Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހެކި ނައްތާލުމުގެ ދައުވާ

ހެސްކިޔާފަ ހެކި ހޯދައި ނިންމާފަ ހެކި ނައްތާލުމުގެ ދައުވާ، މިއީ ކިހިނެއްވާ ކަމެއް؟!

2 މާރިޗު 2018 | ހުކުރު 18:32

އެނދު ދަށުންނާއި، ކަޅު ފޮށިންނާއި، ރާއްޖެއިން ބޭރުން ހެކި ހޯދާފައިވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 މާރިޗު 2018 | ހުކުރު 18:32
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ރައީސް މައުމުނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ރައީސް މައުމުނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު

ބޮޑެތި ތުހުމަތުތަކެއްކޮށް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު ތަކުރާރުކޮށް ފުލުހުން ދައްކަމުން ދިޔައީ ބޮޑެތި ހެކިތަކެއް ލިބެމުންދިޔަ ވާހަކަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅަށް އަރައިގެން ގޮސް ރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ތެރެއަށް ވަދެ ފަނޑިޔާރުން ހައްޔަރުކުރިއިރު، ރައީސް މައުމޫން ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުންނެވެ. ރައީސް މައުމޫނުގެ ގެކޮޅު ބަލާފާސްކުރި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދު ދިރިއުޅުއްވާ ތަންތަން ވެސް ބަލާފާސްކުރި އެވެ. އަލީ ހަމީދުގެ އަނބިކަނބަލުން ވެސް ހައްޔަރުކުރިއެވެ.

ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގުތަކަކާއި ފަނޑިޔާރުންގެ ގާނޫނުގެ ބައިތައް ސަސްޕެންޑްކޮށްގެން ބޮޑު ތަހުގީގެއް ހިންގުމަށްފަހު ފުލުހުން ބުނަމުންދިޔައީ، އެކި ތަންތަނުން ފެނުނު އެކި ކަހަލަ ހެކިތަކުގެ ވާހަކައެވެ. ކަޅު ފޮށިން ފެނުނު ހެއްކާއި، އެނދު ދަށުން ފެނުނު ހެއްކާއި، ދުމަށި މަތިން ފެނުނު ހެއްކާއި ބުރުގާއިން ފެނުނު ހެއްކާއި އަތް ދަބަހުން ފެނުނު ހެކީގެ ވާހަކައެވެ. ބޭރުގެ ގައުމުތަކުން ހޯދި ހެއްކާއި ޖެހިގެން ހުރި ގެތަކުން ހޯދި ހެއްކާއި ރަށްރަށުން ހޯދި ހެކިތަކުގެ ވާހަކައެވެ. ޑޮކިއުމެންޓަރީ ހެއްކާއި ކިތާބީ ހެއްކާއި ޝަފައީ ހެކީގެ ވާހަކައެވެ.

މިވަރަށް ހެކީގެ ވާހަކަ ފުލުހުން ދެއްކުމުން ރައްޔިތުން ހީކޮށްގެން ތިބީ، ވަރަށް ވަރުގަދައަށް ތަހުގީގުކޮށް، ވަރުގަދަ މައްސަލައެއް އުފައްދާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ފެބްރުއަރީ ކުރީކޮޅު ފެށި ތަހުގީގު، ފެބްރުއަރީ ނިމުނުއިރު އޮތީ މުޅިން ބަދަލުވެފައެވެ. ފެބްރުއަރީ ކުރީކޮޅު ދެއްކި ހެކީގެ ވާހަކަ ހުއްޓާލައިފި އެވެ. ފެބްރުއަރީ ނިންމާލީ، ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ހެކި ނައްތާލަން އުޅުމުގެ ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ފަހުގައެވެ. ފުލުހުންގެ ބަންދުގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބެވި ބޭފުޅުން، ފުލުހުން ހޯދަން އުޅުނު ހެކި ނައްތާލީތޯ އެވެ؟ އެ ހެކި ހުރިކަން ފުލުހުންނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ ހެކި ހުރީ ކޮންތާކު ހެއްޔެވެ؟ ރައީސް މައުމޫނާއި ދެ ފަނޑިޔާރުން އެ ހެކި ހިއްޕަވައިގެން ދޫނިދޫއަށް ވަޑައިގެން، ދޫނިދޫގައި ތިއްބަވައިގެން ހެކި ނައްތާލީތޯއެވެ؟ ނޫނީ އެނދު ދަށުންނާއި ކަޅު ފޮށިންނާއި ބުރުގާއިން ހޯދި ހެކި ފުލުހުންގެ މަރުކަޒުގައި ފޮރުވާފައި ހުއްޓާ ނައްތާލީތޯއެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ.

ގާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި މި ބޭބޭފުޅުން ހައްޔަރުކޮށް ހޯދި ހެއްކަށް ވީގޮތަކާ މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. އެހާ ގިނަ ހެކި ހުރި ވާހަކަ ފުލުހުން ތަކުރާރުކޮށް ބުނުމުން، ވަކީލުން ވަނީ އަވަހަށް ދައުވާ ކުރުމަށް ގޮވާލާފައެވެ. ކޯޓުން ބައްދަލުކޮށް، މި ހެކިތަކާ މެދު ވާހަކަ ދައްކައި، މިއީ ކުށް ސާބިތުވާވަރުގެ ހެކިތަކެއްކަން އެނގޭނީ އެއިރުންނެވެ. އޭގެ ބަދަލުގައި ފޮނުވީ ހެކި ނައްތާލުމުގެ ދައުވާ ކުރާށެވެ. ހައްޔަރުކުރީވެސް ހެކި ނައްތާލަފާނެތީއެވެ. ހައްޔަރުކުރުމުން ވެސް ހެކި ނައްތާލީތޯއެވެ؟ ދެން ހައްޔަރުކޮށްފައި ބޭތިއްބުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ހެކި ހޯދޭ ގޮތް ނުވުމަކީ އެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ މައްސަލައެއްތޯއެވެ؟ މިއީ މިކަން އޮންނަ ގޮތް ކަމަށްވާނަމަ، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭ އިރަށް މައްސަލައާ ގުޅޭ ހެކިތައް އެމީހަކު އަމިއްލައަށް ފުލުހުންނަށް ދައްކަންޖެހޭނެ އެވެ. އެހެން ނޫނީ ހެކި ނައްތާލުމުގެ ދައުވާ ކުރާނެތާއެވެ. މި ހާލަތުގައި ތަހުގީގުކުރާ އިދާރާއެއް އޮތުމުގެ ބޭނުމެއް ނެތެވެ. ތަހުގީގު ކުރާ ފަރާތެއްގެ ބޭނުމަކީ ހެކި ހޯދައިގެން މައްސަލަ އުފައްދައި، ދައުވާ ކުރެވޭ ވަރު ކުރުމެވެ. ދައުވާ ކުރެވޭނެ ވަރަށް ހެކި ނުލިބުމުން، ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހެކި ނައްތާލުމުގެ ދައުވާކުރުން މިއީ ރާއްޖެ ނޫން އެހެން ކޮންތަނެއްގައި އަމަލުކުރާ ގޮތެއްތޯއެވެ؟

އިތުރަށް ކިޔާލަން

23 ޖޫން 2020

ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!

23 ޖޫން 2020
ހައިކޯޓުން ޤާނޫނު މާނަ ކުރި ގޮތުން ހެކި ހުރެވެސް ކުށުގެ ތުހުމަތު ކުރެވޭ މީހުން ދޫވަނީ؟!
22 ނޮވެމްބަރު 2018

ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދަން، ނަޒާޙަތްތެރިންނަށް އިސްކަން ދޭން ޖެހޭ

22 ނޮވެމްބަރު 2018
ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދަން، ނަޒާޙަތްތެރިންނަށް އިސްކަން ދޭން ޖެހޭ
19 ސެޕްޓެމްބަރު 2018

ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟

19 ސެޕްޓެމްބަރު 2018
ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟
20 ޖުލައި 2018

ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!

20 ޖުލައި 2018
ފައިސަލްގެ ވަފާތެރިކަމާއި، ތެދުވެރިކަމަށް ދާއިރާގެ ރައްޔިތުން ހެކިވޭ!
28 ނޮވެމްބަރު 2017

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް
17 ނޮވެމްބަރު 2017

ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!

17 ނޮވެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!
09 އޯގަސްޓު 2017

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް
17 ޖުލައި 2017

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް