:15
އިމްތިހާން ހަދަމުންދާ ދަރިވަރުންތަކެއް

އިމްތިހާން ހަދަމުންދާ ދަރިވަރުންތަކެއް

ފެށޭ ސާނަވީ ނިންމާ އިމްތިހާނު ނުވަތަ އޯލެވެލް އިމްތިހާނަކީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބޭއްވޭ އެންމެ ބޮޑު އިމްތިހާނެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ބައިވެރިވާ އިމްތިހާނު ވެސް މެއެވެ. އެހެންނަމަވެސް އެހެން އަހަރުތަކުގައި ބޭއްވޭ އިމްތިހާނާއި މިއަހަރުގެ އިމްތިހާނު ބޮޑުތަނުން ތަފާތެވެ. އިމްތިހާނުގެ ތައްޔާރީތަކާއި، ބޭއްވޭ ދުވަސްވަރާއި ހާލަތުވެސް އެހާމެ ތަފާތެވެ. އެހެނީ މިއަހަރުގެ އިމްތިހާނު މި ބޭއްވެނީ ކޮވިޑް19 ގެ އާލަމީ ބޮޑު ވަބާގެ ތެރޭގައެވެ.

މިފަހަރުގެ އޯލެވެލް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 5955 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން އިމްތިހާނު ހަދާ 2196 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން އިމްތިހާނު ހަދާ 3759 ދަރިވަރުންނެވެ. މީގެތެރޭން ޖުމްލަ 5479 ދަރިވަރުން އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވެއެވެ. މި އަހަރު އޯލެވެލް އިމްތިހާނުތައް ކުރިއަށް ގެންދާނީ މާލޭގެ 22 ސެންޓަރަކާއި، އަތޮޅުތަކުގެ 213 ސެންޓަރެއްގައެވެ.

މިނިސްޓްރީގެ މަސައްކަތް:

ކޮވިޑް ބަލިމަޑުކަމުގެ ރާޅުގެ ސަބަބުން ދިރާސީ ކަލަންޑަރަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެއާއެކު އެންމެ ބޮޑެތި ބަދަލުތަކެއް އައީ އިމްތިހާނުތައް ބާއްވަމުން އައި ދުވަސްވަރަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފައިވާ އިމްތިހާނު މިއަހަރަށް ފަސްކުރެވުނުކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ އިމްތިހާނު ފެށުމަށް އެންމެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ދަރިވަރުންނާއި ބެލެނިވެރިންގެ އެދުމުގެ މަތިން ތާވަލު ބަދަލުކޮށް، މެއި މަހުގެ ދެވަނަ ދުވަހު އިމްތިހާނު ފެށުމަށް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށް ގެންދެވޭ މި އިމްތިހާނުގައި، ބައްޔަށް ފައްސިވެފައިވާ ދަރިވަރުންނާއި، ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ޚާއްސަ އުސޫލުތަކެއް އެޑިއުކޭޝަން މިނިސްޓްރީންވަނީ ކަނޑައަޅާފައެވެ. އަދި އިމްތިހާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދާ އެއްގޮތް ވާގޮތުގެ މަތިން އިމްތިހާނު ފޯރުކޮށްދެވޭނެ އިންތިޒާމު ޑިޕާޓްމަންޓް އޮޕް ޕަބްލިކް އެގްޒަމިނޭޝަން ވަނީ ހަމަޖައްސާފައެވެ.

ދަރިވަރުންގެ ތައްޔާރީތައް:

ދަރިވަރެއްގެ ތައުލީމީ ހަޔާތްފެށުމާއެކު އެންމެ އިންތިޒާރުކުރެވޭ އިމްތިހާނަކީ ސާނަވީ މައި އިމްތިހާނެވެ. އިބްތިދާއީ ތައުލީމީ ދައުރުން ފެށިގެން އެ އިމްތިހާނަކަށް ތައްޔާރުވާ ކެމްބްރިޖް / އައިޖީސީއެސްސީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނެވެ. އެގޮތުން 2010 ވަނަ އަހަރު ތައުލީމީ ހަޔާތްފެށި ދަރިވަރުން ވެސް އިންތިޒާރުކުރަމުން ދިޔައީ އެ އިމްތިހާނަށެވެ.

އެހެންކަމުން ވިހިވިހީގެ އަހަރަށް އެ ދަރިވަރުން ކުރިމަތިލީ ނުހަނު ބޮޑެތި އުންމީދުތަކާއެކުއެވެ. އޭގެ ދިހަ އަހަރު ކުރިން ފެށުނު ތައުލީމީ ހަޔާތުގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކަމާއެކު ނިންމާލުމަށް އަތުކުރި އޮޅާލައިގެންނެވެ. އެހެންނަމަވެސް މުޅި ދުނިޔެ ކުޑަކަކޫ ޖެއްސުވި ކޮރޯނާގެ ސަބަބުން ތައުލީމީ ދާއިރާ ވެސް ހުއްޓުމަކަށް އައީއެވެ.

ކޮރޯނާގެ ކަޅު ބޯވިލާގަނޑު މުޅި ދުނިޔެ ބައްދާލި އިރުވެސް، ތައުލީމު އުނގެނުމަށް ލޯބިކުރާ ދަރިވަރުންގެ އަޒުމަކަށް، ބެލެނިވެރިންގެ ހިތްވަރަކަށް ނުވަތަ މުދައްރިސުންގެ ހިންމަތަކަށް ބަދަލެއް ނާދެއެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ކިޔެވުމާއި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކުރެވުނެވެ. ކުލާހަށް ހާޒިރުވުމުގެ ހުއްދަ ލިބޭ ހާލަތްތަކުގައި ހާޒިރުވެގެންނެވެ. އެހެން ނޫންނަމަ އޮންލައިންކޮށެވެ.  

ކޮވިޑް 19 ގެ އާލަމީ ވަބާއާއެކު ކުރިމަތިވެފައިވާ ގޮންޖެހުން ތަކާ އެކުވެސް  ފެށޭ ސާނަވީ ތައުލީމީ ހަޔާތް ނިންމާލުމުގެ އިމްތިހާނު، ގިނަ ދަރިވަރުންތަކެއް އާދީއްތަ ދުވަހު ވަނީ ފަށާފައެވެ. އެއާއެކު ވިހިވިހި ވަނަ އަހަރު ކޮވިޑްގެ މުސީބާތާއެކު ދިގުލައިގެން ދިޔަ ސާނަވީ އިމްތިހާނުގެ އިންތިޒާރަށް ނިމުމެއް އައީއެވެ. މި އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިރަހަށް ފަރުވާލެއް ނެތް، މާތްﷲގެ އިރާދައާއެކު މަސައްކަތް ނިންމާނަން!

ވައިރަހަށް ފަރުވާލެއް ނެތް، މާތްﷲގެ އިރާދައާއެކު މަސައްކަތް ނިންމާނަން!

12 މެއި 2020
ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019
ކުޅެން ފެށޭނީ ކުޅިބައި އަތުރާ ނިމުމުންނެވެ.

ކުޅެން ފެށޭނީ ކުޅިބައި އަތުރާ ނިމުމުންނެވެ.

11 ފެބުރުއަރީ 2019
އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަ އަދީބާ ހިސާބުން ނިންމާލެވޭކަށް ނެތް!

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަ އަދީބާ ހިސާބުން ނިންމާލެވޭކަށް ނެތް!

20 ސެޕްޓެމްބަރު 2018
ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

28 ޖޫން 2018

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު