Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި އީގަލްސްގެ މެޗު

އީގަލްސްއަށް މާޒިޔާ ބަލިކުރެވޭނެ: ޝާޒްލީ

މާޒިޔާ އާއި އީގަލްސްގެ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 22:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 2 މެއި 2021 | އާދީއްތަ 00:23
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ސީޒަނުގެ ލީގުގައި މިހާތަނަށް މެޗަކުން މާޒިޔާ ބަލިވެފައި ނުވާއިރު، މި ސީޒަނުގައި އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުން އީގަލްސް އަތުންނެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި މާޒިޔާގެ ކޯޗަކަށް އޭރު ހުރީ މިހާރު ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. އަދި ލީގުގެ ފުރަތަމަ ބުރު މި ދެ ޓީމު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި އީގަލްސްއަށް އިރުޝާދުދީފައިވަނީ އެސިސްޓެންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) އެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ މާޒިޔާ ބަލިކުރަން އުނދަގޫވާނެ ކަމަށެވެ. އެކަމަކު މި މެޗާ ކުރިމަތިލާއިރު ދެވަނަ ބުރުގެ މެޗަކުން އީގަލްސް ބަލިނުވެ އޮތުން އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

ޝާޒްލީ ބުނީ މި މެޗަކީ އީގަލްސްއަށް ތާވަލުގެ ކުރިއަށްދާން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، އެގޮތުން މި މެޗުން މޮޅުވެ އީގަލްސްއަށް ލީގުގެ ގަދަ ހައެއްގައި ހަރުލާނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމަށެވެ. އަދި ލީގުގެ ދެވަނައިގައި އޮވެ ދެވަނަ ބުރު ނިންމާލުމުގެ ފުރުސަތުވެސް އީގަލްސްއަށް އެބައޮތް ކަމަށްވެސް ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ އީގަލްސްއިން މި މެޗަށް ނުކުންނާނީ މާޒިޔާ ލީގު ހޯދުން ހުއްޓުވުމުގެ މަސައްކަތް ކުރަން ނޫން ކަމަށާއި، އޭގެ ބަދަލުގައި އީގަލްސްއިން މި މެޗަށް ނުކުންނާނީ އީގަލްސްގެ އަމިއްލަ ޓާގެޓް ހާސިލުކުރުމަށް ކަމަށެވެ.

އީގަލްސް މެޗުގެ ކުރިން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މި މެޗަށް ނުކުންނައިރު، މާޒިޔާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގައި ތިބި ކުޅުންތެރިން ރަނގަޅުވުން ކަމަށެވެ. އަދި މި މެޗު ކާމިޔާބުކުރުމަށް މާޒިޔާ އޮތީ ތައްޔާރަށް ކަމަށާއި، މިއީ މާޒިޔާއަށް މުހިންމު މެޗެއް ކަމަށްވެސް ބުންޏެވެ. އަދި މިއީ އޭއެފްސީ ކަޕުގެ ކުރިން މާޒިޔާއިން ކުޅޭނެ ފަހު މެޗު ކަމުން، މި މެޗު ކާމިޔާބުކުރުމަށް ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށްވެސް ވިޑަކޮވިޗް ވަނީ ބުނެފައެވެ.

އެކަމަކު މި ވަގުތު މާޒިޔާއަށް މުހިންމީ ލީގަށް ވިސްނުން ކަމަށާއި، އޭއެފްސީ ކަޕަށް އަދިވެސް ވަގުތު އެބައޮތް ކަމަށްވެސް ވިޑަކޮވިޗް ބުންނެވެ. އީގަލްސްއަށް ތާރީފުކޮށް ވިޑަކޮވިޗް ބުނީ އީގަލްސްއަކީ މާޒިޔާއެކޭ އެއްފަދައިން ތިރިން ކުޅުމަށް މަސައްކަތްކުރާ ޓީމެއް ކަމަށާއި، އެހެންކަމުން އީގަލްސް ބަލިކުރަން އުނދަގޫވާނެ ކަމަށެވެ.

މި މެޗުން މޮޅުވެ، މާޒިޔާއަށް ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ އެއްވަނައިގައި މާޒިޔާ މި ވަގުތު އޮތީ ކުޅުނު 13 މެޗުން ލިބުނު 31 ޕޮއިންޓާއެކުގައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް އީގަލްސްއަށް 13 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ މެޗުން މޮޅުވެ އީގަލްސްއަށް ލީގު ތާވަލުގެ ތިންވަނައަށް އެރޭނެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 22:00 ގައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު