Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ކުޅެން ފެށޭނީ ކުޅިބައި އަތުރާ ނިމުމުންނެވެ.

11 ފެބުރުއަރީ 2019 | ހޯމަ 03:58

ރާއްޖޭގައި ސިޔާސީޕާޓީތައް ހިންގާތާ 13 އަހަރުވެއްޖެ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 11 ފެބުރުއަރީ 2019 | ހޯމަ 03:58
ރައީސް ނަޝީދު ބައްދަލުވުމެއްގައި

ރައީސް ނަޝީދު ބައްދަލުވުމެއްގައި

ރާއްޖޭގައި ސިޔާސީޕާޓީތައް އުފެދި ހިނގަމުން އަންނަތާ 13 އަހަރު ފުރި ދިޔައީއެވެ. ސިޔާސީ ހަރަކާތުގައި ފާޅުގައި ބައިވެރިވެއުޅުމާ، ސިޔާސީ ހަރަކާތް އިސްވެ ހިންގުމަށް ދިވެހިންގެ ހިތުގައި އޮތް ބިރު ފިލައިހިނގައްޖެއެވެ. އެކަމުގެ ހެއްކަކަށް އުފެދިފައިވާ އެތައް ސިޔާސީޕާޓީއަކާ، އުފެއްދުމުގެ މަރުހަލާގައި އޮތް ޕާޓީތަކުގެ އަދަދު ބަލާލުމުން ފުދެއެވެ.

ނަމަވެސް ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ޕާޓީތައް ގިނަވެގެން އައި ނަމަވެސް ރާއްޖޭގައި ސިޔާސީ ކަންކަމަށް ގޮތް ނިންމާ ޕާޓީތަކުގެ ލިސްޓުން ފެންނަމުންދަނީ 5 ވަރަކަށް ސިޔާސީ ޕާޓީއެވެ. ރައްޔިތުންގެ ކުރިމަތީގައި ވަކި ފިކުރެއް ވިއްކުމަށް ނިކުމެ މަސައްކަތް ކުރައްވާ ލީޑަރުންގެ އަދަދުވެސް އޮތީ ހަމަ އެފަދަ ގޮތަކަށެވެ.

މިއަދު ރާއްޖޭގައި ތައްޔާރުވަމުންދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލުމުގެ މަސައްކަތަށެވެ. އެއިންތިހާބަށެވެ. ރައްޔިތުންގެ މަޖިލީހުގައި ގިނަ ޕާޓީތަކުން ވާދަކުރާނެކަން އާންމުކޮށްފައިވާއިރު އަމިއްލަގޮތުން ވެސް ވާދަ ކުރާނެ ކެނޑިޑޭޓުން ތިބޭނެކަން ޔަގީނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެގެން އައިއިރު އެ އިންތިހާބަށްފަހު ރާއްޖޭގައި ބަރުލަމާނީ ނިޒާމް އުފެދިގެން އައިސްފާނެ ކަމަށް ވާހަކަ ދައްކާ ފަރާތްތަކެއް އެބަ ތިއްބެވެ. މިވާހަކަ ތިލަވެގެން އައުމުން ރާއްޖޭގައި އޮންނަންޖެހޭ ނިޒާމް ރަގަޅަށް ސާފުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައެވެ. އެއީ ގާނޫނު އަސާސީއާ ގާނޫނުތައް ހުރި ގޮތުން ވިދާޅުވި އެއްޗެއް ކަމަށްވުން އެކަށީގެންވެއެވެ.

ގާނޫނު އަސާސީ އެކުލަވައިލި އިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުނު ދުވަހު އެމްޑީޕީއިން ތާއީދު ކޮށްފައިވަނީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް ރާއްޖޭގައި އޮންނަން ފެންނަ ކަމަށް ރައްޔިތުން ނިންމީ ފުރިހަމަ ރިޔާސީ ނިޒާމެކެވެ.

މިއަދާ ހަމައަށް ރާއްޖެ ތަޖުރިބާކުރެވުނު ކަންކަމަށް ބަލާއިރު، މި އުޅެނީ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ ނިޒާމު ހިންގަން ތިބި ބަައެއްގެ މައްސަލަތޯ، އެ މީހުން އަމަލުކުރާ ގޮތްތޯ ރަނގަޅަށް ބަލަންޖެހެ އެވެ. އަދި ދައުލަތް ރަނގަޅަށް ގެންދެވޭނެ ގޮތްތަކެއް ދެނެ ގަނެ، އިސްލާހުކުރަންޖެހެ އެވެ.

އެކަމަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް " އެޖެންޑާ 19" ގެ ނަމުގައި ހުށަހަޅާނެ ބިލްތަކެއް އެމްޑީޕީ އިން ވަނީ އާންމު ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ގެންނަން ބޭނުންވާ އިސްލާހުގެ ވާހަކައިގެ އަޑު ހައްތަހާ ދަނީ ގަދަވަމުންނެވެ. އަޅުގަނޑުމެންނަށް އޮތީ ހުރިހާ އަޑުތަކެއް އަހައިގެން ކުޅިބައި ކުޅިބައި އެތުރެންދެން ތިބުމެވެ. ކުޅެން ފެށޭނީ ކުޅިބައި އަތުރާ ނިމުމުންނެވެ. ނަމަވެސް ކުޅި ބައި އެތުރުމުގައި ރައްޔިތުންގެ ވޯޓަކީ ވެސް މުހިންމު ނިންމުމެވެ. އެ ނިންމުން ނިންމުމުގައި، މިވީހާތަކަށް ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާ އާއި ކެންޑިޑޭޓްގެ ފަތިފުށް ވަޒަންކުރަންޖެހެެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2025

އަނެއްކާވެސް އިސްތިއުފާ އާއި ކުޅިބައި އެތުރުންތަކެއް

31 ޖުލައި 2025
އަނެއްކާވެސް އިސްތިއުފާ އާއި ކުޅިބައި އެތުރުންތަކެއް
25 ޖޫން 2025

ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!

25 ޖޫން 2025
ސަރުކާރުން ޗަރުކޭސް ކުޅެންވީމާ އޯކޭ، އީދު ބަންދު ދިގުކުރުން ކަޑަ!
02 ފެބުރުއަރީ 2025

ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!

02 ފެބުރުއަރީ 2025
ކުޅިބައި އަތުރާލުމުގައި ހުރި މޮޅުކަމެއް ދައްކާލަންވީ ވަގުތަކީ މިއީ!
02 ޖޫން 2024

ކުޑައިރު ކުޅުނީ "އަލީ ބުނީ"، ބޮޑުވީމަ ކުޅެން މި ޖެހެނީ "ރައީސް ވިދާޅުވީ!"

02 ޖޫން 2024
ކުޑައިރު ކުޅުނީ "އަލީ ބުނީ"، ބޮޑުވީމަ ކުޅެން މި ޖެހެނީ "ރައީސް ވިދާޅުވީ!"
24 ޖުލައި 2023

ޕީޕީއެމްގެ ސިޔާސީ ކުޅިބައި އެތުރޭނެ ގޮތް 14 ދުވަހާ ގުޅިފައި؟

24 ޖުލައި 2023
ޕީޕީއެމްގެ ސިޔާސީ ކުޅިބައި އެތުރޭނެ ގޮތް 14 ދުވަހާ ގުޅިފައި؟
17 ޑިސެމްބަރު 2022

"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟

17 ޑިސެމްބަރު 2022
"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟
27 ޖޫން 2020

ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟

27 ޖޫން 2020
ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟
27 އޯގަސްޓު 2019

ރައީސް ޔާމީންގެ ކުޅިބައި ޖޭޕީގައި އެތުރި ނިމެނީ!

27 އޯގަސްޓު 2019
ރައީސް ޔާމީންގެ ކުޅިބައި ޖޭޕީގައި އެތުރި ނިމެނީ!
12 އޯގަސްޓު 2018

ޕީޕީއެމަށް ކުޅެންޖެހިފައިވަނީ ޑިފެންްސަށް!

12 އޯގަސްޓު 2018
ޕީޕީއެމަށް ކުޅެންޖެހިފައިވަނީ ޑިފެންްސަށް!
24 މެއި 2017

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

24 މެއި 2017
ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް